Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައި ކޯޓުގެ ހުކުމް

ހައި ކޯޓުގެ ދެކުނު ގޮތްފާއި އުތުރު ގޮފީގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނެސްފި

ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ފޮނުވުމުގެ ކަންކަން ކުރާނީ ޑީޖޭއޭ އިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 ފެބުރުއަރީ 2018 | އަންގާރަ 18:24
ދިވެހި ރާއްޖޭގެ ހައި ކޯޓް

ދިވެހި ރާއްޖޭގެ ހައި ކޯޓް

ހައި ކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފީގެ ހިންގުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ގަރާރުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 1 ވަނަ އިސްލާހުގެ ދަށުން ގައުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ދެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ރާއްޖޭގެ އަދްލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވާ ކަންކަމުގެ ތެރެއިން ކަމަށެެވެ.

އެގޮތުން ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮތްފަށް ހުށަހެޅޭ މައްސަލަތައް އިދާރީ ގޮތުން ބަލައިގަނެ އެކަށީގެންވާ އަދަދެއްގެ މައްސަލަތައް ހައިކޯޓުގެ ގޮފިތަކަށް ހުށަހެޅުމުން އެ މައްސަލަތައް ބަލައި ނިޔާކަނޑައަޅާނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޝަރުއީ ވަފުދަކުން ކަމުގައި ބުނެފައި ވެއެވެ.

މި ގަރާގާ އެއްގޮތްވާ ގޮތުގެ މަތިން، އަމަލު ކުރުމުގެ ގޮތުން ހަމަޖައްސާދޭން ޖެހޭނީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ކުރިން ގެނައި އިސްލާހުގެ ދަށުން ހައި ކޯޓުގެ ދެކުނު އަދި އުތުރު ގޮފީ ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދެކުނު ގޮތްފި ނިސްބަތްވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް، ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނެވެ. އަދި އުތުރު ގޮފި ނިސްބަތްވަނީ އ. އަތޮޅާއި ހދ. އަތޮޅާއި ށ. ނ. ރ. އަދި ބ. އަތޮޅުގެ ރައްޔިތުންނެވެ.

މާލޭގައި ހުންނަ ހައިކޯޓަށް ހުށަހެޅޭނީ ހަމައެކަނި މާލެ، ވިލިމާލެ، ހުޅުމާލެ، ޅ. ކ. އއ. އދ. ވ. މ. ފ. ދ. ލ. މި އަތޮޅުތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތަކެވެ.

ދެކުނު ގޮތްޕާއި އުތުރު ގޮފި ކަނޑައެޅި ނަމަވެސް މިހާތަނަށް ފަނޑިޔާރުން ކަނޑައަޅާފައި ވަނީ ދެކުނު ގޮތްޕަށް އެކަންޏެވެ. ދެކުނު ގޮފީގައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު