Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓު އަމުުރު

ސުޕްރީމް ކޯޓާ ދެކޮޅަށް ރައީސް ހަނގުރާމަ އިއުލާނުކުރައްވައިފި، ކޯޓުން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ!

4 ފެބުރުއަރީ 2018 | އާދީއްތަ 17:59

ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑުވާލުމަށްފަހު މިލިޓަރީ ވެރިކަމަކާއި ދިމާލަށް ރައީސް ޔާމީން ވަނީ މިސްރާބު ޖައްސަވާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 ފެބުރުއަރީ 2018 | އާދީއްތަ 17:59
ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކުގެ ބަދަލުގައި ބަންޑާރަ ނައިބު އަންގަވާ ގޮތަށް އަމަލުކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކުން ވަނީ ބުނެފައި

ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކުގެ ބަދަލުގައި ބަންޑާރަ ނައިބު އަންގަވާ ގޮތަށް އަމަލުކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކުން ވަނީ ބުނެފައި

ސުޕްރީމް ކޯޓާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަނގުރާމަ އިއުލާނުކުރައްވައިފި ކަމަށާއި އެކަމާއި ގުޅިގެން އެ ކޯޓުން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެކަމަށް އެ ގައުމުގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ ދަ ޓައިމްސް އޮފް އިންޑިއާއިން ބުނެފިއެވެ.

އެ ނޫހުގައި ޝައިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑުވާލުމަށްފަހު މިލިޓަރީ ވެރިކަމަކާއި ދިމާއަށް ރައީސް ޔާމީން މިސްރާބު ޖައްސަވާފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ރައީސް ޔާމީން މަސައްކަތް ކުރައްވަމުންދަނީ އެ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް މައްސަލަ ހުށަހަޅުއްވައި އެ ފަނޑިޔާރުން އެ މަގާމުން ވަކިކުރައްވަން ކަމަށެވެ. އެކަމާއި ގުޅިގެން އިންޑިއާ އާއި އެހެނިހެން ޑިމޮކްރެޓިކް ގައުމުތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް އެ އޮފިޝަލާއި ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ހަމައެހެންމެ ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސެއިންގެ ގެކޮޅު ރިޝްވަތުގެ ތުހުމަތުގައި ބަލާ ފާސްކުރެވިފައިވާ ކަމަށާއި މިފަދަ ކަންކަމާއި ގުޅިގެން ރާއްޖޭގައި ގާނޫނު ތަންފީޒުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އެދިފައިވާކަމަށްވެސް އެ އޮފިޝަލް ވަނީ މި ނޫހަށް ދެއްވި އިންޓަވިއުގައި ފާހަގަކުރައްވާފައެވެ. ހަސަން ސައީދުގެ ގެކޮޅު ބަލާ ފާސްކޮށް އެމަނިކުފާނު ހައްޔަރުކުރެއްވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ވަނީ ހޮނިހިރު ދުވަހު ބާތިލުކޮށްފައެވެ. އެ އަމުރު ބާތިލްކުރީ އެ އަމުރު ތަންފީޒު ކުރަމުން ދިޔައީ ގާނޫނީ އިޖުރާއަތާއި ހިލާފަށް ކަމަށްވާތީއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ނޫހަށް މައުލޫމާތު ދެއްވި އޮފިޝަލަކީ ނުހައްގުން ހައްޔަރުކުރެވި ޝަރީއަތްކުރެވިފައިވާ ބައެއް ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުއްވިއިރު އެކަމުގައި ވަރަށް ގާތުން ހަރަކާތްތެރިވި ބޭފުޅެކެވެ. ނިއު ދެއްލީގައި ތިއްބެވި މަސްދަރުތަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ރާއްޖޭގައި ތިއްބެވި އިންޑިއާގެ މިޝަނުން މި މައްސަލައިގައި މަޝްވަރާކުރައްވަން ޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސުޕްރީމް ކޯޓުގެ އިސް އޮފިޝަލާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މެދުވެރިކުރައްވައި ރައީސް ޔާމީން ހުކުމް ތަންފީޒުކުރެއްވުމުގެ ހުރިހާ މަސައްކަތެއް ކުރައްވަމުންދާ ކަމަށް ބުނެ ބޭރުދުނިޔެއަށް އަސްލު ކަންތައްތައް ހިނގަމުންދާ ގޮތް އޮޅުވާލާފައިވާ ކަމަށެވެ.

ހަމައެހެންމެ ސަރުކާރުން ނުހައްގުން ޝަރީއަތްކޮށް ޖަލަށްލެއްވި ހުރިހާ ސިޔާސީ ލީޑަރުންގެ ޝަރީއަތްތަކަކީ ވެސް ސިޔާސީ ނުފޫޒާއެކު ހިންގަވާފައިވާ ޝަރީއަތްތަކެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް މި އޮފިޝަލް ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި އެ ހުރިހާ ކަމަކަށް ވެސް ސީދާ ޖަވާބެއް ދެއްވާފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތުދެއްވި އެ ކޯޓުގެ އިސް އޮފިޝަލަކާއި ހަވާލާދީ ލިޔެވިފައިއެވެ.

އިންޑިއާގެ މީޑިއާތަކުން ރާއްޖޭގެ ސުޕްރީމް ކޯޓުން އެ ގައުމުގެ އެހީއަށް އެދިފައިވާ ކަމަށް ބުނެފައިވާއިރު ރާއްޖެއެމްވީއަށް މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބަހެއް ލިބިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް