Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑު ސުވާލު ޕްރޮގްރާމް

ސުވާލަކީ ރައީސް ޔާމީން ފިއްލަވާނީތޯ، ހައްޔަރުވާނީތޯ: ވައްޑެ

7 މާރިޗު 2018 | ބުދަ 02:10

ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނީ ގަދަކަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 މާރިޗު 2018 | ބުދަ 02:10
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ވައްޑެ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ވައްޑެ

ރައީސް ޔާމީނަށް ވެރިކަމުގައި ދެމި ނުހުރެވޭނެ ކަމަށާއި، އެމަނިކުފާނަށް ވެރިކަމުގައި ހުރެވޭނެތޯ އެހުމުގެ ބަދަލުގައި ކުރަން ޖެހޭ ސުވާލަކީ ރައީސް ޔާމީން ފިއްލަވަނީތޯ ނުވަތަ ހައްޔަރުކުރާނީތޯ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިދިކޮޅު މައި ޕާޓީގެ ޤައުމީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނީ ގަދަކަމުން ކަމަށާއި، އެހެން ނަމަވެސް ވަކި ހިސާބަކުން ޖެހިވަޑައިގަންނަވާނީ އެކަން ދޫކުރައްވަން ކަމަށެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ 2018ގެ ކެމްޕޭނޭ ކިޔައި ޕީޕީއެމް އިން ޙަރަކާތްތަކެއް ހިންގި ނަމަވެސް، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. ވަހީދު ވިދާޅުވީ 200 އެއްހާ ރަށް ރާއްޖޭގައި އޮތް އިރު، ކެމްޕޭނެއް ކުރެވޭނީ އެ ރަށްތަކަށް ޒިޔާރަތްކޮށް، އެރަށްތަކުގައި ކެމްޕޭނުގައި ބަޔަކު އުޅެ، ނެޓްވޯކްތަކެއް އަޅައިގެން ކަމަށާއި، އެކަން ރައީސް ޔާމީނަށް ނުކުރެއްވޭނެ ކަމަށެވެ. އަދި މިހާރު ވެސް ރަށަކަށް ވަޑައިގަތުމުގެ މާކުރިން ފުލުހުންނާއި ސިފައިން ފޮނުވައިގެން ދޭތެރެއަކުން ރަށަކަށް ވަޑައިގަތަސް، މިހާރު އެއުޅުއްވާ ގޮތަށް އުޅުއްވައިގެން ރަށްރަށަށް ރައިސް ޔާމީން ކެމްޕޭނަށް ވަޑައިގަންނަވާނެ ފަދަ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ 2018 ގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން އެވިދާޅުވަނީ ކައިރީގައި ތިއްބެވި މަދު ބަޔަކަށް އޮޅުވާލައްވަން ކަމަށެވެ. އަދި "އެބޭފުޅާ އިންތިޚާބަށް ކުރިމަތިނުލައްވާނެ ކަމަށާއި، އަމިއްލައަށް އިސްތިއުފާ ދެއްވާނެ ކަމަށާއި، ނުވަތަ ދަމުން ދަމުން ގޮސް ކަމާ ބެހޭ ފަރާތްތަކުން އެމަނިކުފާނު ހައްޔަރުކުރާނެ" ކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މުޅި ރާއްޖޭގައި މި މަޝްހޫރުވެފައި އޮންނަހެން އެބޭފުޅާ މިދައުލަތުން އެކުރައްވާ ކަންކަން، އެބޭފުޅާ ހިތްފުރޭ ވަރަށް ކުރައްވަން ވަގުތު ހޯއްދަވަން ވެގެން ހަމައެކަނި މަސައްކަތް ކުރައްވަނިއޭ މިހާރު. އެކަން ކުރައްވައިގެން ފިއްލެވުން. އެބޭފުޅާގެ އަރިހުގައި ހުރި މީހަކާ މެދު ވެސް ވިސްނައެއް ނުލާނެ. ހަމައެކަނި އެބޭފުޅާގެ ޖާނައިގެން ސަލާމަތްވޭތޯ ބައްލަވާނީ،" ވަހީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް