Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނު

ހެކި ފޮރުވަން އުޅުއްވިކަމުގެ ތުހްމަތުގައި ރައީސް މައުމޫނުގެ ބަޔާން ނަގައިފި

17 ފެބުރުއަރީ 2018 | ހޮނިހިރު 13:32

ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން އަދި ސުވާލެއް ނުކުރޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 17 ފެބުރުއަރީ 2018 | ހޮނިހިރު 13:32
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް ތުހްމަތުކުރާ މައްސަލާގައި އެމަނިކުފާނު ހެކި ފޮރުވަން މަސައްކަތް ކުރި ކަމަށް ތުހްމަތުކޮށް ފުލުހުން ތަހްގީގީ ބަޔާނެއް ނަގައިފި އެވެ.

ފަނޑިޔާރުންނަށް ރިޝްވަތުދީ، ގާނޫނާ ހިލާފަށް ގާނޫނީ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރިކަމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫނުގެ ދިފާއީ ވަކީލު މައުމޫނު ހަމީދު ހޮނިހިރު ދުވަހު އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް މައުމޫނު ހައްޔަރު ކުރި ތުހުމަތާ ގުޅޭ ގޮތުން ތަހްގީގުގައި އަދި ސުވާލެއް ނުކުރާ ކަމަށެވެ. މައުމޫނު ހަމީދުގެ ވިދާޅުވި ގޮތުގައި ރައީސް މައުމޫނު ހެކި ފޮރުވަން މަސައްކަތްކުރެއްވި ކަމަށް ތުހްމަތު ކޮށްފައިވަނީ އެމަނިކުފާނު ހައްޔަރުކުރުމަށް އެންދެރިމާގެ އަށް ފުލުހުން ދިއުމުން އަމަލުކުރެއްވި ގޮތައް ބަލައި ކަމަށެވެ. ނަމަވެސް ތުހްމަތު ކުރެވޭ މައްސަލައާ ގުޅޭ އެކަށީގެންވާ ތަފްސީލީ މައުލޫމާތެއް ނުދޭ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހެކި ފޮރުވިކަމުގެ ތުހްމަތާ ގުޅިގެން ރައީސް މައުމޫނު ވަނީ އެއްވެސް ޖިނާއީ ކުށެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ ފުލުހުންނަށް ރައްދު ދެއްވާފައިކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

"އޭގައި ރައީސް މައުމޫނު ދެއްވީ ވަރަށް ސާފު ސީދާ ޖަވާބެއް. ތިމަންނައާމެދު ތިޔަ ފެށުނީސުރެއް އަމަލު ކުރަމުން އަންނަނީ ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށޭ. ގާނޫނު ދެކެ ބިރުން ގާނޫނުތައް ފޮރުވައި، ހައްގުތަކުގެ ބިރުން ހައްގުތައް ކަފުންކޮށްފައި، ތިމަންނައާމެދު ޓޯޗަރގެ އަމަލުތައް ހިންގާކަމަށް ސިފަ ކުރެވޭ ގޮތަށް، އެ އިހްސާސްތަކެއް ވާގޮތަށް ކަން ކުރައްވާފައި ދެން މިއީ ގާނޫނީ ހަމަތަކުން ހިނގާ ތަހްގީގެއް ކަމަކަށް ތި ބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ އޭ. ގާނޫނީ އިމުން ބޭރުން ހިނގާ ތަހްގީގެއް ކަމަށް ރައީސް މައުމޫނު ވިދާޅުވި ސާފު ސީދާ ބަހުން،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

އަދި އެހެންމެ ހެކި ފޮރުވުމާ ގުޅޭ މައްސަލައިގައި ބަޔާން ނެގުމާއި ތަހްގީގު ކުރިއަށް ގެންދާނީ މިހާރު ސަސްޕެންޑްކޮށްފައި އޮތް ޖިނާއީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފުލުހުން ވިދާޅުވި ކަމަށްވެސް މައުމޫނު ހަމީދު ފާހަގަ ކުރެއްވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެކި ފަރާތްތަކާ މެދު އެކި ގޮތްތަކަށް އަމަލު ކުރަމުންދާކަމަށާއި ދައުލަތުގެ ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނަރަލް ދައްކާ ވާހަކަ ވެސް ދިމާނުވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

މައުމޫނު ހަމީދު އިތުރަށް ވިދާޅުވީ ރައީސް މައުމޫނު ހައްޔަރުކޮށް ދޫނިދޫ އާއި މާފުށީގައި ހައްޔަރުކޮށް ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ރައީސް މައުމޫނާމެދު ގާނޫނާ ހިލާފަށް އަމަލު ކުރަމުންދަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ބަލިކަށިކޮށްލުމަށް ކަމަށާއި އެހެން ނަމަވެސް ރައީސް މައުމޫނު ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްގެން އުޅޭ މިފަދަ ހާލަތެއްގައި އެމަނިކުފާނުގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލާގައި ޝަރީއަތް ހިންގަފާނެ ކަމަށް ރައީސް މައުމޫނު ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް