Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ރައީސް ޔާމީންގެ ވިސްނުންފުޅަކީ ގާސިމް ޝަޓްޑައުން ކުރުން: ރިޔާޒު

21 ޖެނުއަރީ 2018 | އާދީއްތަ 02:59

ގާނޫނު އަސާސީއަށް ބަދަލު ގެނެސް ވެރިކަމަށް ކުރިމަތިނުލެއްވެވޭ ގޮތް ހަދައިފި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 21 ޖެނުއަރީ 2018 | އާދީއްތަ 02:59
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެޕާޓީގެ ނައިބު އަބްދުﷲ ރިޔާޒު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެޕާޓީގެ ނައިބު އަބްދުﷲ ރިޔާޒު

ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުގައި ހުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ޝަޓްޑައުން" ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ރިސޯޓުތަކުގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން ފަށާފައިވަނިކޮށް، ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅަކީ ގާސިމް ޝަޓްޑައުން ކުރުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ގާނޫނު އަސާސީއަށް ބަދަލު ގެނެސް ގާސިމް އަށް ވެރިކަމަށް ކުރިމަތިނުލެއްވެވޭ ގޮތް ހަދާފައިވާ ކަމަށާއި "ނުކުރާ ކަމެއް ކުރިކަމެއް ކަމަށް ހަދުވައިގެން ހުކުމެއް ކޮށްފައިވާ" ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އެ އިޝާރާތް ކުރައްވަނީ، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހާއި ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކުރި ހުކުމަށެވެ.

މި ކަންކަމުގެ އިތުރަށް، ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް އެތައް އެއްބަސްވުންތަކެއް ސަރުކާރުން ބާތިލްކޮށްފައިވާކަން ވެސް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުވެސް އަދާކުރައްވަމުންދާ ރިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.

ގާސިމްގެ ވިލާ ކުންފުންޏަށް ދީފައި ހުރި ގިނަ އަދަދެއްގެ ރަށްތަކެއް ސަރުކާރުން ވަނީ އަނބުރާ ނަގާފައެވެ. މީގެ އިތުރުން، ގާސިމްގެ ވިިލާ ކުންފުންޏަށް ހިންގަން ދީފައިއޮތް ކާޑެއްދޫ އެއަރޕޯޓް ވެސް އެކުންފުނީގެ އަތުން ވަނީ ނަގާފައެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެ ވިލާގެ އެކައުންޓްތައް ފްރީޒް ވެސް ކުރި އެވެ.

ގާސިމްގެ ރިސޯޓުތަކުގެ ބަނގުރާ ސްޓޮކް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަމުންދާކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ މިހާރު އެ ފެއްޓެވީ މުދާ ނަގަން ކަމަށެވެ. ރިޔާޒު ވަނީ، "މިވަރުން ނިމޭނެތޯ؟" ސުވާލުކުރައްވާފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ރިސޯޓުތަކަށް ކަސްޓަމްސްއާއި ފުލުހުން އަރަމުންދަނީ، ބޮންޑެޑް ވެއަރހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާގެ ނަމުގައި ދޫކުރި ބަނގުރާ އެ ރިސޯޓު ނޫން އެ ރިސޯޓާއި ގުޅުން ހުރި އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ކަސްޓަމްސްއާއި ފުލުހުން ވަނީ ފަން އައިލެންޑަށް އަރައި އެރަށުގެ ބަނގުރާ ސްޓޮކް ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް