Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ޕީއެސްޖީ ދޫކޮށް ލޫކަސް މޫރާ ޓޮޓެންހަމްއަށް

ޕީއެސްޖީ ދޫކޮށް އޭނާ ޓޮޓެންހަމްއަށް ސޮއިކުރީ 23 މިލިއަން ޕައުންޑްގެ ފީއަކަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ފެބުރުއަރީ 2018 | ބުރާސްފަތި 12:55
ލޫކަސް ޓޮޓެންހަމްގެ ޖާޒީގައި

ލޫކަސް ޓޮޓެންހަމްގެ ޖާޒީގައި

ފްރާންސްގެ ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ވިންގަރ ލޫކަސް މޫރާ އެ ޓީމު ދޫކޮށް އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ބަދަލުވެއްޖެއެވެ.

މި ނިމުނު ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށް އޭނާ ޓޮޓެންހަމްއަށް ސޮއި ކުރީ 23 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާ ޓޮޓެންހަމްއާއެކު ސޮއިކޮށްފައި ވަނީ ހަތަރު އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ޓީމުގައި ދެމި ހުންނާނެއެވެ. އޭނާ ވެގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ޑެލޭ އަލީ ގެނައިފަހުން ޓޮޓެންހަމްއިން ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގެ އެންމެ ފަހު ދުވަހުގައި ގެނައި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ޓޮޓެންހަމްގައި އޭނާ ބޭނުން ކުރާނީ 27 ނަމްބަރު ޖާޒީއެވެ.

ޓޮޓެންހަމްއަށް ލޫކަސް ސޮއި ކޮށްފައިވަނީ އޭނާ ހޯދުމަށް ސްޕެއިންގެ ސެވިއްޔާ އަދި ވެލެންސިއާގެ އިތުރުން އިޓަލީގެ ނަޕޯލީއިން މަސައްކަތް ކުރަމުން އަންނަނިކޮށެވެ. އެ ޓީމަށް ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ލޫކަސް ބުނީ މިއީ އޭނާގެ ކެރިއަރުގައި އާ ތަޖުރިބާއެއް ކަމަށާއި ޓޮޓެންހަމްއަށް ކާމިޔާބު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއްކުރާނެ ކަމަށެވެ. އޭނާ ބުނީ ޓޮޓެންހަމްގައި ތިބީ ކޮލިޓީ ކުޅުންތެރިން ކަމަށާއި އެ ޓީމަށް ބޮޑު މުބާރާތްތައް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފެންވަރު ވެސް ޓޮޓެންހަމްގައި އެބަހުރި ކަމަށާއި އެ ކްލަބްއަށް ސޮއިކުރެވުމަކީ އޭނާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ލޫކަސް ބުނީ ޓޮޓެންހަމްއަކީ ބޮޑު ކްލަބްއެއް ކަމަށާއި ލިބުނު ފުރުސަތުގެ ބޭނުން ހިފުމަކީ އޭނާގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ. ހަމައެހެންމެ އެ ޓީމުގައި ރަނގަޅަށް މަސައްކަތްކޮށް އޭނާގެ ފެންވަރު ދައްކާލުމަށް ކެތް މަދުވެފައި ހުރި ކަމަށް ލޫކަސްގެ މި އިންޓަވިއުގައި ބުނެފައިވެއެވެ.

ލޫކަސް ޕީއެސްޖީ ދޫކޮށްލީ އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުން މަދުވުމާއި ގުޅިގެންނެވެ. އާ ކްލަބެއް ހޯދުމަށް ލޫކަސްއަށް ޕީއެސްޖީގެ ކޯޗު އެންގީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މި ސީޒަނުގައި ޕީއެސްޖީގެ ޖާޒީއިން ފެނިފައިވަނީ އެންމެ ހަ މެޗުގައެވެ. އެ ހުރިހާ މެޗެއްގައި ވެސް އޭނާ ކުޅެން އަރާފައިވަނީ ބެންޗުންނެވެ. ލޫކަސް ވިއްކާލުމާއި ގުޅިގެން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ވެސް ވަނީ އެކަމަށް ފާޑުކިޔައި މީޑިއާގައި ވާހަކަ ދައްކާފައެވެ.

ބްރެޒިލްގެ ސައު ޕައުލޯ ދޫކޮށް އޭނާ ޕީއެސްޖީއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ އެ ޓީމާއި ގުޅިފައިވަނީ 33.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ޕީއެސްޖީ އަށް ބަދަލުވި ފަހުން އޭނާ ވަނީ އެކްލަބަށް 229 މެޗު ކުޅެދީފައެވެ. މިމުއްދަތުގައި މޫރާ އެކްލަބަށް 46 ލަނޑު ޖަހައިދީ، 50 ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައިވެއެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ ފްރާންސްގެ 13 މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގު ޗެމްޕިއަންކަން 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފައިވާ ލޫކަސް މޫރާ ވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ބްރެޒިލްގެ ގައުމީ ޓީމާއެކު ރިހި މެޑަލް ހޯދާ، 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު