Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ވަކީލުންގެ ބައްދަލުވުމުގެ ވަގުތު ކުޑަކުރީ ގާނޫނާ ހިލާފަށް: ވަކީލުން

13 ފެބުރުއަރީ 2018 | އަންގާރަ 23:46

މިހާރު ވަކީލުންގެ ބައްދަލުވުމަށް ލިބެނީ 30 މިނެޓް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 13 ފެބުރުއަރީ 2018 | އަންގާރަ 23:46
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ގާނޫނީ ޓީމު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ގާނޫނީ ޓީމު

ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރަން މީގެ ކުރިން ދީފައި އޮންނަ ވަގުތު ކުޑަކޮށް 30 މިނެޓަށް ހަމަޖައްސާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ގާނޫނީ ވަކީލުންގެ ޓީމުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ފުލުހުންގެ އާންމު ގަވައިދުގެ ދަށުން ވަކީލުންގެ ބައްދަލުވުމަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޖަލުތަކުގައި ތިބޭ މީހުންނަށް ދޭ އިނާޔަތްތައް ކަނޑައަޅާނީ އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement
"އެ ބޭފުޅުންގެ (ފުލުހުންގެ) އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމެވުމެއް. އެ ބޭފުޅުންނަކަށް އެގޮތައް ހަންޏެއް ނުކުރެވޭނެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާ ގޮތުންވިއްޔާ އެ ގާނޫނުގެ ދަށުން ގަވައިދުތައް ހެދޭނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަށް މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ލަފަޔާ މަޝްވަރާގެ މަތިން. އެއީ އާންމު އުސޫލެއްގެ ގޮތުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

އަދި އެހެންމެ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނު ސަސްޕެންޑް ކޮށްފައި ނުވާއިރު އެ ގާނޫނަށް އަމަލު ކުރަން ޖެހޭނެ ކަމަށްވެސް މައުމޫނު ހަމީދު ފާހަގަ ކުރެއްވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ ރައީސް މައުމޫނާ ހޯމަ ދުވަހު ބައްދަލުވުން ބޭއްވުމަށް ދެ ގަޑިއިރު ލިބިވައިގެންނެވިކަމަށާއި އެހެން ނަމަވެސް ވަކީލުންގެ ބައްދަލުވުމުގެ ވަގުތު ކުޑަކުރިކަން އެނގިވަޑައިގެންނެވީ އަންގާރަ ދުވަހު ރައީސް މައުމޫނާ ބައްދަލުކުރެއްވުމަށް މާފުއްޓަށް ވަޑައިގަންނަވަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ މައްޗަށް ބަޔަކު އަމަލުކުރަން ޖެހޭ އުސޫލެއް ނަމަ އޮންނަން ވާނީ ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވިފައި ކަމަށެވެ.

"މިއަދު ހެނދުނު އަޅުގަނޑުމެން ފޯމު ލީ އިރުގައި ދޮޅުގަޑިއިރު ލިބޭނެ ކަމަށް ވިދާޅުވީ. މާފުއްޓާ ހަމައަށް ދެވުނުއިރު ގަވާއިދު ބަދަލުވެއްޖެ. މާފުއްޓާ ހަމައަށް ދެވުނުއިރު ލިބުނީ ބައިގަޑިއިރު. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ހަމަ ޖެހޭ އުސޫލެއް ކަމަކަށް،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ގާނޫނީ ވަކީލެއްގެ ހައްގު ނުހިފެހެއްޓޭނެ ކަމަށް ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާއިރު ގަވާއިދަށް ބަދަލެއް ގެނެސްގެން އެ ހައްގު ހަނި ނުކުރެވޭނެ ކަމަށެވެ. ރައީސް މައުމޫނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ފައިސަލް ވިދާޅުވީ ފުލުހުން އެމަނިކުފާނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރާއިރު ވަކީލުންގެ ބައްދަލުވުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

"ހަގީގަތުގައި އެ މާއްދާ (ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ށ) ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ނުހިފެހެއްޓޭނެ ކަމަށް ބުނެފައިވާ ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ބަންދު ކުރެވޭ މީހުންނާއި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނީ ވަކީލެއްގެ ހައްގު އެންމެ ފުޅާ މިނެއްގައި ދިނުން. އަދި އެ މަގު އެއްވެސް ހާލަތެއްގައި ހަނި ނުކުރެވޭނެކަން އަންގާ ދިނުމަށް،" ފައިސަލް ވިދާޅުވި އެވެ.

ބަންދުގައި ތިބޭ މީހުންނަށް ވަކީލުންނާ ބައްދަލު ކުރަން ލިބޭނީ 30 މިނެޓްކަމަށް ފުލުހުން އެންގީ ޓުވީޓެއް މެދުވެރިކޮށް އަންގާރަ ދުވަހު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި

10 އެޕްރީލު 2017
ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި
10 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!
09 އެޕްރީލު 2017

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް