Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ޔާމީންގެ ވެރިކަމުގެ ސައްހަ ކަމެއް ނެތް: މެމްބަރު އަލީ ނިޒާރު

2 މާރިޗު 2018 | ހުކުރު 03:43

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން މިރާއްޖޭގައި ކަންކަން ހިނގަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ހިނގާ ގޮތަކަށް ނޫން"

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 2 މާރިޗު 2018 | ހުކުރު 03:43
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

ދިވެހިރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ޤާނޫނަށް ތަބާނުވާ ސަރުކާރެއްގެ ގޮތުގައި ފެނިގެންދާ ކަމަށާއި، ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ޞައްހަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގައި ކަންކަން ހިނގަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ހިނގާ ގޮތަށް ނޫން ކަމަށެވެ. އަދި މިސަރުކާރު ބަލައިގަންނަން ޖެހެނީ ދިވެހިރާއްޖޭގައި ލިޔެވިފައިވާ ޤާނޫނުތަކަށް ތަބާނުވާ ސަރުކާރެއްގެ ގޮތުގައި ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެވަޑައިނުގަންނަވާ ސަރުކާރެއްގެ ގޮތުގައި ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށް ޖަލަށް ލާފައިވުމާއި، ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސުން ޖަލަށް ލުމާއި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ހިމެނޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުން ޖަލަށް ލާފައިވާކަން ފާހަގަ ކުރައްވައި އަލީ ނިޒާރު ވިދާޅުވީ، މިދަރަޖަ އަށް ދިޔުމުން ކަން ހިނގައިދަނީ ރަނގަޅަށް ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުމާ އެކު ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ހިފެހެއްޓުމަށް ފަހު ކަންކުރި ގޮތާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސިފައިން ފޮނުވައިގެން ފަނޑިޔާރުން ހައްޔަރު ކުރުމަށް ކަން ކޮށްފައިވާ ގޮތް އަލީ ނިޒާރު ފާހަގަ ކުރެއްވިއެވެ.

އެހުރިހާ ކަމަކަށް ބަލާއިރު، ރާއްޖޭގެ ސިޔާސީ ލީޑަރުން ރައީސް ޔާމީނާ އިތުރަށް ދައްކަވަން ޖެހޭ ވާހަކަތަކެއް ހުރި ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ދިވެހިރާއްޖެ ޞުލްހަވެރި ގައުމެއްގެ ގޮތުގައި ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށާއި، އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުރިން ހީކުރި ވަރަށް ވުރެ މާބޮޑަށް ފަހަތަށް މި ރާއްޖެ ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޤާނޫނުތަކަށް ތަބާނުވާ ވެރިޔެއްގެ ދިފާއުގައި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން ތިބެންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ސަލާމަތީ ޚިދުމަތްތަކުން ކިޔަމަންވާން ނުޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. އަދި ރައްޔިތުން އޮބިއަޅައިގެން، އަނދަގޮނޑި ޖަހައިގެން ވެރިކަން ކުރަން އުޅެގެން ދިމާވާނެ ހުރިހާ މުސީބާތެއް ރައީސް ޔާމީން މިހާރު ތަޖުރިބާ ކުރައްވަމުން ގެންދަވާ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް