Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްލޯއީ ކާޑޭޝިއަން

ކްލޯއީ އަށް ލިބެނީ އަންހެން ކުއްޖެއް

ކްލޯއީއަށް ލިބޭ ދަރީގެ ޖިންސު އޭނާ ހާމަކޮށްފައިވަނީ ބަލިވެއިންތާ 8 މަސްފަހުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 މާރިޗު 2018 | އަންގާރަ 04:16
ކްލޯއީ އާއި އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން

ކްލޯއީ އާއި އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން

ކްލޯއީ ކާޑޭޝިއަންއަށް ލިބެނީ އަންހެން ކުއްޖެއް ކަމަށް އޭނާ ބުނެފިއެވެ. ކްލޯއީއަށް ލިބޭ ދަރީގެ ޖިންސު އޭނާ ހާމަކޮށްފައިވަނީ ބަލިވެއިންތާ އަށް މަސްފަހުންނެވެ.

ކްލޯއީއަށް ލިބެނީ އަންހެން ކުއްޖެއް ކަމަށް އިއުލާންކޮށްފައި ވަނީ އޭނާ ފެންނަ ރިއަލިޓީ ޝޯ ކަމަށްވާ ކީޕިން އަޕު ވިތު ކާޑޭޝިއަންގައެވެ.

ކްލޯއީ ވަނީ އޭނާގެ ދަރިފުޅު ބޮޑުވުމުން ވާނީ ލަވަކިޔުންތެރިއަކަށް ކަމަށް ބުނެފައެވެ. އަދި އެދަރިފުޅާމެދު ދެކޭ ހުވަފެންތައް އޭނާ ވަނީ ހާމަކޮށްފައެވެ. ކްލޯއީ ބުނާ ގޮތުގައި އޭނާގެ އާއިލީ ޑްރާމާ "ކީޕިން އަޕް ވިތު ކާޑޭޝިއަން" އޭނާގެ ދަރިފުޅަށް ބެލެން ފެށޭނީ އެކުއްޖާގެ އުމުރުން 13 އަހަރުންނެވެ. އަދި ލޯބީގެ ގޮތުން ކުއްޖަކާ ގުޅެވޭނީ 15 އަހަރު ވުމުންނެވެ. ކްލޯއީ އޭނާގެ ދަރިފުޅާމެދު ފޮނި ހުވަފެންތައް ދެކެމުން އަންނައިރު އޭނާ ވިހާނެ ކަމަށް ބެލެވެނީ އަންނަ އެޕްރީލްމަހުގެ ތެރޭގައެވެ.

މީގެ ކުރިން ކްލޯއީ ބަލިވެއިން ކަމަށް ބުނެ އާންމުކޮށްފައިވާ ފުރަތަމަ ފޮޓޯގައި ޖަހާފައި ވަނީ ކުއްޖަކު ލިބުން އެއީ އޭނާ އެންމެ ދެކޭ ހުވަފެން ކަމަށެވެ. އޭނާ އާއި ލޯބިވެރިޔާ ޓްރިސްޓަން އަށް ކުއްޖަކު ލިބެން އުޅޭ ކަމަށާއި އެކަމަށް ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ކްލޯއީ ބުނެފައިވެއެވެ. އަދި ބަލިވެ އިނުމުން އޭނާއަށް ޓްރިސްޓަން އަޅާލާ އަޅާލުމަށާއި ދޭ ލޯތްބަށް ކްލޯއީ ވަނީ ޝުކުރު އަދާކޮށްފައެވެ. ބަލިވެ އިނނުން އެއީ އޭނާގެ ހަޔާތުގައި އެކިކަހަލަ އިހްސާސްތައް ގެނުވާ ފުރަތަމަ ފަހަރު ކަމަށް ވެސް ކްލޯއީ ވަނީ ބުނެފައެވެ.

މިއީ ކްލޯއީގެ އަލަތު ދަރިފުޅަށް ވީނަމަވެސް އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން އަށް ވަނީ އެއް އަހަރުގެ ކުއްޖަކު ލިބިފައެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖޯޑަން ކެރައިގް އަށެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

15 މެއި 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ
08 މެއި 2017

"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ

08 މެއި 2017
"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ
22 އެޕްރީލު 2017

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

22 އެޕްރީލު 2017
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
07 މާރިޗު 2017

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

07 މާރިޗު 2017
ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު