Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އަދީބު އަބްދުލްޣަފޫރު

ޤާސިމަށް ދަތިކުރުމަކީ ރައީސް ޔާމީންގެ އަބަދުގެވެސް ސިޔާސަތު، ސަރުކާރުން ހިންގަނީ އިޤްތިސާދީ ބޮޑު ޖަރީމާއެއް: އަދީބް

21 ޖެނުއަރީ 2018 | އާދީއްތަ 15:16

ރައީސް ޢަބްދުﷲ ޔާމީނުގެ އަރިހުގައި އާދޭސްކޮށްފައި ސިޔާސީ ފަރާތްތައް ޖަލަށް ނުލުމަށް އެދުނިން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 21 ޖެނުއަރީ 2018 | އާދީއްތަ 15:16
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް - އޭނާ ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް - އޭނާ ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން

ޤާސިމް އިބްރާހީމްގެ ވިޔަފާރިއަށް ދަތިކޮށް، އެމަނިކުފާނު ކޮންޓްރޯލްކޮށްގެން ގެންގުޅުމަކީ ފެށުނީއްސުރެ ރައީސް ޢަބްދުﷲ ޔާމީނު ގެންގުޅުއްވަމުން އައި ސިޔާސަތެއް ކަމަށާއި، ރިސޯޓުތަކަށް އަރައި ހިންގަމުން ގެންދަނީ މުޅި ޤައުމުގެ ފުދުންތެރިކަމަށް އަސަރުކުރާނޭ އިޤްތިސާދީ ޖަރީމާއެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.

ޤާސިމް އިބްރާހީމްގެ ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކުރަމުން ގެންދާ ޢަމަލުތައް ކުށްވެރިކޮށް، ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމްގެ ވިޔަފާރިއަށް ދަތިކޮށް، އެމަނިކުފާނު ކޮންޓްރޯލްކޮށްގެން ގެންގުޅުމަކީ ފެށުނީއްސުރެ ރައީސް ޢަބްދުﷲ ޔާމީނު ގެންގުޅުއްވަމުން އައި ސިޔާސަތެއް ކަމަށެވެ.

އަދީބް ވިދާޅުވީ ޤާސިމް އިބްރާހީމަށް ދައުލަތުން ދޫކޮށްފައިވާ ފަޅުތަކާއި، ރަށްތަކާމެދު، އޭނާ އިސްވެހުންނަވައި، ސަރުކާރާއެކު ސެޓްލްމަންޓް އެގްރީމަންޓެއް ހަދާފައިވާއިރު އެކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި ރައީސް ޔާމީނު ވަނީ އެ ފަޅުތަކާ ރަށްތައް ޤާސިމްގެ ކުންފުނިތަކުން އަތުލުމަށް ނިންމާފައިކަމަށެވެ. އަދި އެ ބޭއިންސާފު ޢަމަލަށްފަހު، ޤާސިމް އިބްރާހީމްގެ މައްޗަށް ޖިނާއީ ޝަރީޢަތެއް ހިންގާފައިވަނީވެސް މުޅި ޤައުމު ލަދުގަންނަހާ ހުތުރުކޮށްކަމަށް އަދީބް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި އަދީބްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޢަބްދުﷲ ޔާމީނުގެ އަރިހުގައި އާދޭސްކޮށްފައި ސިޔާސީ ފަރާތްތައް ޖަލަށް ނުލުމަށާއި ރައްރިތުންގެ މަޖިލީހުން ލިބިފައިވާ މެޖޯރިޓީ އިޤްތިސާދީ ޕޮރެޖެކްޓްތައް ގެނައުމަށް ބޭނުންކުރުމަށް އެދުނުކަމަށެވެ. ނަތީޖާއަކަށްވީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުންކަމަށް އަދީބް ވިދާޅުވި އެވެ.

އަދީބް ވިދާޅުވީ، މިހާރު ސަރުކާރުން ޤާސިމް އިބްރާހީމްގެ ރިސޯޓުތަކަށް އަރައި ހިންގަމުން ގެންދަނީ މުޅި ޤައުމުގެ ފުދުންތެރިކަމަށް އަސަރުކުރާނޭ އިޤްތިސާދީ ޖަރީމާއެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ބިނާވެފައި އޮންނަނީ، އަދި ރާއްޖެ މާކެޓްކުރުމުގައި ބޭނުންކުރާ އެންމެ މުހިންމު ޙަޤީޤަތްތަކަކީ ރާއްޖޭގެ ހަމަޖެހުމާއި، ފަތުރުވެރިންގެ ޒާތީ މިނިވަންކަމަށް ދޭ ޔަޤީންކަން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ކަން އެހެން އޮތްއިރު ފަތުރުވެރިންގެ ޒާތީ މިނިވަންކަމުގެ ޙައްޤަށް ނުބަލައި، ފަތުރުވެރިންގެ ކުރިމަތީގައި ދައުލަތުގެ އިދާރާތަކުން ހިންގަމުން އެ ގެންދާ ޢަމަލުތަކުގެ ސަބަބުން މުޅި ސިނާއަތަށް ގެއްލުންވެގެންދާނެކަމަށް އަދީބް ވިދާޅުވި އެވެ.

އަދީބް ސިފަކުރެއްވި ގޮތުގައި އެއީ ޤާސިމް އިބްރާހީމަށް ދެވޭ ގެއްލުމަކަށްވުރެ ބޮޑަށް ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ދިގު މުއްދަތަކަށް ދެވޭނޭ ގެއްލުމެކެވެ. އަދި މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ގޮވާލާކަމަށާއި، ޤާސިމް އިބްރާހީމްއަކީ ދިވެހި އެތަކެއް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދެމުން ގެންދަވާ، ދިވެހި އިޤްތިސާދުގެ މައި އެއް ތަނބުކަމަށް އަދީބް ވިދާޅުވި އެވެ.

"އަދި އެތައް ދިވެހި ރައްޔިތުންނަށް ތައުލީމުގެ ފުރުސަތު ފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ދިވެހި ގައުމުގެ ޚާދިމެކެވެ،" ނައިބް ރައީސްކަންވެސް ކުރެއްވި އަހުމަދު އަދީބް ވިދާޅުވި އެވެ.

ޖުމްލަ 33 އަހަރު ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ އަދީބް ވިދާޅުވީ ދިވެހިރާއްޖެއަކީ ސިޔާސީ އަދި މަދަނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ދައުލަތަކަށް ހެދުމަށް ދިވެހި ރައްޔިތުން ބާރު އަޅަންޖެހޭކަމަށެވެ. އަދި މިއަދު އެކަކަށް ދޭ ގެއްލުމާއި ނިގުޅައިގަންނަ ޙައްޤުތަކުގެ ސަބަބުން އެންމެންގެ ކުރިމަގު ނުރައްކަލަށް ހުށަހެޅިގެންދާކަން ދަންނަންޖެހޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދީބް ވިދާޅުވީ މިއަދު ފެންނަނީ ސަރުކާރުން ސިޔާސީ ފަރާތްތަށް ފުނޑުފުނޑު ކޮށްލުމަށްޓަކައި ގައުމުގެ އިޤްތިސާދާއި އެތަކެއް ރައްޔިތުންގެ ވަޒީފާއާއި ދިރިއުޅުން ހަލާކުކޮށްލަން ފަސްނުޖެހޭތަންކަމަށެވެ. އަދި ކުއްލި ހާލަތު އިއުލާނުކުރުމާއި ގައުމުގެ ހުރިހާ ސިޔާސީ ފަރާތްތަށް ޖަލަށްލުމުގެ ނަތީޖާއަކީ އިޤްތިސާދީ އެއްވެސް ބޮޑު ޕްރޮޖެކްޓެއް ނުލިބި ގައުމު ދަރަނިވެރިވެ، ބަވަނަވެފައިވާ މިދުނިޔޭގައި ދިވެހިރާއްޖެ އެކަހެރިވުންކަމަށާއި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި، ޢާންމުކޮށް ހުރިހާ ވިޔަފާރިތަކަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް ޢާންމު ރައްޔިތުން ހަރަކާތްތެރިވެ އެކަމަށް ބާރު އެޅުމަށް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާކަމަށް ބަޔާނުގައި އަދީބް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް