Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓުގެ އަމުރު

އަމުރުގައިވާ ސިޔާސީ ފަރާތްތައް ދޫކޮށްނުލުމަކީ ރަހީނުކުރުން، ޝާމިލްވާ އެންމެހާ ފަރާތްތައް ޖިނާއީ ޒިންމާ ނަގަން ޖެހޭނެ: ހިސާން ޙުސައިން

2 ފެބުރުއަރީ 2018 | ހުކުރު 06:15

އެކްސް ޕާޓޭކޮށް ސުޕްރީމް ކޯޓުން ނިންމުމެއް ނިންމީ އަލަކަށް ނޫން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 2 ފެބުރުއަރީ 2018 | ހުކުރު 06:15
އަލްއުސްތާޛާ ހިސާން ޙުސައިން

އަލްއުސްތާޛާ ހިސާން ޙުސައިން

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރުގައި ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ސިޔާސީ ބޭފުޅުން ބަންދުން ދޫކޮށްނުލައި، ބަންދުގައި ބައިތިއްބާފައި ތިބި ތިބުމަކީ، ޤާނޫނީ ގޮތުން ބަލާއިރު އެފަރާތްތައް ރަހީނުކުރުން ކަމަށާއި، އެގޮތަށް އެކަން ކުރުމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް އެކަމުގެ ޖިނާއީ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުން ޙުކުމެއް ނެރުމާ އެކު، ދައުލަތުގެ ހުރިހާ އިދާރާތަކުން އެ ޙުކުމަށް ވަގުތުން ވަގުތަށް ތަބާވާން ޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ގަދަބާރުން މީހަކު ހިފަހައްޓާފައި ބެހެއްޓުމަކީ ޤާނޫނީ ގޮތުން ބަލާއިރު ރަޙީނުކުރުން ކަމަށާއި، އަދި ކޯޓުން މީހަކު ދޫކޮށްލަން އަމުރު ކުރުމަށް ފަހު، ދައުލަތުގެ އެއްވެސް އިދާރާއަކުން އެމީހަކު ބަންދުގައި ބަހައްޓައިފި ނަމަ، އެކަން ކުރުމުގައި ބައިވެރިވާ ހުރިހާ ފަރާތްތައް އެކަމުގެ ޖިނާޢީ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމަކީ ޖިނާޢީ ކުށެއް ކަން، ޤާނޫނުލްއުޤޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އަދި އޭގެ ތެރޭގައި ރަސްމީ ވާޖިބަކާއި ޚިލާފުވެގެން ޤާނޫނު ހިންގުމަށް ހުރަސް އެޅުން ވެސް ހިމަނާފައިވާކަން ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ސުޕްރީމް ކޯޓު އަމުރަށް ތަބާނުވެ ދައުލަތުން މިހާރު ކުރަމުން މި ގެންދާ ކަންކަމަކީ ޤާނޫނު ހިންގުމަށް ހުރަސްއެޅުމަށް ދައުލަތުގެ ބަންޑާރަނައިބާއި، ތަންފީޒީ އިދާރަތަކުގެ ވެރިން ކުރައްވާ ކަންކަން ކަމުގައި ދެކިލައްވާ ކަމަށެވެ. އަދި ކޯޓު އަމުރު ތަންފީޒުނުކޮށް ހިނގާ ކޮންމެ ސިކުންތެއްގެ ޒިންމާ، އެކަމުގައި ޝާމިލްވާ އެންމެހާ މުވައްޒަފުން ނަގަންޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރަކީ ސަރުކާރުގެ އެއްވެސް ބަހެއް ނެތި، ނިންމާފައިވާ ނިންމުމެއް ކަމަށް ސަރުކާރުން ބުނަމުންދާއިރު، ހިސާން ވިދާޅުވީ، ސުޕްރީމް ކޯޓުން މީގެ ކުރިން ވެސް އެކްސް ޕާޓޭކޮށް (އެހެން ފަރާތެއްގެ މަޝްވަރާއެއް ނެތި) މައްސަލަތައް ނިންމާފައިވާ ކަމަށާއި، އަދި މިހާތަނާ ޖެހެންދެން ވެސް ސަރުކާރުން އައީ އެ އަމުރުތަކަށް ތަބާވަމުން ކަމަށެވެ.

ހިސާން ވަނީ ބަންޑާރަނައިބު މުޙައްމަދު އަނިލް ޤާނޫނުގެ އިމުގެ ތެރެއަށް ރުޖޫޢަވެވަޑައިގަތުމަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް