Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ރައީސް ޔާމީން މިވަނީ ދައުލަތް ލަދުގަންނަ ދަރަޖައަކަށް ވައްޓަވާލައްވާފައި: ހަސަން ލަތީފް

9 މާރިޗު 2018 | ހުކުރު 04:37

ކުއްލި ހާލަތު އިއުލާން ކުރުމުގެ ނަތީޖާއަކީ ކޮބައިކަން ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 9 މާރިޗު 2018 | ހުކުރު 04:37
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް

ރައީސް އަބްދުﷲ ޔާމީން ދިވެހި ދައުލަތް، ލަދުގަންނަ ދަރަޖައަކަށް ވައްޓަވާލައްވާފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ، އޭގެ ނަތީޖާއަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އަމިއްލަފުޅަށް ބޭނުންފުޅުވާ ބައެއް ކަންކަން ހާސިލް ކުރެއްވުމަށްޓަކައި، ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު ހިފާ ހައްޔަރު ކުރުމަށް ޤާނޫނީ ހަމައެއް ނެތުމުން ކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މުޅި ދުނިޔެ އެގައުމަކާ މެދު ދެކޭ ގޮތް ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެއީ ރައީސް ޔާމީނަށް އެނގިވަޑައިނުގެން ކުރެއްވި ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އޭގެ ނަތީޖާ ބަދަލުވެގެން ދަނީ، ރައީސް ޔާމީންގެ އަމަލުތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ އަގު ވެއްޓި، ދައުލަތެއް ނެތް ކަމުގެ ސިފަ ޖެހިގެން ދިއުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ދައުލަތަކަށް ވުމުގައި ހުންނަން ޖެހޭ މައިގަނޑު ސިފަތަކެއްވާ ކަމަށާއި، އެފަދަ އެއްވެސް ސިފައެއް މިހާރު ފެންނަމުން ނުދާ ކަމަށެވެ. އަދި ހުރިހާ ނުރަނގަޅު ގޯސްތަކެއް ރައީސް ޔާމީން ހައްދަވަމުން ގެންދަވާ ކަމަށާއި، މިއީ ސަރުކާރެކޭ ބުނަން އުނދަގޫ ހިސާބަށް ސަރުކާރުގެ އަމަލުތައް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށާއި، އެންމެ ބޮޑު ކާމިޔާބަކީ ރައީސް ޔާމީން އެކަނިވެރިވުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީނަށް މިވެރިކަން ދިފާއުކޮށްދޭނެ ބަޔަކު މިހާރު ނެތް ކަމަށާއި، ރައީސް ޔާމީނަށް ތާއީދެއް ނެތް ކަމަށެވެ. އަދި ތާއީދު ނެތް ކަމުގައިވާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުހުންނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ހައްދަވަނީ ގޯސްކަން ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގަބޫލް ކުރައްވާ ކަމަށާއި، އެހެންނަމަވެސް ކޮންމެވެސް ކަހަލަ މަޖުބޫރު ކަމަކާ ގުޅިގެން ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ވާހަކަ ދައްކަން މެމްބަރުންނަށް ޖެހިވަޑައިގަންނަވާތީ އެގޮތަށް އެކަން ކުރައްވަނީ ކަމަށް ގަބޫލް ކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް