Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީ އާއި ސޫރިޔާ

ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީ ސިފައިން ސޫރިޔާއަށް އަރައިފި

ވައިޕީޖީއާ ދެކޮޅަށް ތުރުކީ ސިފައިން ޙަމަލާދޭތާ ދުވަސްކޮޅެއް ވެއްޖެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2018 | ހޯމަ 02:48
ތުރުކީ ސިފައިން އަފްރީންއަށް އަރަނީ

ތުރުކީ ސިފައިން އަފްރީންއަށް އަރަނީ

ތުރުކީވިލާތާއި ސޫރިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ކުރުދީ ހަނގުރާމަވެރިން ފައްސާލުމަށް ތުރުކީވިލާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޤައުމުގެ ސިފައިން ސަރަހައްދީ ރޮނގު ހުރަސްކޮށް، އުތުރު ސޫރިޔާއަށް އަރައިފިއެވެ.

ސޫރިޔާގެ އަފްރީންއަށް ތުރުކީ ސިފައިން އަރާފައިވާއިރު، ތުރުކީވިލާތުން ބުނަނީ އެޤައުމުން ބޭނުން ވަނީ ސަރަހައްދީ ރޮނގަށް ވުރެ 30 ކިލޯމީޓަރު ބޭރު ސޭފް ޒޯނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ފްރީ ސީރިއަން އާމީގެ ހަނގުރާމަވެރިން ވެސް ކުރުދީ ހަނގުރާމަވެރި ޖަމާޢަތް ވައި.ޕީ.ޖީއާ ދެކޮޅަށް ތުރުކީ ސިފައިން ދެމުންދާ ޙަމަލާތަކުގައި ތުރުކީ ސިފައިންނަށް ދަނީ ވާގިވެރިވަމުންނެވެ. އައްސަދުގެ ސަރުކާރާ ދެކޮޅަށް ދޭ ޙަމަލާތަކުގައި ކުރުދީ ހަނގުރާމަވެރިން ބައިވެރިވަމުންދާއިރު، ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ފްރީ ސީރިއަން އާމީ އާއި ތުރުކީ ސިފައިން ޙަމަލާދޭން ފެށުމުން އައްސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރަމުންދާ އެމެރިކާއަށް ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ. އަދި މިމައްސަލައިގައި ތުރުކީ އާއި އެމެރިކާގެ ގުޅުން ގޯސްވާނެ ކަމަށް ބެލެވެއެވެ. ވައި.ޕީ.ޖީއަށް އެމެރިކާއިން އެހީވި ނަމަވެސް، ތުރުކީވިލާތުން ވަނީ އެޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ކަނޑައަޅާފައެވެ.

ތުރުކީ ސިފައިން ބުނާ ގޮތުގައި ސޫރިޔާގެ ސަރަހައްދީ އިން ހުރަސްކޮށް، ގާތްގަނޑަކަށް 5 ކިލޯމީޓަރު އެތެރެއަށް އާދިއްތަ ދުވަހު ތުރުކީ ސިފައިން ވަނީ އަރާފައެވެ. އެހެން ނަމަވެސް ވައި.ޕީ.ޖީގެ ތަރުޖަމާނު ނޫރީ މަޙްމޫދީ ބުނީ އަފްރީން އަށް އެރި ތުރުކީ ސިފައިންނަށް ކުރުދީ ހަނގުރާމަވެރިން ވަރުގަދައަށް ރައްދު ހަމަލާދިން ކަމަށާއި، ތުރުކީ ސިފައިން ފަހަތަށް ޖެހިފައިވާ ކަމަށެވެ.

ތުރުކީ ސިފައިން ބުނީ އާދިއްތަ ދުވަހު ހަނގުރާމަވެރިންގެ 45 ޖަގަހަޔަކަށް އެއްގަމާއި ވައިގެ މަގުން ޙަމަލާދީފައި ވާކަމަށެވެ.

އާދިއްތަ ދުވަހު ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ ކުރުދީ ހަނގުރާމަވެރިންނާއި ކުރުދިސްތާން ވޯކްސް ޕާޓީ (ޕީކޭކޭ) ނައްތާލައްވާނެ ކަމަށެވެ. އަދި އަފްރީންގައި ކުރުދީ ހަނގުރާމަވެރިން ފިލަން ދުވާ ކަށާއި، އިރާދަފުޅާ އެކު ވަރަށް އަވަހަށް ކުރުދީ ހަނގުރާމަވެރިން ބަލިކުރާނެ ކަމަށެވެ. އަދި ކުރުދީންނާއި އެއްކޮޅަށް ތުރުކީވިލާތުގައި މުޒާހަރާކުރާނަމަ އެކަމުގެ އަގު އަދާކުރަން ޖެހޭނެ ކަމުގެ އިންޒާރު އުރުދުޣާން ދެއްވިއެވެ.

ތުރުކީގެ ބައެއް ރަށްތަކުގައި ކުރުދީންނަށް ތާޢީދުކޮށް ބޭއްވި ބައެއް އެއްވުންތައް ތުރުކީ ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި އޭގެ ތެރެއިން ބައެއް އެއްވުންތަކުން މީހުން ވެސް ހައްޔަރުކޮށްފައިވެއެވެ.

ޙަމަލާ ބަދަލުކުރުންތައް ވަރުގަދަ ވެފައިވާއިރު، ދެ ފަރާތުން ވެސް މީހުން މަރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވައި.ޕީ.ޖީ އިން ބުނީ އާދިއްތަ ދުވަހު ތުރުކީ ސިފައިންގެ ހަތަރު މީހަކާއި، ސިފައިންނަށް މަދަދުވެރިވާ ފްރީ ސީރިއަން އާމީގެ 10 ހަނގުރާމަވެރިއަކު މަރާލާފައި ވާކަމަށެވެ. އެހެން ނަމަވެސް ތުރުކީވިލާތުގެ ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކުރުދީ ހަނގުރާމަވެރިން އިތުރަށް ބުނާ ގޮތުގައި ތުރުކީ ސިފައިން ވައިގެ މަގުން ކުކުޅު ފާމަކަށް ދިން ޙަމަލާއެއްގައި އަފްރީންގެ އަވަށެއް ކަމަށްވާ ޖަލްބަރާގައި އާއްމުންގެ އަށް މީހަކު މަރުވެފައިވެއެވެ. އަށް މީހަކު އާދިއްތަ ދުވަހު މަރުވިކަމަށް ބުނާއިރު، ހޮނިހިރު ދުވަހު ވެސް އާއްމުންގެ ހަ މީހަކާއި ހަނގުރާމަވެރިންގެ ތިން މީހަކު މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ތުރުކީ ސަރުކާރުން ބުނަނީ މިއެންމެންނަކީ ވެސް ކުރުދީ ހަނގުރާމަވެރިން ކަމަށެވެ.

ތުރުކީ ސިފައިން ސޫރިޔާއަށް އެރުމާ އެކު ސޫރިޔާގެ މައްސަލަ މިވަނީ އިތުރަށް ހޫނުވެފައެވެ. ބައްޝާރުލް އައްސަދުގެ ސަރުކާރާއި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވައި.ޕީ.ޖޭ އިން ހަނގުރާމަކުރަމުންދަނިކޮށް، އެމެރިކާ ރުޅިއަރުވާލައި ތުރުކީވިލާތުން ވައި.ޕީ.ޖޭއާ ދެކޮޅަށް ތެދުވީ އެޖަމާޢަތާއި ތުރުކީވިލާތުގައި ހަރަކާތްތެރިވުން މަނާކޮށްފައިވާ ޕީކޭކޭއާ ގުޅުމެއް ވާކަމަށް ތުހުމަތުކުރެވޭތީއެވެ.

ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީ ސިފައިން ސޫރިޔާއަށް އެރުމާ ގުޅިގެން ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދު ވިދާޅުވީ މިއީ އަންކާރާ އިން ޓެރަރިޒަމަށް ހިތްވަރު ދިނުމަށް ކުރިއަށްގެންދާ ކެމްޕޭންގެ ބައެއް ކަމަށެވެ.

މިމައްސަލައިގައި ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު