Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހައްޔަރުކުރުން

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 12:15
މުއްދަތުގެ މަޖިލިހަށް ގާސިމް ހާޒިރުކުރުމަށް ހުކުރު ދުވަހު މާލެ ގެނެސްފައި

މުއްދަތުގެ މަޖިލިހަށް ގާސިމް ހާޒިރުކުރުމަށް ހުކުރު ދުވަހު މާލެ ގެނެސްފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނާ ބުނުމަށް ފުލުހުން ކޮމެންޓް ކުރަން ދެކޮޅު ހަދައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގާސިމް ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށެވެ. އެގޮތުން ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "މިވަގުތު ތިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް މީޑިއާއަށް ހާމަ ނުކުރާނެ" ކަމަށެވެ.

ގާސިމް ހައްޔަރުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އަމުރުގައި ބުނެފައިވާ ގޮތުގައި އެ އަމުރު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. އަދި ގާސިމްގެ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.

ގާސިމް ހައްޔަރުކުރުމަށް ބޭނުންވާ ސަބަބު ކަމަށް އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ވޯޓް ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިވެރިވެފައިވަނިކޮށް، ގާސިމް ބޭނުންފުޅުވާ ވަކި ގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިއްވުމުގެ އަމަލުތައް ހިންގަވާފައިވާ ތުހުމަތު ކުރެވޭތީއާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭތީއާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތަކެއް ކުރާކަމަށް ތުހުމަތުކުރެވޭތީ، މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީއާއި އަދި މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ ގާސިމްގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނާތީ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

އެ އަމުރުގެ ދަށުން ގާސިމް ހައްޔަރުކުރިއިރު، ގާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް ޖަހާފަ އެވެ. ގާސިމްގެ ގާނޫނީ ވަކީލުން ވަނީ، ގާސިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އާދިއްތަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު

ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު

17 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު