Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިސްޓިއާނޯ ރޮނާލްޑޯ

ކުރިމަގު އޮތީ ރެއާލްއާއެކު: ރޮނާލްޑޯ

އޭނާ ވިއްކާލުމަށް އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 11:01
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ކެރިއަރުގެ ފަހުބައިގައި ވެސް ފެނިގެންދާނީ ސްޕެއިންގެ ރެއާލް މެޑްރިޑްއިން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަށް މި ސީޒަނުގައި ވަނީ ލަނޑު ޖެހުމުގެ މައްސަލަތަކަކާއި ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވިއްކާލުމަށް ރެއާލްއިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސީޒަނުގައި ރެއާލްއިން ވެސް ހޯދަމުން އަންނަ ދަށް ނަތީޖާތަކާއި ގުޅިގެން އެ ޓީމަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކާއެކުއެވެ. މިކަމާއި ގުޅިގެން އެ ޓީމަށް އާ ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުގެ ނިޔަލަށެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މެޑްރިޑްއަކީ އޭނާ 2009 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން އަންނަ ސިޓީ ކަމަށާއި އެ ސިޓީގައި ދިރިއުޅުމަކީ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ މެޑްރިޑްއިން އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ޕޯޗުގަލްއަށް ކާރުގައި ދެވޭ ކަމަށާއި ސްޕެއިންއަކީ އޭނާ ވަރަށް ލޯބިވާ ގައުމެއް ކަމަށެވެ.

މީގެކުރިން ދިން ބައެއް އިންޓަވިއުތަކުގައި ރޮނާލްޑޯ ވަނީ އޭނާގެ އުމުރުން 41 އަހަރު ވާއިރުވެސް ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނަން ބޭނުންވާ ކަމަށް ބުނެފައެވެ. މި އިންޓަވިއުގައި ވެސް އޭނާ ބުނެފައިވަނީ ޕްލޭނަކީ އުމުރުން 41 އަހަރުގައި ރިޓަޔާ ކުރުން ކަމަށާއި އެކަން ހަގީގަތަކަށް ހެދުން ވެގެންދާނީ ވަރަށް ދަތި އުނދަގޫ ކަމަކަށް ކަމަށެވެ. އޭނާ ބުނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަން ހަގީގަތަކަށް ހެދުން ވެގެންދާނީ ދަތި އަދި އުނދަގޫ މަސައްކަތަކަށް ކަމަށެވެ.

ރިޓަޔާ ކުރުމަށްފަހު އޭނާ ބުނީ ކޯޗެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އޭނާ ބުނީ ކޯޗަކަށް ވުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ފަހަރެއްގައި އެ ދާއިރާއިން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ މިވަގުތު ކަނޑައެޅިގެން ވެސް ކޯޗަކަށް ވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ސްޕެނިޝް ކޮޕާ ޑެލްރޭ އިން ކެޓުމާއި ލަލީގާގައި 19 ޕޮއިންޓް ފަހަތުގައި އޮތުމާއެކު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ރޮނާލްޑޯ ވަނީ ރައްދު ދީފައެވެ. އޭނާ ބުނީ ކޮންމެ ޓީމަކަށް ވެސް މިކަހަލަ ދުވަސްތައް އަންނާނެ ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ކޯޗާއެކު ހުރުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ ކުރިޔަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2009 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއަކަށް ރެއާލްއަށް ބަދަލުވުމަށްފަހު ރޮނާލްޑޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ރޮނާލްޑޯ ވަނީ އެ ޓީމާއެކު 14 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު