Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާގެ ބޮމުގެ ހަމަލާ

ސޯމާލިއާގައި ދިން ކާރު ބޮމުގެ ދެ ހަމަލާއެއްގައި 18 މީހުން މަރުވެއްޖެ

24 ފެބުރުއަރީ 2018 | ހޮނިހިރު 05:50

މިހަމަލާގެ ޒިންމާ އަލް ޝަބާބްގެ ހަނގުރާމަވެރިން ވަނީ ނަގާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 24 ފެބުރުއަރީ 2018 | ހޮނިހިރު 05:50
މޮޤަދިޝޫގައި ދިން ކާރު ބޮމުގެ ހަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވައްދަނީ

މޮޤަދިޝޫގައި ދިން ކާރު ބޮމުގެ ހަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވައްދަނީ

ސޯމާލިއާގެ ވެރިރަށް މޮޤަދިޝޫގައި އަމިއްލަ އަށް މަރުވެގެން ދިން ކާރު ބޮމުގެ ދެ ހަމަލާއެއްގައި 18 މީހަކު މަރުވެއްޖެ އެވެ.

މޮޤަދިޝޫގައި ހުންނަ ސޯމާލިއާގެ ރައީސްގެ ގެކޮޅުގެ ކައިރީގައި ހުކުރު ދުވަހު ދިން މިހަމަލާތަކުގައި އިތުރު 20 މީހަކު ޒަޚަމްވެފައިވާ ކަމަށް، ސިއްހީ އެހީތެރިންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Advertisement - worldAdvertisement

ސޯމާލިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް ޝަބާބް އިން ވަނީ މިހަމަލާގެ ޒިންމާ ނަގާފައެވެ.

ސޯމާލިއާގެ މީޑިއާތަކާއި ވާހަކަ ދައްކަވަމުން އެގައުމުގެ ފުލުހުންގެ އޮފިސަރެއް ކަމަށްވާ މޭޖަރ މުޙައްމަދު އަޙުމަދު ވިދާޅުވީ، ފުރަތަމަ ހަމަލާ ދީފައިވަނީ ރިޔާސީ ގަނޑުވަރުގެ ކައިރީގައި ކަމަށާއި، ދެވަނަ ހަމަލާ ދީފައިވަނީ އެސަރަހައްދުގައި ހުންނަ މަޝްހޫރު ހޮޓަލެއްގެ ކައިރީގައި ކަމަށެވެ.

މިހަމަލާ ދީފައިވަނީ ވެރިރަށް މޮޤަދިޝޫގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ސޯމާލިއާ ސަރުކާރުން ދިންތާ އެއް ދުވަސް ފަހުންނެވެ.

ސޯމާލިއާގައި އަލް ޝަބާބްގެ ހަނގުރާމަވެރިންގެ ހަމަލާތައް އާއްމުވި ނަމަވެސް، މިހަމަލާ ދީފައިވަނީ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު އެވެ.

އެންމެ ފަހުން މިފަދަ ހަމަލާއެއް ދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މޮޤަދިޝޫގައި ހުންނަ ސޯމާލިއާގެ ފުލުހުން ތަމްރީން ކުރާ މައި އެކަޑަމީގެ ތެރޭގައި އަމިއްލަ އަށް މަރުވެގެން އަލް ޝަބާބްގެ ހަނގުރާމަވެރިޔަކު ދިން އެހަމަލާގައި ފުލުހުންގެ 18 އޮފިސަރަކު މަރުވިއެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހުގެ ތެރޭގައި މޮޤަދިޝޫގައި ދިން ޓްރަކް ބޮމުގެ ހަމަލާއެއްގައި 512 މީހަކު މަރުވެފައިވެއެވެ. ސޯމާލިއާގެ ތާރީޚުގައި ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ބެލެވޭ ޓްރަކް ބޮމުގެ ހަމަލާ އަކީވެސް އަލްޤައިދާ ޖަމާއަތާއި ގުޅުން އޮންނަ އަލް ޝަބާބްގެ ހަމަލާއެއް ކަމަށް ސޯމާލިއާ ސަރުކާރުން ތުހުމަތު ކުރެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް