Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާލިއާ ބަޓް

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

ލަވަ ރިކޯޑް ކުރީ ފޭނުންގެ އެދުމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 މާރިޗު 2017 | އަންގާރަ 13:05
އާލިއާ ބަޓް

އާލިއާ ބަޓް

ބޮލީވުޑްގެ ޒުވާން އެކްޓްރެސް އާލިއާ ބަޓްއަކީ މީގެ ކުރިން އޭނާގެ ފިލްމުތަކަށް މޮޅެތި ލަވަތަކެއް ކިޔައިދިފައިވާ ބަޠަލާއެކެވެ.

އާލިއާގެ އަޑުން އާންމުންނާ ހަމައަށް ގެނެސްދީފައިވާ ލަވަތަކުގެ ތެރޭގައި، "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އަށް އޭނާ ކިޔައިދީފައިވާ "ސަމްޖާވާ" އާއި، "ހައިވޭ"ގެ "ސޫހާ ސަހާ"ގެ އިތުރުން "އުޅްތާ ޕަންޖާބް"ގެ "އިކް ކުޅީ" އާއި "ޑިއަރ ޒިންދަގީ"ގެ ޓައިޓަލް ޓްރެކްގެ "ކްލަބް ރިމިކްސް" ހިމެނެއެވެ.

ނަމަވެސް އާލިއާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު، "ބަދްރިނާތު ކީ ދުލްހަނިޔާ" އަށް އޭނާ ލަވައެއް ނުކިޔުން ހާމަވެގެން ދިއުން ވީ އާލިއާގެ ފޭނުންނަށް ޤަބޫލުކުރަން ދަތިވި ކަމަކަށެވެ. އެ ފިލްމަށް އާލިއާ ލަވައެއް ނުކިޔާ ޚަބަރު ފެތުރިގެން ދިއުމާ އެކު، އާލިއާއަށް ތާޢީދުކުރާ ފަރާތްތަކުން، WewantHumsafarbyAlia ގެ ނަމުގައި ކެމްޕެއިނެއް ފެށިއެވެ.

މި ކެމްޕެއިނަށް ފަހު، ފިލްމު އުފައްދާ ފަރާތްތަކުން ފޭނުންގެ ބަސް ޤަބޫލުކޮށް، މި ފިލްމަށް އަކިލް ސަޗްދޭވާ ކިޔައިދީފައިވާ ލަވަ، "ހަމްސަފަރް" މިހާރު ވަނީ އުމުރުން 23 އަހަރުގެ އެކްޓެރެސް، އާލިއާގެ އަޑުން ވެސް ރިކޯޑް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ލަވައަށް ޚާއްސަ ވީޑިއޯއެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

އާލިއާގެ އަޑުން ރިކޯޑްކޮށް، އާލިއާ އާއި ވަރުން ދަވަން އެކްޓްކުރާ މި ލަވަ އާންމުކޮށް، ޓިވީ ޗެނަލްތަކުން ދައްކަން ފަށާނީ، ފިލްމު ރިލީޒްކުރުމަށް ފަހުއެވެ.

"ބަދްރިނާތު ކީ ދުލްހަނިޔާ" އަށް އާލިއާ ލަވައެއް ރިކޯޑް ކޮށްފައިވާއިރު، ކުރިއަށް އޮތް އޭނާގެ ދެ ފިލްމު ކަމުގައިވާ، ރަންބީރު ކަޕޫރާ އެކު ކުޅޭ، އާޔަން މުކަރްޖީގެ ސުޕަހީރޯ ފެންޓަސީ އެޑްވެންޗަރ ފިލްމު، "ޑްރެގަން" އާއި، ރަންވީރު ސިންގާއި އެކު ކުޅޭ ޒޯޔާ އަޚްތަރުގެ މިއުޒިކަލް "ގަލީ ބޯއީޒް" އަށް ވެސް ލަވަކިޔަން ބޭނުންވާކަން އާލިއާ ބަޓް ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
07 މާރިޗު 2017

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

07 މާރިޗު 2017
އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި
05 މާރިޗު 2017

ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟

05 މާރިޗު 2017
ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު