Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގާބިލް އަންހެނުން

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

ފްލައިޓް އޮޕަރޭޓް ކުރުމުގެ އެއްވެސް ކަމެއްގައި ފިރިހެނަކު ބައިވެރިއެއް ނުކުރޭ

ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 00:48
އެއަރ އިންޑިއާގެ ފްލައިޓެއް

އެއަރ އިންޑިއާގެ ފްލައިޓެއް

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ އެއަރ އިންޑިއާގެ ފްލައިޓެއްގައި ދަތުރު ކޮށް ރެކޯޑް ހަދައިފިއެވެ.

ހުސްވި ހަފްތާގެ ހޯމަ ދުވަހު އެއަރ އިންޑިއާގެ ބޮއިން 777 ގެ ބޯޓެއްގައި ދަތުރު ފެށީ ޕެސިފިކް ކަނޑު ހުރަސްކޮށް ނިއު ދިއްލީން އެމެރިކާގެ ސެން ފްރެންސިސްކޯ އަށެވެ. މިދިޔަ ހުކުރު ދުވަހު އެޓްލާންޓިކް ކަނޑު ހުރަސްކޮށް ސެންފްރަންސިސްކޯއިން އެނބުރި ނިއުދިއްލީއަށް އެ ބޯޓު ދަތުރު ކުރިއެވެ.

ސީއެންއެން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބޯޓު އޮޕަރޭޓް ކުރީ މުޅިންވެސް އަންހެން މުވައްޒަފުންނެވެ. އޭގެ ތެރޭގައި ޕައިލެޓްއާއި ކޯ ޕައިލެޓްއާއި ކެބިން ކްރޫގެ އިތުރުން، ޗެކިން ކައުންޓަރުގެ މުވައްޒަފުންނާއި، ގްރައުންޑް ހެންޑްލިންގ ސްޓާފުންނާއި، އެއަރ ޓްރެފިކް ކޮންޓްރޯލް އަދި އިންޖިނޭރުންގެ ގޮތުގައިވެސް ތިބީ އަންހެން މުވައްޒަފުންނެވެ.

މި ތާރީޚީ ކާމިޔާބާއެކު، އެއަރ އިންޑިއާއިން މިހާރުވަނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުގައި މި ރެކޯޑް ހިމެނުމަށް ހުށަހަޅާފައި ކަމަށް އެއަރ އިންޑިއާގެ ތަރުޖަމާނު ސީއެންއެން އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

މިއީ، މާޗް މަހުގެ 8 ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެއަރ އިންޑިއާއިން ކުރިއަށް ގެންދާ "އޯލް ފީމޭލް ފްލައިޓްސް" ގެ ތެރޭގައި ހިމެނިގެން ކުރި ދަތުރެއް ކަމަށް އެއަރ އިންޑިއާއިން ވަނީ ހާމަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
07 އެޕްރީލު 2017

އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

07 އެޕްރީލު 2017
އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
07 މާރިޗު 2017

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

07 މާރިޗު 2017
ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު