Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝެއިޚް އިމްރާން

އަނިޔާ ދިނަސް އިސްލާހީ މަސައްކަތުގައި މިހުރީ ސާބިތުކަމާ އެކު: އިމްރާން

ސިޔާސީ ހަރަކާތް ފަހަތަށް ޖެއްސިދާނެ ކަމަށް ރައީސް ޔާމީން ހީފުޅުކުރެއްވެވި

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2018 | ބުރާސްފަތި 17:57
މެއި 1، 2015 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ޝައިޚް އިމްރާން ވާހަކަ ދައްކަވަނީ

މެއި 1، 2015 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ޝައިޚް އިމްރާން ވާހަކަ ދައްކަވަނީ

އޭނާ ހައްޔަރު ކުރުމުން ސިޔާސީ ހަރަކާތް ފަހަތަށް ޖެއްސިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ހީފުޅުކުރެއްވި ކަމަށާއި ނަމަވެސް، އިސްލާހީ ހަރަކާތުގައި އޭނާ އާއި އެހެން ބައިވެރިން ދެމި ތިބީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށް، ޖަލަށް ލާފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

މެއި 1، 2015 ވަނަ ދުވަހު ބޭއްވި މުޒާހަރާ އިން އިމްރާން އައްޔަރުކޮށް ޖަލަށްލިތާ މިއަދަށް 1000 ދުވަސް ފުރިފައިވާއިރު، އޭނާ ހިތްވަރާއި ސާބިތުކަން ފާހަގަކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާއަށް ފޮނުއްވި ބަޔާނުގައި އިމްރާން ވިދާޅުވެފައި ވަނީ މީގެ 1000 ދުވަސް ކުރިން އޭނާ ދެއްކެވި ވާހަކަތަކާއި ފާޅުކުރައްވަމުން ގެންދެވި ޝުޢޫރުތަކުގެ މަތީގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން ސާބިތުވެ ހުންނެވި ކަމަށެވެ. ކުރިޔަށް އޮތްތަނުގައި ވެސް ހަމަ މިގޮތުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިސްލާހީ ހަރަކާތުގައި ސާބިތުކަމާ އެކު ދެމި ހުންނެވުމަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރަކީ ދިވެހިރައްޔިތުން ދައްކަވަމުން ގެންދަވާ ސާބިތުކަން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މޭޑޭގެ މުޒާހަރާގައި އިމްރާން ހިންގަވާފައި ވަޑައިގަންނަވަނީ

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ޖަލްސާއަށް އިއްވެވި އިމްރާންގެ މެސެޖްގައި ވިދާޅުވީ، ޖަލުގައި އޮންނެވި ނަމަވެސް އިދިކޮޅު ޕާޓީތަކުގެ އިސް ލީޑަރުން އިސްލާހީ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

"ހަމައެއާއެކު ޖަލުގޮޅީގައި އަޅުގަނޑު ބަންދުކޮށްފައިވީ ނަމަވެސް ރައީސް މުޙައްމަދު ނަޝީދާއި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި އަދި އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޤިޔާދަތުގައި، ޙިކުމަތްތެރިކަމާއި ފިސާރި ހިތްވަރާއެކު އިސްލާޙީ މަސައްކަތް ކުރިޔަށް ދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ވާހަކަ ވެސް ދަންނަވަން،" ޝެއިޚް އިމްރާން ވިދާޅުވިއެވެ.

މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައި، ކުށް ސާބިތުކޮށް އިމްރާން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ 12 އަހަރު ދުވަހަށެވެ.

ރާއްޖޭގެ ހާލަތު ގޯސްވެގެން ގޮސްފައިވާ މިންވަރު ސިފަކޮށް ދެއްވުމުގެ ގޮތުން އިމްރާން ވިދާޅުވީ މުޙައްމަދު އަމީނު ހަވަރަށް ދިން ހިތާމަވެރި ދުވަސް ފިޔަވައި، މި ރާއްޖޭގެ ތާރީޚުގައި ލިޔެވިދާ އެންމެ އަނދިރި ދުވަސްތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ވޭތުވެދިޔަ ހަތަރު އަހަރު ކަމަށެވެ.

"ދައުލަތުގެ ޚަޒާނާ އާއި ހަތިޔާރު ގުދަނުގެ ތަޅުދަނޑި އާއި، ދައުލަތުގެ ނިޝާނާއި އަދި ޤައުމީ ދިދަ އަށް އަމާނާތްތެރިވުމުގެ ޒިންމާ އާއި، އަދި އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނެގެހެއްޓުމުގެ އެންމެ މަތީ މައްސޫލިއްޔަތު ޙަވާލުކުރެވިފައި ހުރި މީހާގެ ކިބާގައި ޤާނޫނުއަސާސީގެ ރޫޙާ އެއް ގޮތަށް ވެރިކަންކުރުމުގެ އެދުމެއް ނެތްތާނގައި ޤާނޫނުއަސާސީގެ ދެލިގަނޑުގައި ލިޔެފައިއޮތް ގޮތަށް ކަންކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ޝައްކެއް ނެތް މިންވަރަށް ކަށަވަރުކުރެވުނީމާ ދެން، އެކަމުގެ މައްޗަށް ހަރުދަނާ އިތުރު ފިޔަވަޅުތަކެއް އެޅުން ކޮންމެހެން ލާޒިމުކަމުގައި އަޅުގަނޑު ދެކުނިން،" މި ސަރުކާރު ގެނައުމަށް ވެސް މަަސައްކަތް ކުރެއްވި އިމްރާން ސަރުކާރާ ދެކޮޅަށް ނުކުންނެވި ސަބަބު ހާމަކުރެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އިމްރާންގެ އަނބިކަނބަލުން (މެދުގައި)

ހަމައެއްލަމައެއް ނެތި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އިންތިހާއަށް ފޯރައިގެން ހިނގާދިޔަ ރުންކުރު ޝަރީޢަތެއްގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލައި، ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ފްރޭމްކުރި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އޮނަރަބަލް ޤާސިމް އިބްރާހީމް ހުއްޓުވުމަށްޓަކައި މަސައްކަތްކޮށް، ދައުލަތުގެ މުއްސަނދިކަން ހިތުހުރި މިންވަރަށް ފޭރެމުން ދިޔަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވިއެވެ. މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެ، އެމްޑީޕީއާ އެކު މަސައްކަތް ފެށީ އިމްރާން ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންގެ ނުހަނު ބޮޑު ޤުރުބާނީއާ އެކު ޙާސިލުކުރެވިފައި އޮތް ކުރިއެރުންތައް އެތައް ތަނެއް ފަހަތަށް ސޮއްސާލާނެ ކަމަށް އެނގުމުން ގައުމު ހަމަ މަގަށް އެޅުވުމުގެ ނިޔަތުގައެވެ.

"މިދެންނެވި ގުޅުމުގެ ތެރެއިން އުފެދުނު ސުލްޙަވެރި ސިޔާސީ ޙަރަކާތަށް ތިޔަ ލޮބުވެތި ރައްޔިތުން ހިތުގެ އެންމެ ފުންމިނުން އިޖާބަދިނީމު. އަދި މިރާއްޖޭގެ ތާރީޚުގައި އޭގެކުރިން ސަރުކާރަކާދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުމެ ސުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކޮށްފައިނުވާ މިންވަރަށް އަޅުގަނޑުމެން އެކަންކުރީމު،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި މޭޑޭގެ މުޒާހަރާގައި ވެސް ތަކުރާރުކޮށް ސަރުކާރުގައި އެދެމުންދިޔައީ ރައްޔިތުންނާ އެކު ސުލްޙަވެރި ޙައްލެއް ހޯދައިގެން ކުރިޔަށް ދިއުމަށް ކަމަށާއި އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެހާ ހިސާބުން ވެސް ކުރިޔަށް ނެރުއްވީ ގޮތްދޫނުކުރުމާއި ބޮޑާކަމާއި ފަސާދައިގެ ވިސްނުމެވެ.

ނުޙައްޤު އަނިޔާގައި 1000 ވަނަ ދުވަސް ގުނަމުންދާއިރު އިމްރާން ވިދާޅުވީ އޭނާގެ ހިތަށާއި ސިކުނޑިއަށް އެންމެ ބޮޑު ނުތަނަވަސް ކަމެއް ލިބޭ ކަމަކީ މޭޑޭގައި ހައްޔަރުކުރި އެތައް ބަޔަކަށް ޖަލުގައި ނުހައްގުން އަދަބު ދެމުންދާތީ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެއަނިޔާގައި ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިގޮސްފައިވުމުން ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މީހުން ހައްޔަރުކުރީ މުޒާހަރާގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމަށް ފަހު ފްރޭމްކޮށްފައި ކަމަށާއި އެ އެންމެން މިނިވަން ކުރުމަށް އިމްރާން ގޮވާލެއްވެވިއެވެ.

"އެފަރާތްތަކުގެ ޢާއިލާތަކުން ދިވެހި ޤައުމުގެ ޙައްޤުގައި ވެވަޑައިގަންނަވަމުން އެގެންދަވާ ޤުރުބާނީއަކީ ދިވެހި ތާރީޚުގައި ކުލަގަދަކޮށް ލިޔެވޭނެ ޤައުމީ ޚިދުމަތެއްކަން އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރަން" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި އޭނާއަށް އިތުބާރުކުރައްވައި އިސްލާހީ ޙަރަކާތުގެ އެންމެ ކުރީކޮޅުން ފެށިގެން ދެމިތިއްބެވި ޢަދާލަތު ޕާޓީ އާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އަދި ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންނަށް މިރޭ ވެސް ޝުކުރު އަދާކުރެއްވެވިއެވެ. ވަކިން ހާއްސަކޮށް އެެމްޑީޕީގެ އޭރުގެ ޗެއާޕާސަން ޢަލީ ވަޙީދާއި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމާއި އަދި ޖުމްހޫރީ ޕާޓީގެ ފޮރިން ސެކްރެޓަރީ އަލްފާސިލް ސޮބާޙް ރަޝީދު އަމިއްލަފުޅަށް ރާއްޖެއިންބޭރަށް އަރުވާލެއްވިގެން ތިއްބެވުމަށް މަޖުބޫރުވެފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު