Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލާގެ ރިސޯޓްތަކަށް އެރުން

ކެމްޕެއިނަށް ބޭނުންވާ ފައިސާ ރައީސް ޔާމީނަށް ނުދޭ ކޮންމެ ރިސޯޓަކަށް އަރާނެ: ގުޅިފައިވާ ޕާޓީތައް

ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ބޭނުމެއް މިއަދު ރައީސް ޔާމީނަށް ނެތް: އަލީ ޙުސައިން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 ޖެނުއަރީ 2018 | ހޯމަ 14:03
ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ފައިސާ ނުދޭ ކޮންމެ ވިޔަފާރިވެރިއެއްގެ ރިސޯޓަކަށްވެސް މި ސަރުކާރުން އަރާނެކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަލީ ޙުސައިން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ބޭނުމެއް މިއަދު ރައީސް ޔާމީނަށް ނެތް ކަމަށާއި، އެމަނިކުފާނަށް މުހިއްމީ ފައިސާ ކަމަށެވެ.

"ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގަ މިވަގުތު ތިބި ވިޔަފާރިވެރިން، ނުވަތަ ރިސޯޓް އޯނަރުންގެ މައްޗަށް ބަރޯސާ ނުވެ، ދެހާސް އަށާރައިގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެ ކަމަށޭ، ރައީސް ޔާމީން ހިސާބު ޖައްސަވަނީ. އެހެންވީމަ ހަޤީޤަތުގަ ރައީސް ޔާމީނަކަށް މިވަގުތު ރާއްޖޭގަ ތިބި، ރިސޯޓް އޯނަރުންނެއް، އަދި ފަތުރުވެރިކަމުގެ ސިނާއަތުގަ ތިބި ބޮޑެތި މީހުންގެ ބޭނުމެއް މާބޮޑަކަށް ރައީސް ޔާމިނަކަށް ނެތް. ހަމައެކަނި އެ ބޭނުންވާ އެއްޗަކީ ފައިސާ. އެހެންވީމަ އެ ކެމްޕެއިނަށް ބޭނުންވާ ފައިސާ، މިވަގުތު އެ ތިބި ރިސޯޓް އޯނަރއެއް ގާތު ދޭން ބުނުމުން ނުދީފިއްޔާ އެއިން ކޮންމެ ރިސޯޓަކަށްވެސް އަރާނެ. އަޅުގަނޑުމެންނަށް ޔަޤީންވޭ އަރާނެ. އެއްވެސް މީހަކަށް މީގެ ސަބަބުން އެއްވެސް ރައްކާތެރިކަމެއް ލިބޭކަށް ނެތް" އަލީ ޙުސައިން ވިދާޅުވިއެވެ.

އަލީ ޙުސައިން ވިދާޅުވީ މީހަކަށް ގެއްލުމެއް ލިބޭ ދުވަހު އޭނާގެ ދިފާޢުގައި ތިމާ ނުނިކުންނަ ނަމަ، ތިމާއަށް ގެއްލުމެއް ލިބޭ ދުވަހު ތިމާގެ ދިފާޢުގައި ނުކުންނާނެ މީހަކުވެސް ނުހުންނާނެ ކަމަށެވެ.

އެގޮތުން ވިލާގެ ފަސް ރިސޯޓްގައި މަސައްކަތް ކުރާ 3952 މަސައްކަތްތެރީންގެ ޙައްޤުގައި އެހެން މަސައްކަތްތެރިންވެސް އެފަރާތްތަކާއިއެކު ތިބިކަން ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް، ވިލާގެ މުވައްޒަފުންނާއިއެކު ތިބިކަން ހާމަކޮށް ތެދުވަން ޖެހޭ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުން ވިލާގެ ރިސޯޓްތަކަށް އަމާޒުކޮށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެ ރިސޯޓްތަކުގައި މަސައްކަތްކުރާ 3952 މަސައްކަތްތެރީންނާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަން އަލީ ހުސައިން ފާޙަގަކުރެއްވެވި އެވެ.

ކަސްޓަމްސްއިން ވިލާގެ ފަން އައިލެންޑަށް އަރައި އެރަށުގައި ހުރި ރަލުގެ ސްޓޮކް ގެންދިއުމާއި ގުޅިގެން އެކަމަށް އަލިއަޅުއްވާލައްވައި އަލީ ޙުސައިން ވިދާޅުވީ، ކަސްޓަމްސް އަކީ ޖިނާއީ ތަޙުޤީޤު ހިންގުމުގެ އެއްވެސް ހައިސިއްޔަތެއް އޮންނަ މުއައްސަސާއެއް ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ދިން އަމުރާއި ޚިލާފަށް ކަމުން، އެފަރާތްތަކުން އެ ކުރީ ޤާނޫނާއި ކޯޓު އަމުރާއިވެސް ޚިލާފު އަމަލެއް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު