Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެންމެދުވަސްވީ މީހާ

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

އުފަންވެފައިވަނީ 31 ޑިސެމްބަރު 1870 ގައި

ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 15:07
ދުނިހޭގައި ހުރި އެންމެ ދުވަސްވީ މީހާ އުމުރުން 146 އަހަރުގެ ސޯޑީމެޑްޖޯ މަރުވިކަން އާއިލާއިން ވަނީ ހާމަކޮށްފައި

ދުނިހޭގައި ހުރި އެންމެ ދުވަސްވީ މީހާ އުމުރުން 146 އަހަރުގެ ސޯޑީމެޑްޖޯ މަރުވިކަން އާއިލާއިން ވަނީ ހާމަކޮށްފައި

ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ ކަމަށް އިންޑޮނީޝިއާގެ ނޫސްތަކުން ހާމަ ކޮށްފިއެވެ.

އޭނާ އުފަންވެފައިވަނީ 31 ޑިސެމްބަރު 1870 ގައި ކަމަށް ލިޔެކިޔުންތަކުން ހާމަވީ ނަމަވެސް އިންޑޮނީޝިއާގެ ރައްޔިތެއް ކަމަށްވާ، ސޯޑީމެޑްޖޯ އުފަންވެފައިވަނީ، އިންޑޮނީޝިއާގައި ރަސްމީ ސިފައެއްގައި އުފަންދުވަހުގެ ތާރީޚް ރެކޯޑް ކުރަން ފެށުމުގެ ކުރިންނެވެ.

އިންޑޮނީޝިއާގެ އުފަންތާރީޚްތައް ރަނގަޅަށް ބަލަހައްޓަން ފަށާފައިވަނީ 1900 އިން ފެށިގެން ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

ނަމަވެސް، އިންޑޮނީޝިއާގެ އޮފިޝަލުން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި މީހާގެ އުފަން ތާރީޚް ފެންނަން ހުރި ލިޔެކިޔުންތަކުންނާއި، އޭނާއާ ކުރެވުނު އިންޓަވިއު ތަކުން ކަށަވަރު ކުރެވޭ ކަމަށެވެ.

ބަލި ހާލު ބޮޑުވެގެން އޭޕްރީލް 12 ގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނިކޮށް، ހަތަރު ދުވަސް ފަހުން ހޮސްޕިޓަލުން ގެއަށް ބަދަލުވާން އޭނާ އެދުނު ކަމަށް އާއިލާ އާ ހަވާލާ ދީ ޚަބަރުތައް ބުނެއެވެ.

އޭނާގެ ދިގު އުމުރާ ގުޅޭ ގޮތުން ހުސްވި އަހަރު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާގެ ދިގު އުމުރުގެ ސިއްރަކީ، ކެތްތެރިވުން ކަމަށާއި، އަދި އޭނާ އަށް އަޅާލުމުގައި، އޭނާ ދެކެ ލޯބިވާ މީހުން ގާތުގައި ތިބުން ކަމަށެވެ.

އެންމެ ފަހު ދުވަހާ ޖެހެން ދެންވެސް ދުންފަތުގެ އިސްތިއުމާލު ކުރި، ސޯޑީމެޑްޖޯ މަރުވި އިރު، އޭނާ ކައިވެނި ކުރި ހަތަރު މީހުންވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. އަދި އޭނާއާ އެއްބަނޑު އެއްބަފާ ދިހަ ބެންވެސް ވަނީ މަރުވެފައެވެ. އޭނާ މަރުވި އިރު ބަލަހައްޓަމުން ގެންދިޔައީ ކާފަ ދަރިއެކެވެ.

ދިރިއުޅުމާ ބެހޭ ގޮތުން ހުސްވި އަހަރު ޖަކާޓާ ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، ހަޔާތަކީ، އޭގައި ދިމާވާކަންކަމަށް ކެތްތެރިވުމާއި، ކުރިމަތިވާ ކަންކަމަކީ އެ ގޮތައް އެކަން ހަމަޖެހިފައި އޮންނާތީ ދިމާވާ ގޮތެއް ކަމަށް ގަބޫލު ކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ދުނިޔެ ދޫކޮށް ދާން އޭނާ ބޭނުންވިތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ވަޅުލާފައިވަނީ، މި ދިޔަ ހޯމަދުވަހުއެވެ.

ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ މީހަކީ ޖަމައިކާގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 114 އަހަރުގެ ވައިލެޓް ބްރައުން ކަމަށް ޖިރޮންޓޮލޮޖީ ރިސާޗް ގްރޫޕުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު