ބަންދުކޮށްފައިވާ ފަރާތްތަކުގެ ބޭސްފަރުވާގެ ކަންކަމާ މެދު ފުލުހުން އަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމްއާ ހިއްސާކޮށްފި
4 މާރިޗު 2018 | އާދީއްތަ 11:49އެމްޑީޕީގެ އިސް ތިން ބޭފުޅުން ބައްދަލުކޮށްފައިވޭ

ފާތިމަތު ޝަނާ މުހައްމަދު | 4 މާރިޗު 2018 | އާދީއްތަ 11:49

އެޗްއާރްސީއެމްގެ އިސްވެރިންނާ އެމްޑީޕީން ބައްދަލު ކުރަނީ
ބަންދު ކޮށްފައިވާ ފަރާތްތަކުގެ ބޭސްފަރުވާގެ ކަންކަމާމެދު ފުލުހުން އަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމްއާ ހިއްސާކޮށްފި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަންސް އަބްދުއް ސައްތާރާއި މާލޭ ސިޓީ މޭޔަރ ޝިފާ މުހައްމަދު އިތުރުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒް ބައިވެރިވެލެއްވި އެވެ.
އެމްޑީޕީން މިފަދަ ބައްދަލުވުމެއް ބާއްވާފައިވާ އިރު ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ކުރިއަށްގެންދާ އެއްވުންތަކުގައި ގިނަ ބަޔަކު ދަނީ ހައްޔަރު ކުރަމުންނެވެ. އެއްވުންތަކުގައި ހައްޔަރުކުރެވޭ މީހުންގެ ސިއްހީ ކަންކަމަށް އިހްމާލުވަމުންދާ ކަމުގެ ތުހުމަތު ކުރެވެ އެވެ.




