Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުލައިމާން އެންއައިސީއަށް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް ސުލައިމާނު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

ސުލައިމާނަށް މަޖިލީހުން ރުހުން ދިނީ 32 މެމްބަރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ފެބުރުއަރީ 2018 | ބުދަ 05:27
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެންއައިސީގެ މެމްބަރު ކަމަށް ސުލައިމާން އައްޔަން ކުރުމަށް މަޖިލީހަށް ސުލައިމާންގެ ނަން ހުށަހަޅުއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެންއައިސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ރުހުން ދީފައިވަނީ 32 މެންބަރުން ވޯޓުންނެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ސުލައިމާނުގެ ނަން ދިރާސާ ކުރުމަށް ފަހު ދީފައިވަނީ 75.89 މާކްސް އެވެ. ކޮމެޓީން ރުހުން ދޭން ފެންނަ ކަމަށް ފާސްވަނީ 75 މާކްސްއަށް ވުރެމަތިން މާކްސް ލިބޭ ފަރާތްތަކެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އެކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި ވަނީ ވެސް ސުލައިމާން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވައިގެންނެވެ. އަަދި އިލެކްޝަންސް ކޮމިޝަނާމެދު އަދި ހާއްސަކޮށް ސުލައިމާނަކީ އިހުލާސްތެރިކަން ނެތް ބޭފުޅެއްގެ ގޮތުގައި ގިނަ ރައްޔިތުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ސިޔާސީ ޕާޓީތަކާއި މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.

ސުލައިމާނަކީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް އެލަޔަންސްގެ އިސް ވެރިއެކެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު އެ ކޮމިޝަންގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މާނިއު ވަކިކުރެއްވީ ބައެއް ފުލުހުންގެ އަމަލުތަކާއި ގުޅިގެން އޭނާ ހިތްހަމަ ނުޖެހޭކަން ހާމަކޮށްފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު