Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝާހު ރުކް ޚާން

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

އަންހެނުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއްކަމަށް ގަބޫލުކުރަން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 އެޕްރީލު 2017 | ހޮނިހިރު 13:28
ޝާހު ރުކް

ޝާހު ރުކް

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތުގައި އަންހެން ޑައިރެކްޓަރުންނާއެކީ އޭނާއަށް މަސައްކަތް ކުރެވިފައިވަނީ ވަރަށް މަދުންނެވެ. އޭނާ މަސައްކަތް ކޮށްފައިވާ ފިލްމުތަކުން އަންހެން ޑައިރެކްޓަރުންގެ ތެރިން ފަރާ ހާން އަދި ގޯރީ ޝިންދޭ ހިމެނެއެވެ.

ޝާހު ބުނީ ފިލްމު ޑައިރެކްޓް ކުރާ އަންހެނުންނަކީ އޭނާ އެފިލްމެއްގައި އެކްޓުކުރުމަށް ފަސޭހަވެގެންދާކަމެއް ކަމަށެވެ. އެގޮތުން ފަރާ ޚާންއަކީ އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރެއިން އެންމެ ފުރަތަމަ އަންހެން ޑައިރެކްޓަރެވެ. ފަރާ ޑައިރެކްޓް ކޮށްފައިވާ ފިލްމު ތަކުގެ ތެރެއިން "މޭ ހޫނާ"، "އޯމް ޝާންތިއޯމް" އަދި "ހެޕީ ނިއު އިޔާ" ގައި ޝާހުވަނީ އެކްޓްކޮށްފައެވެ. އަދި ގޯރީ ޝިންދޭގެ ފިލްމު "ޑިއާ ޒިންދަގީ" ގައި ޝާހުވަނީ އެކްޓުކޮށްފައެވެ.

"އަހަންނަށް މިހާތަނަށް މަސައްކަތް ކުރެވިފައިވަނީ ވަރަށް މަދު އަންހެން ޑައިރެކްޓަރުންނާއި އެކީގައި. އެހެން ނަމަވެސް އެމީހުންނާއި އެކީގައި މަސައްކަތް ކުރުމަކީ އަހަރެންގެ އެކްޓިން ކެރިއާގައި އާ ކަންތައްތަކެއް ދަސްވާ ކަމެއް." ޝާހުރުކް ބުންޏެވެ.

ޝާހު ބުނީ އޭނާއަށް ދެ އަންހެން ޑައިރެކްޓަރުންނާއެކީގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަންހެނުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށް ގަބޫލުކުރާކަމަށާއި އަންހެނުންނާއި އެކީގައި މަސައްކަތް ކުރުމަކީ އޭނާއަށް މަސައްކަތް ކުރަން ފަސޭހަވެގެންދާކަމެއް ކަމަށެވެ. ފިރިހެނަކަށް ވީތީ ނޭނގޭ ބައިވަރު ކަންތައްތައް އެނގި އިތުރަށް ކުރިއެރުމަށް ފަސޭހަ ކަމަށް ޝާހު ބުންޏެވެ. ޝާހު ބުނީ ފަރާއާއި ގޯރީއަކީ ވަރަށް ތަފާތު ދެ ޑައިރެކްޓަރުންކަމަށެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ

08 މެއި 2017
"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
08 މާރިޗު 2017

ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ

08 މާރިޗު 2017
ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ
07 މާރިޗު 2017

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

07 މާރިޗު 2017
ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ
07 މާރިޗު 2017

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

07 މާރިޗު 2017
އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު