Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޔާ މުސްލިމުން

ބޯޑަރު ކައިރިން ދުރަށް ޖެހުމަށް މިޔަންމާ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފި

ކޭމްޕް ޖަހައިގެން ތިބި ރޮހިންޔާ މުސްލިމުންނަށް ސިފައިން ދަނީ ބިރު ދައްކަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 މާރިޗު 2018 | ހޮނިހިރު 05:50
ސަރަހަައްދީ އިމުގެ މިޔަންމާ ފަޅީގައި ސިފައިން ޕެޓްރޯލްކުރާއިރު، ފެންސް އަނެއް ފަޅީގައި ރޮހިންޔާ މުސްލިމުން ކޭމްޕް ޖަހައިގެން

ސަރަހަައްދީ އިމުގެ މިޔަންމާ ފަޅީގައި ސިފައިން ޕެޓްރޯލްކުރާއިރު، ފެންސް އަނެއް ފަޅީގައި ރޮހިންޔާ މުސްލިމުން ކޭމްޕް ޖަހައިގެން

މިޔަންމާ އާއި ބަންގްލަދޭޝް ހިއްސާކުރާ ބޯޑަރު ކައިރިން ފަހަތަށް ޖެހުމަށް މިޔަންމާގެ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފިއެވެ.

ބަންގްލަދޭޝްއިން މިހެން އަންގާފައި މިވަނީ ދެޤައުމު ގުޅޭ ސަރަހައްދީ އިމުގެ ކައިރީގައި ރޮހިންޔާ މުސްލިމުންގެ 5 ހާހެއްހާ ރެފިއުޖީން ކޭމްޕް ޖަހައިގެން ތިބި ސަރަހައްދަށް ގިނަ އަދަދެއްގެ ސިފައިން މިޔަންމާއިން ފޮނުވުމާއި ގުޅިގެންނެވެ. އެސަރަހައްދަށް ސަތޭކައަށްވުރެ ގިނަ ސިފައިން ބަރު ހަތިޔާރާއިއެކު ޖަމާވެފައިވާކަމަށް ވެެއެވެ.

ރޮހިންޔާ ރެފިއުޖީން ތިބީ ދެޤައުމުން ބޯޑަރު ވަކިކުރުމަށް ޖަހާފައިވާ ފެންސުގެ މެދުގައިވާ ބިމެއްގައެވެ. އެހެން ނަމަވެސް އެބިމަކީ މިޔަންމާއަށް ނިސްބަތްވާ ބިމެކެވެެ.

ބޯޑަރު ކައިރިއަށް ސިފައިން ޖަމާކުރުމާއި ގުޅުގެން ބަންގްލަދޭޝްއިން ވަނީ އެޤައުމުގައި ހުންނަވާ މިޔަންމާގެ ސަފީރު ޚާރިޖިއްޔާއަށް ހާޒިރުކޮށް، އެކަން އެހެން ނުކުރުމަށް އަންގާފައެވެ.

މިމައްސަލައިގައި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިން ވަނީ މިޔަންމާގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންނާއި ބައްދަލުކުރުމަށް އެދިފައެވެ. އެހެން ނަމަވެސް މިޔަންމާގެ ބޯޑަރު ބަލަހައްޓާ ސިފައިންގެ 'ވެރިން' ތަންކޮޅެއް 'ބުރަކޮށް އުޅުއްވާތީ' ނުވަތަ 'ވަޑައިގެން އޮފީހުގައި ނޫޅުއްވާތީ' ބައްދަލުކުރެވޭ ގޮތް ވެފައިނުވާކަމަށް ބަންގްލަދޭޝްއިން ބުނެއެވެ.

ސިފައިން ފަހަތަށް ނުޖެއްސި ނަމަވެސް، ބަންގްލަދޭޝްގެ ކަންބޮޑުވުންތަކާއިއެކު މިޔަންމާއިން ވަނީ ބޯޑަރު ކައިރިއަށް ގެނައި ބަރު ހަތިޔާރު އެސަރަހައްދުން ގެންގޮސްފައެވެ.

މިޔަންމާގެ ބައި މަދު، މުސްލިމް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެޤައުމުގެ ސިފައިން ކުރާ އަނިޔާތަކުން ސަލާމަތްވުމަށް އެތައް ލައްކަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. ރޮހިންޔާ މުސްލިމުންނަކީވެސް މިޔަންމާގެ ބަޔަކަށްވާއިރު، އެމީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ބައެއްކަމަށް ބުނެ، މިޔަންމާއިން އެމީހުންނަށް ރަށްވެހިކަން ދީފައެއް ނުވެއެވެ. އަދި އެމީހުންގެ އަސާސީ ހައްޤުތަކުން މަހުރޫމްކޮށްފައިވާއިރު، ރޮހިންޔާ ދަރިކޮޅާއި ދެކޮޅަށް މިޔަންމާ ސަރުކާރުން މިިދިޔަ އަހަރުން ފެށިގެން ހިންގަމުން އަންނަ އަމަލުތައް އދއިން ސިފަކޮށްފައިވަނީ އެއީ ނަސްލެއް ނައްތާލުމަށް މިޔަންމާ ސަރުކާރުން ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

26 އެޕްރީލު 2017
މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު