Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސީރިޔާގެ ކުރުދީންނާއި ދެކޮޅަށް ތުރުކީއިން ހިންގާ އޮޕަރޭޝަން ފުޅާކުރާކަމަށް އޮރްދޮޣާން ވިދާޅުވެއްޖެ

ތުރުކީއިން ދެކޭގޮތުގައި ކުރުދީންނަކީ އެ ގައުމުގެ ސަލާމަތަށްހުރި ބިރެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 24 ޖެނުއަރީ 2018 | ބުދަ 22:26
ތުރުކީގެ އަސްކަރިއްޔާއިން މި އޮޕަރޭޝަން ފަށާފައިވަނީ ހޮނިހިރު ދުވަހު

ތުރުކީގެ އަސްކަރިއްޔާއިން މި އޮޕަރޭޝަން ފަށާފައިވަނީ ހޮނިހިރު ދުވަހު

ތުރުކީގެ ފައުޖުތަކުން ސީރިޔާގެ އުތުރުގައި ކުރުދީންގެ އަމާޒުތަކަށް ބޮމާއި ބަޑީގެ ހަމަލާތައް ދެމުންދާތާ 5 ދުވަސްވީއިރު އެ އޮޕަރޭޝަން ފުޅާކޮށް އިރުމަތީގެ ސިޓީއެއްކަމަށްވާ މަންބިޖްއާއި ހަމައަށް ފުޅާކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން އިންޒާރުދެއްވައިފިއެވެ.

ތުރުކީއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެމެރިކާގެ މަދަދާއިއެކު ހަނގުރާމަކުރަމުންދާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އަފްރިންގައި އޮޕަރޭޝަނެއް ފަށާފައެވެ.

ތުރުކީއިން ދެކޭގޮތުގައި ކުރުދީންނަކީ އެ ގައުމުގެ ސަލާމަތަށްހުރި ބިރެކެވެ.

ހަލަބުގެ އިރުން އޮންނަ މަންބިޖް އަކީވެސް އެމެރިކާއިން މަދަދުވެރިވާ ކުރުދީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ.

އޮރުދޮޣާން ވިދާޅުވީ މި އުދަނގުލުން ސަރަހައްދު ސަލާމަތްކޮށްދޭން ތުރުކީއަށް ޖެހޭކަމަށެވެ.

ތުރުކީގެ އަސްކަރިއްޔާއިން ބުދަދުވަހު ބުނީ ކުރުދީންގެ އަދި އައިއެސްގެ 260 ހަނގުރާމަވެރިން މަރާލެވިފައިވާކަމަށެވެ. ކުރުދީންގެ ކޮމާންޑަރަކު ބުނެފައިވަނީ އެ އަދަދަކީ ބޮޑުކޮށްލައިގެން ބުނެފައިވާ އަދަދެއްކަމަށެވެ.

ތުރުކީގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމުގެ ފައުޖުތަކުންވަނީ ކުރުދީންގެ ގިނަ ސަރަހައްދުތަކެއްގެ ކޮންޓްރޯލް ހޯދައި އެތަންތަނަކީ ރައްކާތެރި ސަރަހައްދުތަކަކަށް ހަދާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު