Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ

އައްޑޫ ސިޓީގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ބަލިމީހާ ހޮސްޕިޓަލް ނުގެންދެވި އުޅެނިކޮށް ނިޔާވެއްޖެ

16 ޖެނުއަރީ 2018 | އަންގާރަ 04:54

އެ ހާދިސާ ހިނގީ އައްޑޫ ސިޓީ ހިތަދޫގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 16 ޖެނުއަރީ 2018 | އަންގާރަ 04:54
އައްޑޫ ސިޓީއަށް ބަލި މީހަކު ވައްދަނީ

އައްޑޫ ސިޓީއަށް ބަލި މީހަކު ވައްދަނީ

އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން، އެމްބިއުލާންސްގައި ބަލި މީހަކު ހޮސްޕިޓަލަށް ނުގެންދެވި އުޅެނިކޮށް ނިޔާވެއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި ހާޓްއެޓޭކެއް ޖެހުނު މީހަކު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ނުގެންދެވި ލަސްވާތީ، ޕްރައިވެޓް ކާރަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ ނިޔާވެފައެވެ.

ހިތަދޫ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ރޭ ހިނގައި ދިޔައީ ހިތާމަވެރި ހާދިސާއެއް ކަަމަށާއި ހާޓްއެޓޭކު ޖެހުނު މީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އެ ބަލި މީހާ ހޮސްޕިޓަލަށް ނުގެންދެވި ލަސްވެގެން ދިޔައީ ހޮސްޕިޓަލުން ބޭނުންކުރާ ދެ އެމްބިއުލާންސް ވެސް ހަލާކުވެފައި އޮތުމުން ކަަަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ ހޮސްޕިޓަލުން މިހާރު ބޭނުން ކުރަމުންދަނީ ފޭދޫ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ކަމަށާއި ހަލާކުވެފައިވާ ދެ އެމްބިއުލާންސްގެ މަރާމާތުކުރުމުގެ މަސައްކަތް ނިންމައި ވަރަށް އަވަހަށް ބޭނުންކުރަން ނެރެވޭނެ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވިއެވެ.

ތިރީސް ހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް، އައްޑޫ ސިޓީއަށް ހިދުމަތް ދެމުންދާ މައި ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ފާޑުކިޔުންދަނީ އަމާޒުވަމުންނެވެ. މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވެ، މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދިއުމަކީ ސިއްހީ ހާލަތު ވަޒަންކޮށްދޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް