Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެރިކާ ސަފީރު

އެމެރިކާގެ ސަފީރަށް ނިހާނުގެ ރައްދެއް!

3 މާރިޗު 2018 | ހޮނިހިރު 16:52

ކެޝަޕް ގެންދަވަނީ ރާއްޖޭގެ މަސްރަހާ ބެހޭ ގޮތުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރައްވަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 3 މާރިޗު 2018 | ހޮނިހިރު 16:52
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ނިހާން ވާހަކަދައްކަވަނީ

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ނިހާން ވާހަކަދައްކަވަނީ

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ރާއްޖޭގައި މީހުން ހައްޔަރުކުރާ މިންވަރު އަވަސްކަމުން، ހައްޔަރުކުރެވޭ މީހުންގެ މައުލޫމާތު ދެނެވަޑައިގަންނަވަން ދަތިފުޅުވާ ހިސާބަށް ގޮސްފައިވާކަމަށް އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން އެމެރިކާގެ ސަފީރަށް ރައްދު ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ ރާއްޖޭގެ ޖަލުގައި ތިބެންޖެހޭ މީހުންގެ އަދަދު އެހެން ގައުމުތަކުގެ ސަފީރުންނަން އެނގިވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނިހާން އެގޮތަށް ވިދާޅުވީ ޤާނޫނީ ގޮތުން އިންތިޚާބު ކުރެވިފައިވާ ކިތައް މަޖިލިސް މެމްބަރުންނާއި ޤާނޫނީ ގޮތުން އައްޔަން ކުރެވުނު ސަރުކާރުގެ ކިތައް މުވައްޒަފުން ބަންދުކޮށްފައި އެބަތިބިތޯ ސުވާލު އުފައްދަވައި އެމެރިކާގެ ސަފީރު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވުމުންނެވެ.

Advertisement - newsAdvertisement

ނިހާން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުގެ ތެރެއިން ޖަލުގައި ތިއްބެވީ އެކި ކުށްކުށުގެ ތުހުމަތުގައި ނުވަތަ އެކި ކުށްތައް ސާބިތުވެގެން ޖަލަށް ލާފައިވާ ފަރާތައް ކަމަށެވެ. ޖަލު ބަންދުގައި އިދިކޮޅު ހަރަކާތްތަކަށް ތާއީދު ކުރާ ފަރާތައް ނޫން އެތައް ސަތޭކަ ބަޔަކު އެބަތިބި ކަމާއި އެ އެންމެން ދޫކޮށްލަން ގޮވައި ނުލަނީ ކީއްވެގެންތޯ ނިހާން ވަނީ ސުވާލު އުފައްދާ ވާހަކަ ދައްކަވައިފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އާއްމު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ އެމެރިކާގެ ސަފީރު މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން މަޖީދީ މަގުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހައްޔަރުކުރުމުންނެވެ.

އެހެންނަމަވެސް ހޮނިހިރު ދުވަހު އަބްދުﷲ ޝާހިދާ ، ލަތީފް ދޫކޮށްލާފައިވާއިރު، އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 މެއި 2017

އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް

13 މެއި 2017
އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް
27 އެޕްރީލު 2017

ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި

27 އެޕްރީލު 2017
ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް