Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު އަމުުރު

ރައީސް އަޒުލު ކުރުމުގެ އަމުރެއް ތަންފީޒެއް ނުކުރާނަން: ބަންޑާރަ ނައިބު

4 ފެބުރުއަރީ 2018 | އާދީއްތަ 04:11

ރައީސް އަޒުލުކުރުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 ފެބުރުއަރީ 2018 | އާދީއްތަ 04:11
ރައީސް ޔާމީން އަޒުލުކުރުމަށް ނެރޭ ހުކުމަކަށް ކިޔަމަން ނުވާނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައި

ރައީސް ޔާމީން އަޒުލުކުރުމަށް ނެރޭ ހުކުމަކަށް ކިޔަމަން ނުވާނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައި

ރައީސް އަބްދުﷲ ޔާމީން އަޒުލުކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން މިއަދު ނެރޭނެ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށާއި އެފަދަ އަމުރެއް ނެރުނުމުގެ ގާނޫނީ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެހެންވެ، އެފަދަ އަމުރެއް ނެރުނު ނަމަވެސް ސަލާމަތީ ބާރުތަކުން ތަންފީޒު ނުކުރުމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ އެވެ.

މިއަދު އުފާވެރި ހަބަރެއް ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް އާއި ޕޮލިސް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ނަވާޒާއެކު ހާމަކުރެއްވި ބަޔާނުގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނީ މަޖިލީހުން ފާސްކުރާ ގަރާރުން ކަމަށާއި މިފަދަ މައްސަލައިގައި ކޯޓުގެ ދައުރެއް އޮތީ މަޖިލީހުން ފާސްކުރާ ގަރާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި ކަމަށެވެ. އެހެންވެ، ސުޕްރީމު ކޯޓުން މިފަދަ އެއްވެސް އަމުރެއް އިސްވެ ނުނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްހުމްހޫރިއްޔާ އަޒުލުކުރުމަށް ސުޕްރީމް ކޯޓުން ނެރޭ އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް. ގާނޫނާ ހިލާފު އަމުރަކަށް ސަލާމަތީ ހިދުމަތްތަކުން ތަބާވެގެން ނުވާނެ،" އަނިލް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް ވިދާޅުވީ ދިވެހިރާއްޖެ ކްރައިސިސް އަކަށް ދިއުމަށް ބަލައިގެން ނުހުރެވޭނެ ކަމަށާއި ސިފައިން މަސައްކަތް ކުރާނީ ބަންޑާރަ ނައިބު ދެއްވާ ލަފާގެ މަތިން ކަމަށެވެ.

މިފަދަ އަމުރެއް ނެރިއްޖެ ހާލަތެއްގައި ފުލުހުން މަސައްކަތް ކުރާނީ ނަވާޒު ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބު ދެއްވާ ލަފައާ އެއްގޮތަށެވެ.

ރައީސް އަޒުލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، ގާނޫނާ ހިލާފަށް މަޖިލީހުގެ މެމްބަރުން ތަކެއްގެ ގޮނޑި ގެއްލުވާލައި، ސަލާމަތީ ހިދުމަތްތަކުން މަޖިލިސް "ހިސޯރު"ކުރި އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް