Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް އޭޓީއެމް

ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި

"އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ޤާއިމްކުރެވުނު އޭޓީއެމްއެމް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2018 | އަންގާރަ 14:03
ވިލިމާލެ ސެލްފް ސާރވިސް އޭޓީއެމް ހުޅުވުމުގެ ތެރެއިން

ވިލިމާލެ ސެލްފް ސާރވިސް އޭޓީއެމް ހުޅުވުމުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އިން ވިލިމާލޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރުކޮށް އައު ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް އަންގާރަ ދުވަހު ގާއިމްކޮށްފިއެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ ބޭންކުގެ ބްރާންޗަށް ވެސް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ.

ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ޤާއިމްކުރެވުނު މި ސެންޓަރ ހުޅުވާފައިވަނީ ވިލިމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ޤާއިމް ކުރެވުނު އައު ސެލްފް ސަރވިސް ބޭންކިން ސެންޓަރ އާއެކު ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތާނގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ޚިދުމަތް ލިބިގެންދާނީ އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ޤާއިމްކޮށްފި

އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ޤާއިމްކޮށްފި

28 އޮކްޓޯބަރު 2017
ދިއްދޫ އާއި ފުނަދޫ ގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިި

ދިއްދޫ އާއި ފުނަދޫ ގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިި

29 ސެޕްޓެމްބަރު 2017
ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

31 ޖުލައި 2017
ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި

13 ޖުލައި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު