Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟

ރާމް ގޯޕާލް ވަރުމާ ޑައިރެކްޓް ކުރާ "ސަރުކާރު 3" އިން ޓައިގާ ޝްރޮފް ފެނިގެންދާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 5 މާރިޗު 2017 | އާދީއްތަ 21:09
ޓައިގާ ޝްރޮފް

ޓައިގާ ޝްރޮފް

ކުރި އަރަމުން އަންނަ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް މާބޮށް އަންހެން ދުޅާ ކަމަށް ބުނެ، މަޝްހޫރު ޑައިރެކްޓަރު ރަމް ގޯޕާލް ވަރުމާ މަލާމާތް ކޮށްފި އެވެ.

އޭނާ މަލާމާތް ކޮށްފައިވަނީ ޓައިގާ ޝްރޮފްގެ ފިލްމެއް ކަމަށްވާ “ބާގީ” އަށް ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރުމަށް ފަހު އެވެ. އެ ފޮޓޯއިން ފެންނަނީ ޓައިގާ މޫދުން އަރައިގެން އަންނަ ތަނެވެ.

ޓައިގާ ޝްރޮފް އަށް މަލާމަތްކޮށް ރާމް ގޯޕާލް ކުރީ އެންމެ ޓުވީޓެއް ނޫނެވެ. ފަސް ޓްވީޓު ކޮށްފައިވެ އެވެ. އެ ޓްވީޓްތަކުގައި ބުނެފައިވަނީ ޓައިގާ ޝްރަފް، އޭނާގެ ބައްޕަ ޖެކީ ޝްރޮފް ކައިރިން ފިރިހެން ވަންތަކަން ދަސްކުރަން ޖެހޭ ކަމަށެވެ.

ފޮޓޯގައި ޓައިގާ ހީވަނީ "ބިކިނީ ބޭބީ"އެއްހެން ކަމަށާއި ބްރޫސްލީ އާއި ޖެކީ ޝްރޮފް އެގޮތަށް ފޮޓޯއަށް ނުހުއްޓޭނެ ކަމަށް ބުނެފައިވެ އެވެ. ރާމް ގޯޕާލް ބުނީ ޓައިގާ ޝްރޮފް މޫދުން އަރައިގެން އަންނަ ފޮޓޯ އިން ހީވަނީ އުރްމިލާ މަތޮންދްކަރް އަރައިގެން އަންނަ ހެން ކަމަށެވެ.

ރާމް ގޯޕާލް ވަރުމާ ޓައިގާއަށް މަލާމާތް ކުރި އިރު ޓައިގާ އަކީ އޭނާ މިހާރު ޑައިރެކްޓުކޮށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ސަރްކާރް 3" ގައި ފެނިގެންދާނެ ތަރިކެވެ. ރާމް ގޯޕާލް އަކީ އާންމުކޮށް ޓްވިޓާގައި މީހުންނަށް މަލާމަތް ކުރާ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ

08 މެއި 2017
"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ
22 އެޕްރީލު 2017

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

22 އެޕްރީލު 2017
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
10 މާރިޗު 2017

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު