Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖޭމްސް ބޮންޑް

އެކްޓަރު ރޮޖާމޯ މަރުވެއްޖެ

ޖޭމްސް ބޮންޑް މަރުވިއިރު އުމުރަކީ 89 އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 މެއި 2017 | ބުދަ 09:49
ޖޭމްސް ބޮންޑް ރޯލް ކުޅުނު ރޮޖާ މޯ

ޖޭމްސް ބޮންޑް ރޯލް ކުޅުނު ރޮޖާ މޯ

އިނގިރޭސި ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް" ގެ ރޯލުން ފެނިގެން ދިޔަ އެކްޓަރު ރޮޖާ މޯ އަންގާރަދުވަހުގައި މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު އުމުރަކީ 89 އަހަރެވެ. އޭނާ ވަނީ 12 އަހަރު ވަންދެން "ޖޭމްސް ބޮންޑުގެ" ރޯލު ކުޅެފައެވެ. ހަތް ފިލްމެއްގައި އޭނާ ވަނީ ބޮންޑްގެ ރޯލު އަދާކޮށްފައެވެ. މަޝްހޫރު އިނގިރޭސި ސީކްރެޓް އެޖެންޓްގެ ރޯލް އޭނާ ކުޅެން ފަށާފައި ވަނީ ސޯން ކޮނެރީ އަށް ފަހުއެވެ.

ރޮޖާ މަރުވެފައި ވަނީ ސްވިޓްޒަލޭންޑުގެ ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާދެމުން ދަނިކޮށެވެ.

ރޮޖާ މަރުވުމާ ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާހޯދަމުން ދަނިކޮށް ކަމަށެވެ.

އިނގިރޭސިވިލާތަށް އުފަން ރޮޖާ "ޖޭމްސް ބޮންޑް"ގެ ރޯލް އެންމެ ފުރަތަމަ ކުޅުނީ 1973 ގައި ރިލީޒް ކުރި ބޮންޑް ފިލްމް "ލިވް އެންޑް ލެޓް ޑައި" ގަ އެވެ. އޭނާ "ޖޭމްސް ބޮންޑް" ގެ ރޯލުހުއްޓާލީ 1985 ގަ އެވެ.

ރޮޖާ މޯ ބޮންޑްގެ ރޯލް ކުޅުނު ފިލްމްތަކުގެ ތެރޭގައި "ދަ މޭން ވިތު ގޯލްޑެން ގަން" (1974)، "ދަ ސްޕައި ހޫ ލަވްޑް މީ" (1977)، "މޫންރެކާ" (1979)، "ފޮ ޔުއާ އައިސް އޮންލީ" (1981)، "އޮކްޓޮޕުސީ" (1983) އަދި "އަ ވިއު ޓު އަ ކިލް" (1985) ހިމެނެ އެވެ. އަދި މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ބޮންޑްގެ ރޯލް ކުޅެފައިވަނީ ވެސް އޭނާ އެވެ.

ޖޭމްސް ބޮންޑްގެ ރޯލުގެ އިތުރުން ވެސް ގިނަ ފިލްމްތަކެއް އޭނާ ވަނީ އަދާކޮށްފައެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2011 ވަނަ އަހަރު ރިލީޒްކުރި "އަ ޕްރިންސެސް ފޯ ކްރިސްމަސް" އިން އެޑްވަޑް ޑިއުކް އޮފް ކަސްލްބަރީގެ ރޯލުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ

އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ

17 ޖުލައި 2017
ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

11 ޖޫން 2017
ކްރިސް ކޯނެލް މަރުވެއްޖެ

ކްރިސް ކޯނެލް މަރުވެއްޖެ

19 މެއި 2017
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

18 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު