Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑޮލޯރްސް އޮރަޔޯޑާން

ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެ

އޭނާ މަރުވުމާއި ގުޅިގެން އައިރިޝްގެ ރައީސް ވަނީ ސްޓޭޓްމަންޓެއް ނެރުއްވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖެނުއަރީ 2018 | އަންގާރަ 07:22
ޑޮލޯރްސް އޮރަޔޯޑާން

ޑޮލޯރްސް އޮރަޔޯޑާން

ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު އުމުރަކީ 46 އަހަރެވެ.

ޑޮލޯރްސް އޮރަޔޯޑާންގެ ބޭންޑު ކަމަށްވާ ދަ ކްރޭންބެރީސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވީ ކުއްލި ގޮތަކަށް އިނގިރޭސިވިލާތުގެ ލަންޑަނުގައި ކަމަށެވެ. ޑޮލޯރްސް އޮރަޔޯޑާންގެ މަރާއި ގުޅޭ ގޮތުން މިވަގުތު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ބޭންޑުން ބުނެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގެއްލުނީ ވަރަށް އަގުހުރި އާޓިސްޓެއް ކަމަށާއި އޭނާ އަކީ ވަރަށް ހުނަރުވެރި މީހެއް ކަމަށެވެ.

ޑޮލޯރްސް އޮރަޔޯޑާންގެ މަރާއި ގުޅިގެން އައިރިޝްގެ ރައީސް މައިކަލް ހިގިންސް ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ޑޮލޯރްސް އޮރަޔޯޑާން މަރުވުމަކީ ވަރަށް ބޮޑު ހިތާމަފުޅެއް ގެނުވި ކަމެއް ކަމަށާއި ޑޮލޯރްސް އޮރަޔޯޑާން އާއި ދަ ކްރޭންބެރީ ބޭންޑަކީ ގައުމުގެ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ނަމޫނާ ބައެއްކަމަށެވެ. އައިރިޝް މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އެ ގެއްލުނީ އަގުހުރި މިއުޒީޝަނެއްކަމަށް ރައީސް މައިކަލް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ. . އަދި އެއީ އެ ގައުމަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ޑޮލޯރްސް އޮރަޔޯޑާންގެ އެންމެ ފުރަތަމަ އަލްބަމް ނެރެފައިވަނީ 2007 ވަނަ އަހަރުގައެވެ. އެއީ "އާ ޔޫ ލިސެނިންގ" އެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ

17 ޖުލައި 2017
އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ
11 ޖޫން 2017

ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

11 ޖޫން 2017
ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ
24 މެއި 2017

އެކްޓަރު ރޮޖާމޯ މަރުވެއްޖެ

24 މެއި 2017
އެކްޓަރު ރޮޖާމޯ މަރުވެއްޖެ
19 މެއި 2017

ކްރިސް ކޯނެލް މަރުވެއްޖެ

19 މެއި 2017
ކްރިސް ކޯނެލް މަރުވެއްޖެ
18 މެއި 2017

"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

18 މެއި 2017
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު