Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫނު ފެކްޝަން

ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކުގެ ދައުރު ހަމަވެ ޕާޓީވަނީ ހުއްޓުމަކަށް އައިސްފަ: މައުމޫނު

23 ޖެނުއަރީ 2018 | އަންގާރަ 11:14

ޕާޓީގެ ކައުންސިލާއި ކޮމެޓީތަކުގެ ދައުރުހަމަވީ މި މަހުގެ 19ގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 23 ޖެނުއަރީ 2018 | އަންގާރަ 11:14
ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް

ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް

ސަރުކާރު ހިންގައި މައި ޕާޓީ، ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކުގެ ދައުރު ހަމަވެފައިވާ ކަމަށާއި އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވޭނެ ކަމާމެދު ގާނޫނީ އެތައް ސުވާލުތަކެއް އުފެދިއްޖެ ކަމަށް ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އެކަން ހާމަ ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނަށް އެމަނިކުފާނު މި މަހުގެ 18 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު ފޮނުއްވެވި އެ ސިޓީފުޅުގައި ވިދާޅުވެފައިވާ ގޮތުން ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު މި މަހުގެ 19 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ. ޕާޓީގެ އަސާސީ ގަވައިދާ ހަވާލާ ދެއްވައި މައުމޫނު ވިދާޅުވެފައިވަނީ އެ ޕާޓީ ހިންގުމަށް 2013 ވަނަ އަހަރު ޕާޓީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ކައުންސިލާއި އެހެނިހެން ކޮމެޓީތަކުގެ މެމްބަރުން ފަސް އަހަރުގެ ދައުރު މިއަހަރުގެ ޖެނުއަރީ މަހު ގެ 19 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެ ހިސާބުން ޕާޓީގެ ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ޕާޓީގެ ކައުންސިލާއި އެހެނިހެން ގުނަވަންތަކުގެ ދައުރު ހަމަވެފައިވާތީ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ މީހަކު ހޮވުމަށް ޕްރައީއެއްވެސް ބޭއްވޭނެ ގޮތެއްވެސް ނެތެވެ.

މައުމޫނު ވަނީ 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ގަވައިދުގެ 32 ވަނަ މާއްދާގެ (ހ)ގައި ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލް ވާނެ ގޮތައް ގައުމީ ޖަލްސާއެއް ކޮންމެ ދެ އަހަރައި ބައިން ބާއްވަން ޖެހޭނެ ކަމަށް އޮންނައިރު އެ މުއްދަތުގައި ގައުމީ ޖަލްސާވެސް ނުބާއްވާކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް