Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަގުތުން ދޫކޮށްލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ގޮވާލައިފި

އދ. އަދި ބައިނަލްއަޤްވާމީ މުޖުތަމައު އިން ދަނީ ރާއްޖޭގެ މިހާރުގެ މަސްރަޚް ގާތުން ބަލަމުން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2018 | ބުދަ 21:55
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަދި ދިވެހި ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަދި ދިވެހި ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް

ފުލުހުން ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަގުތުން ދޫކޮށްލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އދ. އިން މިކަމަށް ގޮވާލާފައިވަނީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ނިއުޅެމުންދާ ކަންކަމާއިމެދު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ހުރި ކަންބޮޑުވުންތައް ދިވެހި ސަރުކާރާއި ހިއްސާ ކުރެއްވުމަށް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޑރ. އާސިމް އަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްރަހުގައި މިހާރު ނިއުޅެމުންދާ ކަންކަމާއި އަދި ހާއްސަކޮށް އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރެއްވުމާއި ގުޅޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ކަންބޮޑުވުންތައް ތަކުރާރު ކުރައްވާފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނުގެ ނައިބު ފަރްހާން ޙައްޤު ވިދާޅުވި އެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް، ރާއްޖޭގެ ޚާރިޖީ ވަޒީރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ހާމަކޮށްދެއްވަމުން ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނުގެ ނައިބު ފަރްހާން ޙައްޤު ވިދާޅުވީ، ޑރ. އާސިމް އާއެކު ފޯނުން ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު އަސާސީ ނެގެހެއްޓުމާއި ޤާނޫނީ ވެރިކަން ނެގެހެއްޓުމުގެ މުހިންމު ކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށާއި، ހާއްސަކޮށް ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

އަދި އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި، މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށް ޑރ. އާސިމް އަށް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔެންޗާ ދަންނަވާފައިވާ ކަމަށް ޙައްގު ވިދާޅުވި އެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް ޚާރިޖީ ވަޒީރު ޑރ. އާސިމް އަށް ޔަންޗޭ ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަންގާރަ ދުވަހު ހެނދުނު ނެރުއްވި ބަޔާނެއްގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވުމާއި، ސަލާމަތީ ބާރުތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެގަތް މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ޤާނޫނު އަސާސީ އާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް އެބަޔާނުގައިވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.

ރައީސް ޔާމީން ނެރުއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރާއި ގުޅޭ ގޮތުން، އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފާނޭ ޑުޖަރިޗް މެދުވެރިކޮށް ނެރުއްވި ބަޔާނުގައި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

މީގެ ކުރިން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒްކޮށް، ސުޕްރީމް ކޯޓުގެ ނިންމުމަށް ފުރިހަމަ އަށް އިޙްތިރާމް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، އދ.ގެ ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒައިދު ރަޢަދް ހުސެއިން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމަކީ ހުރިހާ ބާރުތަކެއް ބޭނުން ކުރައްވައިގެން ޑިމޮކްރެސީ އަށް ދޭ ހަމަލާއެއް ކަމަށް ސިފަ ކުރައްވާފައެވެ. މީގެ އިތުރުން މިހާރު މިހިނގާ ކަންތައްތަކަކީ ހުރިހާ ބާރުތަކެއް ރައީސް ޔާމީންގެ އަތްޕުޅަށް ޖަމާކުރެއްވުން ކަމަށް ސިފަ ކުރައްވާ، ޒައިދު ވަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު