Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްޓީއޭ

ހޮންގ ކޮންގއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކޮށްފި

ހޮންކޮންއާއެކު މަޝްވަރާތައް ކުރިއަށްދާތާ 3 އަހަރު: ސައީދު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 ޖެނުއަރީ 2018 | ހުކުރު 17:42
ހޮން ކޮންއާއެކު ކުރިއަށް ގެންދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކަށްފަހު

ހޮން ކޮންއާއެކު ކުރިއަށް ގެންދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކަށްފަހު

ރާއްޖެ އާއި ހޮންގ ކޮންގއާއެކު ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއިކުރުމުގެ އެންމެ ފަހުގެ މަޝްވަރާތައް ނިންމައިފި އެވެ.

ހޮންގ ކޮންގގައި ހުންވައި "ރާއްޖެއެމްވީ"އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހޮންގ ކޮންގއާއެކު އެފްޓީއޭގެ މަޝްވަރާތައް ފެށީ 2016 ވަނަ އަހަރު ކަމަށާއި މަޝްވަރާތައް ހުކުރު ދުވަހު ނިންމާލީ ކާމިޔާބުކަމާއެކު ކަމަށެވެ.

ހޮންގ ކޮންގއާއެކު އެފްޓީއޭގައި ސޮއިކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ އެވެ. އަދި ކެބިނެޓުން އެ އެއްބަސްވުމުގައި ސޮއި ކުރުމާމެދު ގޮތެއް ނިންމަންޖެހޭނެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ހޮންގ ކޮންގއާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ހޮން ކޮންއަކީ ޗައިނާގެ ބަޔަކަށް ވިޔަސް، ވިޔަފާރީގެ މުއާމަލާތްތަކުގައި ހޮންކޮންއާ މުއާމަލާތް ކުރަންޖެހޭނީ ވަކިން ކަމަށެވެ. އެހެންކަމުން ދެ އެއްބަސްވުމެއްގެ ދަށުން ޗައިނާ އާއި ހޮންގ ކޮންގއާއެކު ސޮއިކުރަން ނިންމީ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޮންގ ކޮންގއާއެކު ސޮއިކުރާ އެފްޓީއޭގެ ދަށުން އެންމެ ބޮޑަށް ފައިދާ ކުރަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށާއި މާލީ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ކަމަށެވެ.

"ފައިނޭންޝަލް ދާއިރާތަކުގެ ތެރޭގައި ހިމެނޭނީ ބޭންކިން އާއި އިންޝުއަރެންސް ފަދަ ކަންކަން. ވައިގެ ދަތުރުފަތުރަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުދުހުންތައް އިތުރުވެގެންދާނެ،" ސައީދު ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން ވަނީ ޗައިނާއާއެކު އެފްޓީއޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއި ކުރީ ކެބިނެޓުން އެ އެއްބަސްވުމުގައި ސޮއި ކުރަން ނިންމިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީހަށް ހުށަހަޅައި، 10 މިނެޓް ތެރޭގައި ދިރާސާކޮށް ނިންމާލުމަށްފަހުއެވެ. ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ ވޯޓާއެކު އަވަސް އަރުވާލައިގެން އެފްޓީއޭ އެއްބަސްވުމަށް މަޖިލީހުގެ ތަޅުމުން ރުހުން ދިނީ ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު