Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

ރައީސް ޔާމީންގެ ވަރުގަދަ ރައްދެއް ސުޕްރީމް ކޯޓަށާއި އިދިކޮޅު ލީޑަރުންނަށް!

ސުޕްރީމް ކޯޓު ވިޔަސް މަގުން ކައްސާލާ ނަމަ ހަމަޔަކަށް އަޅުވަންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2018 | އަންގާރަ 12:44
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ ކޯޓަށާއި ސިޔާސީ ބޭފުޅުންނަށް ވަރުގަދަ ރައްދެއް އެ މަނިކުފާނު ދެއްވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ތަހްގީގުކުރުމަށްޓަކައި، އެ މަނިކުފާނު މަގާމުން ދުރުކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ނާއިބު ރައީސްއާ ހަވާލުކުރުމަށް އެދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އާދީއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

މި މައްސަލަ ހުށަހެޅުއްވި ފަހުން، ޕީޕީއެމް އިން ބޭއްވި ފުރަތަމަ ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓު ވިޔަސް އަދި އެހެން މުއައްސަސާތައް ވިޔަސް މަގުން ކައްސާލާ ނަމަ އެކަން ހަމަމަގަށް އެޅުވުން ކަށަވަރުކުރުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ވަރުގަދަ މަސްއޫލިއްޔަތެއް ކަމަށެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ގުޅުމާއި ބަދަހިކަން ކަށަވަރުކުރަންޖެހެނީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ ސުޕްރީމް ކޯޓުން ވެސް ކުރާ ކަމެއް ނޫން. އެއީ އެއްވެސް މުއައްސަސާއަކުން ކުރާ ކަމެއް ނޫން. ސުޕްރީމް ކޯޓު ވެސް މަގުން ކައްސާލައިގެން ދާކަމަށް ވަންޏާ އަދި އިލެކްޝަންސް ކޮމިޝަން ވެސް މަގުން ކައްސާލައިގެން ދަންޏާ ފުލުހުންގެ މުއައްސަސާ ކައްސާލައިގެން ދަންޏާ، ސިފައިންގެ މުއައްސަސާ ވެސް، ސަލާމަތީ ބާރުތައް ވެސް ކައްސާލައިގެން ދަންޏާ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަށް މަތިކުރާ ވަރުގަދަ މަސްއޫލިއްޔަތެއް. ކޮންމެ މުއައްސަސާއެއް ވެސް ގާނޫނާ އެއްގޮތަށް ހިނގާކަން ކަށަވަރުކޮށްދޭންޖެހޭ މީހާއަކީ ރައީސުލްޖުމްހޫރިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތެވެ. ނަމަވެސް މި މާއްދާގައި ސުޕްރީމް ކޯޓު ހަމަމަގަށް އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިނެތެވެ.

މުސްތަގިއްލު ވަކި ބާރެއްގެ ގޮތުގައި ޝަރުއީ ނިޒާމު ކަނޑައަޅާފައި ވާއިރު، ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޢަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. ސުޕްރީމްކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ ކަމަށް މި މާއްދާގައި ބުނެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން އަންގައިގެން ކަމަށް ބުނެފައިވާއިރު، އެ މައްސަލައަށް އިޝާރަތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ކޯޓް އަމުރެއް ނެރެފި ނަމަ އެ އަމުރެއް ފުލުހުން ތަންފީޒުކުރަން ޖެހޭނެ ކަމަށާއި، އެ އަމުރެއް ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ އެނގުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ގުޅުމާއި ބަދަހިކަން ކަށަވަރުކުރަން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ތުހްމަތާއި ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުމުގެ ތުހްމަތުކޮށްފައިވާއިރު، އިދިކޮޅު ފާރާތްތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީގެން ކަންތައްތަކެއް ކުރުވަން އުޅުމަކީ ކުށެއް ކަމަށާއި އެފަދަ ފަރާތްތަކަށް އަދަބު ދޭނެ ކަމަށެވެ.

"އިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމަކީ އެ މީހަކަށް ފެންނަ ގޮތަކަށް އެ މީހަކު ވާހަކަ ދައްކައި ވޯޓްލައި ހެދުން، އިސްލާމީ އުސޫލުތަކާ ހިލާފުވާ ގޮތުގެ މަތިން. ނުބައި ނިޔަތެއްގައި ރިޝްވަތު ނަގައިގެން ކުރާ ކަމެއްގައި އިމްތިޔާޒެއް ނުލިބޭ. ރިޝްވަތު ނަގައިފިއްޔާ ނެގި ކަމަށް ވާނީ. ރައްޔިތުން އަމާނާތް ހަވާލުކުރަނީ އަގު ކިޔާފައެއް ނޫން. އަމާނާތް ހަވާލުކުރަނީ އަގުކިޔާފައެއް ނޫން. އަމާނާތް ހަވާލުކުރަނީ އެއްޓަނުގެ ފައިސާ އަޅާފަކައެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރިޝްވަތު ނަގައިގެން ޣައިރު ގާނޫނީ ކަންކަން ކުރަނީ މަޖިލީހުގެ މެމްބަރުންނަށް ވިޔަސް، އަދި އެކަން ކުރުވަނީ އެއަށްވުރެ ބާރުގަދަ ސިޔާސީ މީހަކަށް ވިޔަސް އަދި އެފަދަ ކަންކަން މާޒީގައި ކޮށްފައިވާ ބޭފުޅަކަށް ވިޔަސް އެކަން ވާނީ ކުށަކަށް ކަމަށެވެ.

"މި ސަރުކާރުގައި އެއީ ކުށެއް. އަޅުގަނޑުމެން ލިޔެފައި ހުރި ގާނޫނުތަކުގައި އެއީ ކުށެއް. އެ ކުށަށް އަދަބު ލިބޭނެ. މި ސަރުކާރުން ގާނޫނު ތަންފީޒުކުރާނަން،" އިދިކޮޅު ފަރާތްތަކަށް އިންޒާރު ދެއްވުމުގެ ގޮތުން ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު މީގެ ކުރިން ވެސް ވިދާޅުވާ ފަދައިން ހޯމަ ދުވަހުގެ ރޭ ވެސް ވިދާޅުވީ ކޮރަޕްޝަނަކީ 21 ވަނަ ގަރުނުގެ އުފެއްދުމެއް ނޫން ކަމަށާއި އެއަށް ވުރެ މާކުރީގެ އުފެއްދުމެއް ކަމަށެވެ. ގާނޫނާ ހިލާފު ކަންކަން މި ސަރުކާރުން ކުރާކަމުގައި ވާނަމަ، އެ ކުރާކަމެއް ހިފައިގެން ހިނގާނެ މަގަކުން ހިނގާފަ ދާނެ މުއައްސަސާއަކަށް ދިއުމުގެ ފުރަތަމަ އިހްތިޔާރާއި ބާރު އެބަ އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހަމަ ގައިމު އިހްތިޔާރާއި ބާރު އޮތީމަ ދެއްތޯ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ދާން މަގު އެނގޭނީ ގައިމު ހުރިހާ ކަމެއް ކުރަން ޖާގަ އޮތީމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތަކާއި އަނިޔާވެރިކަން ބޮޑުވެފައި ވަނީ މި ސަރުކާރުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ލިޔުންތެރިކަމުގެ ރަން ގަލަށް ލިބިފައިވާ މީހުން ވެސް މީގެ ކުރިން ޖަލަށް ލާފައިވާ ކަމަށާއި ދީނީ އިލްމުވެރިން ވެސް ޖަލަށް ލާފައިވާ ކަމަށެވެ.

"ހަމަ ކޮނުކޮނުހެން ފަސް ގިނަވާނީ، ހަމަ ކޮނުކޮނުހެން ފަސް ގިނަވާނީ،" ރައީސް މައުމޫނަށް އިޝާރަތް ކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

ފާރިސް ހައްޔަރުކުރީ ރައީސް ޔާމީންގެ އަމުރަށް ކަމަށްވާއިރު، އެ މަނިކުފާނު ވިދާޅުވީ މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް އެ ވާހަކަ ނުދެއްކެވޭނެ ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު އޮތް ކަމަށާއި އޭރު ޕޮލިސް ކޮމިޝަނަރުގެ ގޮނޑީގައި އިންނަވަނީ މަޖިލީހުގެ މެމްބަރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ނިސްބަތްކުރައްވައި ރައީސް ޔާމީން ވާހަކަ ދެއްކެވިއިރު، ހޯމް މިނިސްޓަރު އަހްމަދު އަހްމަދު އަޒުލީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދިފާއުގައި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ތިއްބެވި ކަމަށާއި އެ މަނިކުފާނާ ހަމައަށް ފޯރާނީ އެ ހުރިހާ ބޭފުޅުން ފޫއަޅުވާލައިގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު