Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިނގެރޭސި ޝާހީ އާއިލާ

ޕްރިންސެސް ޔޫޖީނީގެ ކައިވެނި އިޢުލާނުކޮށްފި

އެންގޭޖް ކުރައްވާފައިވަނީ މި އަހަރުގެ ކުރީކޮޅު ނިކަރަގުއާގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2018 | ހޯމަ 19:37
ޕްރިންސެސް ޔޫޖީނީ އާއި ޖެކް ބްރޫކްސްބޭންކް

ޕްރިންސެސް ޔޫޖީނީ އާއި ޖެކް ބްރޫކްސްބޭންކް

އިނގެރޭސި ޝާހީ އައިލާގެ އަމީރާއެއް ކަމުގައިވާ ޔޫޖީނީ ވިކްޓޯރިއާ ހެލެނާ، މި އަހަރު ކައިވެނި ބައްލަވައިގަތުމަށް ނިންމަވާފައިވާކަން އިނގެރޭސި ޝާހީ އައިލާއިން ހާމަކޮށްފިއެވެ.

އަމީރާ ޔޫޖީނީ އަކީ އިނގެރޭސި ރާނީގެ 3 ވަނަ ދަރިކަލުން، ޕްރިންސް އެންޑްރޫ، ޑޫކް އޮފް ޔޯކް ގެ ހަގު ދަރިކަބަލުންނެވެ. އެކަމަނާއަކީ އިނގެރޭސި ތަޚުތު ވާރުތަވާ ފަރާތްތަކުގެ ތެރެއިން 8 ވަނައަށް މިހާރު ހުންނެވި ފަރާތެވެ.

ޕްރިންސް އެންޑްރޫގެ ދެމަފިރިކަނބަލުން ހޯމަ ދުވަހު އާންމުކުރެއްވި ބަޔާނެއްގައިވަނީ، ޕްރިންސެސް ޔޫޖީނީ އާއި އެކަމަނާގެ ލޯބިވެރިޔާ ޖެކް ބްރޫކްސްބޭންކް މި މަހުގެ ކުރީކޮޅު، ނިކަރަގުއާގައި އެންގޭޖް ވެވަޑައިގެންފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިޢުލާނުކޮށްފައިވާ ގޮތުގައި ޕްރިންސެސް ޔޫޖީނީ އާއި ޖެކް ބްރޫކްސްބޭންކް ކައިވެނި ކުރެއްވުމަށް ނިންމަވާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހާއި ނޮވެމްބަރު މަހާއި ދެމެދު ވިންޑްސަރގައި ހުންނަ ސެއިންޓް ޖޯޖްސް ޗެޕަލްގައި ކަމަށެވެ.

ޕްރިންސެސް ޔޫޖީނީ އާއި ޖެކް ބްރޫކްސްބޭންކްގެ ކައިވެނި އިޢުލާނު ކުރެއްވުމާއިއެކު، ހޯމަ ދުވަހު އެ ދެބޭފުޅުން ވަނީ ބަކިންގހަމް ޕެލަސްގައި އެ ދެބޭފުޅުންގެ ރަސްމީ ފޮޓޯފުޅު ނަންގަވާ، އާންމުކުރައްވާފައެވެ.

ޕްރިންސެސް ޔޫޖީނީ އާއި ޖެކް ބްރޫކްސްބޭންކްގެ ކައިވެނި ވެގެންދާނީ މި އަހަރު ޝާހީ އާއި އާއިލާގެ ތެރޭގައި ކުރެވޭ ދެވަނަ ކައިވެންޏަށެވެ. އެގޮތުން، ޕްރިންސް ހެރީ އާއި އެމަނިކުފާނުގެ ފިއޯންސޭ، މޭގަން މާކެލްގެ ކައިވެނި މި އަހަރުގެ މޭމަހު ކުރުމަށް ހަމަޖެހިފައިވާކަންވެސް ޝާޙީ އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

31 މެއި 2017
ބެންސްޓިލާ އާއި ޓޭލާގެ ކައިވެނި ރޫޅިއްޖެ

ބެންސްޓިލާ އާއި ޓޭލާގެ ކައިވެނި ރޫޅިއްޖެ

28 މެއި 2017
ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

20 މެއި 2017
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

22 އެޕްރީލު 2017
ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟

ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު