Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވިލިމާލޭގައި ގާއިމްކޮށްފި

ބީއެމްއެލްއިން ބުނީ މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2018 | ބުދަ 10:37
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވިލިމާލޭގައި ހުޅުވުން

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވިލިމާލޭގައި ހުޅުވުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވިލިމާލޭގައި ގާއިމް ކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ގާއިމް ކުރެވުނު މި ސެންޓަރ ހުޅުވާފައިވަނީ ވިލިމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބީއެމްއެލްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ޚިދުމަތް ލިބިގެންދާނީ އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސާވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް ކަމަށެވެ.

" މިއަދު މި ޤާއިމް ކުރެވުނު އާ ސެލްފް ސަރވިސް ބޭންކިން ސެންޓަރ އާއެކު ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތާނގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ޚިދުމަތް ލިބިގެންދާނީ އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު