Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްރިސް ކޯނެލް

ކްރިސް ކޯނެލް މަރުވެއްޖެ

މަރުވިއިރު ކޯނެލްގެ އުމުރަކީ 52

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 މެއި 2017 | ހުކުރު 13:10
ކްރިސް ކޯނެލް

ކްރިސް ކޯނެލް

މަޝްހޫރު ބޭންޑެއް ކަމަށްވާ "ސައުންޑް ގާޑަބް" ގެ ލީޑް ލަވަ ކިޔުންތެރިޔާ ކްރިސް ކޯނެލް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 52 އަހަރެވެ. ކޯނެލް މަރުވީ މިދިޔަ ބުދަ ދުވަހުގައި ވިޔަސް، މަރުވެއްޖެ ކަން އާންމުކޮށްފައިވަނީ ހުކުރު ދުވަހުގައެވެ.

އޭނާ މަރުވީ ސީދާ ކީއްވެ ކަމެއް ނޭނގޭއިރު ވޭނޭގެ މެޑިކަލް އެގްޒަމިނާސް އޮފީހުން ބުރާސްފަތި ދުވަހުގައި އާންމު ކޮށްފައިވާ ސްޓޭޓްމެންޓްގައި ބުނެފައިވަނީ އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

އެހެން ނަމަވެސް އިތުރު އެއްޗެއް ބުނަން އެނގޭނީ އޮޓޮޕްސީ ހެދުމަށް ފަހުގައި ކަމަށް އެ ސްޓޭޓްމެންޓުގައި ބުނެފައިވެއެވެ.

ކްރިސް ކޯނެލް ގެ އޮޓޮޕްސީ އަދި އެއްކޮށް ނުނިމޭކަމަށާއި ނިމުނުހާ އަވަހަކަށް އޭނާ މަރުވީ ކިހިނެތް ކަން އެނގިގެން ދާނެ ކަމަށް އެ ސްޓޭޓްމެންޓްގައި ވަނީ ބުނެފައެވެ.

ކޯނެލްގެ ރެޕްރެޒެންޓޭޓިވް ބްރިއަން ބަމްބެރީ ބުނެފައިވަނީ ކޯނެލްގެ މަރަކީ ކުއްލި އަދި ގަބޫލުކުރަން ދަތި މަރެއްކަމަށެވެ. އެމެރިކާގެ ޑިޓްރޮއިޓް ޕޮލިސް ޑިޕާޓްމަންޓުން ބުނެފައިވަނީ ފުލުހުންގެ އޮފިސަރުން އެމްޖީއެމް ގްރޭންޑް ހޮޓެލަށް ދިޔައީ ދަންޖެހިގެން މީހަކު ހުރިކަމަށް ރިޕޯޓްކޮށްގެން ކަމަށާއި ދިޔައިރު އެއީ ކްރިސް ކޯނެލް ކަމެއް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އައިޑެންޓިޓީ ބެލުމުން އެއީ ކޯނެލް ކަން އެނގުނު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައިކްރިސް މަރުވެފައިވަނީ ސައުންޑް ގާޑަން ބޭންޑާއެކު ޓުއާ ދެމުން ދަނިކޮށެވެ. އަދި ޑިޓްރޮއިޓްއަށްވެސް އޭނާ ގޮސްފައިވަނީ ބޭންޑާއެކު ޓުއާ ދިނުމަށެވެ.

އިތުރަށް ކިޔާލަން

19 ޖުލައި 2017

ބިދީޝާ ދަންޖެހިގެން މަރުވެއްޖެ

19 ޖުލައި 2017
ބިދީޝާ ދަންޖެހިގެން މަރުވެއްޖެ
17 ޖުލައި 2017

އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ

17 ޖުލައި 2017
އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ
11 ޖޫން 2017

ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

11 ޖޫން 2017
ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ
24 މެއި 2017

އެކްޓަރު ރޮޖާމޯ މަރުވެއްޖެ

24 މެއި 2017
އެކްޓަރު ރޮޖާމޯ މަރުވެއްޖެ
18 މެއި 2017

"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

18 މެއި 2017
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު