Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ މައްސަަލަ

ހައްޔަރު ކުރާނެ ކަމަށް ބުނެފައިވަނިކޮށް ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް ޑެންމާކަށް ވަޑައިގެންފި

22 ޖެނުއަރީ 2018 | ހޯމަ 12:00

ކެޓަލޯނިއާގެ މައްސަލައާ ބެހޭ ބަހުސެއްގައި ޕުޖްޑިމޮންޓް ބައިވެރިވެ ވަޑައިގަންނަވާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 ޖެނުއަރީ 2018 | ހޯމަ 12:00
ކެޓަލޯނިއާގެ މައްސަލައާ ބެހޭ ބަހުސެއްގައި ޕުޖްޑިމޮންޓް ބައިވެރިވެ ވަޑައިގަންނަވާނެ

ކެޓަލޯނިއާގެ މައްސަލައާ ބެހޭ ބަހުސެއްގައި ޕުޖްޑިމޮންޓް ބައިވެރިވެ ވަޑައިގަންނަވާނެ | ރޮއިޓަރސް

މަގާމުން ވަކިކޮށްފައިވާ ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް ބެލްޖިއަމް ދޫކުރައްވައި އެހެން ތަނަކަށް ވަޑައިގަންނަވާ ނަމަ ހައްޔަރުކުރާނެ ކަމަށް ސްޕެއިންގެ ސަރުކާރުން ބުނެފައިވަނިކޮށް ހޯމަ ދުވަހު ޑެންމާކަށް ވަޑައިގެންފިއެވެ.

ކެޓަލޯނިއާގެ ސަރުކާރު އުވާލުމާ އެކު ޕުޖްޑިމޮންޓް ވަނީ މިިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ފަހުކޮޅު ބެލްޖިއަމްއަށް ވަޑައިގެންފައެވެ.

ކޯޕަން ހޭގަން އެއަރޕޯޓަށް ޕުޖްޑިމޮންޓް ފައިބައިވަޑައިގެންނެވިއިރު އޭނާގެ ވަށައިގެން ނޫސްވެރިން ތިބި މަންޒަރު ޑެންމާކުގެ ބްރޯޑްކަސްޓަރ ޓީވީ 2 އިން ހާމަކޮށްފައިވާ ފޮޓޯއަކުން ފެނެއެވެ.

ކޯޕަން ހޭގަން ޔުނިވާސިޓީގައި ކެޓަލޯނިއާ ބެހޭ ގޮތުން ހޯމަ ދުވަހު ބާއްވާ ބަހުސެއްގައި ޕުޖްޑިމޮންޓް ބައިވެރިވެ ވަޑައިގަންނަވާނެވެ.

ޕުޖްޑިމޮންޓް ޑެންމާކަށް ވަޑައިގެންފައި މި ވަނީ ބެލްޖިއަމް ދޫކުރައްވައި ޑެންމާކަށް އޭނާ ވަޑައިގެންފި ނަމަ ހައްޔަރުކުރުކޮށް އޭނާ ސްޕެއިން ސަރުކާރާ ހަވާލުކުރުމަށް ސްޕެއިންގެ ސުޕްރީީމް ކޯޓުގެ ފަނޑިޔާރުން އަމުރެއް ނެރެފައިވާ ކަމަށް ސްޕެއިންގެ ޕްރޮސިކިއުޝަން ސަރވިސް އިން ބުނެފައިވަނިކޮށެވެ.

ސްޕެއިންގެ މައި ސަރުކާރުން ވަކިވެ ކެޓަލޯނިއާގައި މިނިވަން ދައުލަތެއް ގާއިމްކުުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓަށް ފަހު މިނިވަންވުމަށް ފެންނަ ކަމަށް ނިންމުމާ ގުޅިގެން ޕުޖްޑިމޮންޓް ވަނީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާނުކުރައްވާފައެވެ.

ކެޓަލޯނިއާގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުން ސްޕެއިންގެ މައި ސަރުކާރުން ވަކިވެ، އޮކްޓޯބަރު 27 ވަނަ ދުވަހު މިނިވަންކަން އިއުލާންކުރުމާ އެކު، ސްޕެއިންގެ މައި ސަރުކާރުން ވަނީ އެސަރަހައްދަށް ދީފައިވާ ސަރަހައްދީ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނު ހަދާ މަޖިލިސް އުވާލައި، ޑިސެމްބަރު 21 ގައި އިންތިޚާބެއް ބާއްވާފައެވެ.

ސަތޭކަ ތިރީސް ފަސް ގޮނޑި ހިމެނޭ ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީތަކުންނެވެ.

މި އިންތިޚާބުގައި ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީގެ ޕޮޕިއުލަރ ޕާޓީއަށް ލިބިފައި ވަނީ އެންމެ ތިން ގޮނޑިއެވެ. އުވާލެވުނު މަޖިލީހުގައި އެޕާޓީގެ 11 މެމްބަރުން ތިއްބެވިއެވެ.

ކެޓަލޯނިއާގެ ލީޑަރަކަށް ވަޑައިގަންނަވާނެ ކެނޑިޑޭޓެއް އެ ސަރަހައްްދުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ހޯމަ ދުވަހު އިއުލާނު ކުރައްވާނެއެވެ. އެންމެ ތާއީދު ބޮޑު ބޭފުޅަކީ ޕުޖްޑިމޮންޓްކަމަށް ވީ ނަމަވެސް ގައުމަށް އެނބުރި ވަޑައިގެންފި ނަމަ ހައްޔަރުކުރާނެތީ ޕުޖްޑިމޮންޓް ބޭނުންފުޅުވަނީ އަރުވާލެއްވިގެން ހުންނަވައި ވެރިކަން ކުރެއްވުމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޮއި ހޮނިހިރު ދުވަހު ވެސް ވަނީ އަރުވާލެއްވިގެން ހުންނަވައި ވެރިކަން ކުރެއްވުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް