Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓްގެ އަމުރު

ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ކުރަން، އަމުރުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ސަރުކާރު

ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ކުރާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އަމުރު ތަންފީޒް ކުރާތަނެއް ނުފެނޭ

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2018 | ހުކުރު 00:01
ރައީސް އޮފީހުގައި އިނގިރޭސި ބަހުން ޝާއިއުކޮށްފައިވާ ބަޔާނުގައި ހަވާލާދޭ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި، ހޯމް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ބައި

ރައީސް އޮފީހުގައި އިނގިރޭސި ބަހުން ޝާއިއުކޮށްފައިވާ ބަޔާނުގައި ހަވާލާދޭ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި، ހޯމް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ބައި

ސުޕްރީމް ކޯޓުގެ އަމުރަށް ދިވެހި ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށާއި، އެކަމާއި ގުޅޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ވަގުތުން ވަގުތައް ފަންފީޒުކުރުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކޮށް ނެރުނު އަމުރު ތަންފީޒު ނުކޮށް ދިގު ދަންމަމުންދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި އިނގިރޭސި ބަހުން އާއްމުކޮށްފައިވާ ނޫސް ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރުތަކަށް ސަރުކާރުން އަބަދުވެސް ތަބާވާނެ ކަމަށް ދިފާއީ ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރު ނެރެފައިވާތާ ގަޑިއިރުތަކެއް ވެފައިވާއިރު، އަމުރުގައިވާ ކަންކަން ތަންފީޒް ކުރުމުގެ މަސައްކަތް ފަށާފައިނުވި ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމައު އަށް އަމާޒުކޮށް ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރުގެ ޞައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ކުރިން ސަރުކާރުން ބަލަންޖެހޭ އިޖުރާއާތުތަކާއި ކުރަންޖެހޭ މަސައްކަތްތައް ބެއްލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބަންޑާރަ ނައިބާއި ހަވާލާދީ އެބަޔާނުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަން ކަށަވަރުނުވާ ފަދަ މޭރުމަކުން ސަރުކާރުގެ ބަސްމަގު ބަހައްޓާފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު އެކޯޓުގެ ރަސްމީ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ. އަދި ކޯޓުގެ އަމުރު ދައުލަތުގެ ކަމާއިބެހޭ އިދާރާތަކާއި ހިއްސާ ކޮށްފައިވާ ކަމަށް ޖުޑީޝަރީން ހާމަކޮށްފައިވެއެވެ.

ރައީސް އޮފީހުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ސުޕްރީމް ކޯޓުގެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒްކޮށް ނަގަހައްޓާނެ ކަމަށް މޯލްޑިވްސް ޕޮލީސް ސަރވިސްގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ހާމަކުރިތާ ވަގުތުކޮޅެއްގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލީސް އަހުމަދު އަރީފް ވަނީ އެމަގާމުން ވަކި ކުރައްވާފައެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ނޫސް ބަޔާނެއްގައި ވަނީ، ފުލުހުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ސީޕީ އަރީފް މަގާމުން ވަކި ކުރައްވާފައިވާ ކަމަށާއި، ފުލުހުންގެ މުއައްސަސާ ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އާ، ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވީ، ސީޕީ އަރީފް އާ ގުޅުއްވުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، ނަމަވެސް އެމަނިކުފާނާއި ގުޅޭ ގޮތް ވެފައިނުވާ ކަމަށެވެ.

ބަންޑާރަ ނައިބު އަނިލް މިމޭރުމުން ވާހަކަ ދައްކަވާފައިވަނިކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ ވަކިކޮށްފައި ވަނީ ފޯނަށް ޖަވާބު ނުދެއްވާތީ ނޫން ކަމަށާއި، މަގާމުން ވަކި ކުރީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރައްވަން އުޅުއްވުމުން ރައީސް ޔާމީން އެކަމާއި ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.

ސީޕީ އަރީފް ވަކި ކުރައްވާ، ފުލުހުންގެ މުއައްސަސާ ހިންގެވުން ޑީސީޕީ ސައުދީ އާ ހަވާލު ކުރެއްވިތާ މާގިނައިރެއް ނުވަނީސް، ފުލުހުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި އުފާފާޅު ކުރުމުގެ އެއްވުމަކަށް ކަރުނަ ގޭސް ޖަހައި ރޫޅާލުމަށްފަހު ބައެއް މީހުން ހައްޔަރު ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ފަސް ކަމެއް ފާހަގަ ކުރައްވާ، އެ އަމުރު ތަންފީޒު ކުރުމުގައި އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ބަލައި ތަހުގީގު ކުރުމަށްފަހު ޝަރީއަތަށް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަމުރު ކުރައްވާފައިވެއެވެ.

ކޯޓުގެ އަމުރުގައިވާ ކަންކަން ތަންފީޒް ކުރުމަށް ސަރުކާރުން މިހާތަނަށް ފަސް ޖެހިފައިވާއިރު، ކޯޓުގެ އަމުރަށްފަހު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު