Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

ނަޝީދަށް ފިޔަވަޅު އަޅަން ނުކެރުމުން އެނގެނީ މެމްބަރުންނާއި ކުޅެން ރައީސް ޔާމީން ފަސްޖެހިއްޖެކަން: މުސްތަފާ

26 ފެބުރުއަރީ 2018 | ހޯމަ 01:35

ފްލޯ ކްރޮސިންގ ގެ ވާހަކައަކީ މެމްބަރުންތައް ރައީސް ޔާމީން ދޫކޮށްފައި ދިޔައީމަ ދެއްކި ވާހަކައެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 26 ފެބުރުއަރީ 2018 | ހޯމަ 01:35
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅަން ނުކެރުމުން އެނގެނީ މެމްބަރުންނާއި ކުޅެން ރައީސް އަބްދުﷲ ޔާމީން ފަސްޖެހިއްޖެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ވޯޓަށްއެހި ވަގުތުގައި މެމްބަރު ނަޝީދު ތަޅުމުގައި އިންނެވި އެވެ. އެ ދުވަހުގެ ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އެހިއިރު ޕީޕީއެމް އޮތީ ގަރާރަށް ތާއީދުކޮށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއްވެސް ނެރިފަ އެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ނެރުނު ވިޕާ ހިލާފުވެއްޖެކަމަށް ބުނެ ބައެއް މެމްބަރުންނަށް ފިޔަވަޅު އަޅައި ޕާޓީންވެސް މީގެކުރިން ވަކިކޮށްފައިވާއިރު، އެ ޕާޓީން ނިންމާފައިވަނީ މެމްބަރު ނަޝީދުގެ މައްސަލަ ނުބެލުމަށެވެ.

އެ މައްސަލަ ނުބެލުމަށް ޕީޕީއެމުން ނިންމި ނިންމުމަށް އިޝާރަތްކުރައްވާ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ކަނޑައެޅިގެން ވިޕާ ހިލާފުވުމުން ފިޔަވަޅު އަޅަން ނުކެރުމުން އެނގެނީ ރައީސް ޔާމީންގެ ފިނޑިކަމާއި މެމްބަރުންނާއި ކުޅެން ފަސްޖެހިފައިވާކަންކަމަށެވެ. އޭގެއިތުރުން މެމްބަރު މުސްތަފާ ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފްލޯ ކްރޮސިންގގެ ވާހަކައަކީ މެމްބަރުންތައް ރައީސް ޔާމީން ދޫކޮށްފައި ދިޔައީމަ ދެއްކި ވާހަކައެއް ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަމަށްވެސްް މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށްވެސް ޤާނޫނު އަސާސީގައި ނެތް ކަމެއް މާނަކޮށްގެން ޤާނޫނެއް ނުހެދޭނެ ކަމަށެވެ. އަދި ގާނޫނު ހެދޭނީ އޮތްކަމެއްގެ މައްޗަށްކަމަށާއި، ޤާނޫނު ހެދުމާއި އުނިއިތުރު ގެނަުއުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމެވެ.

ޕީޕީއެމްގެ ވިޕްތަކައި ހިލާފުވެގެންކަމަށް ބުނެ ބައެއް މެމްބަރުން ޕާޓީން އަމިއްލައަށް ވަކިކޮށް، އެ މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް މީގެކުރިން ޕީޕީއެމުން ނިންމާފައިވެއެވެ. އެ މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ބާއްވާ ފުރަތަމަ އަޑުއެހުން އަންނަ އަންގަރަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް