Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެންމެދުވަސްވީ މީހާ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

އެމާ އަކީ 1800 ވަނަ އަހަރުގެ އުފަންވީ މީހުންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ ފަހު މީހާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 އެޕްރީލު 2017 | އާދީއްތަ 09:14
އެމާ މޮރާނޯ މަރުވީ 117 އަހަރުގައި

އެމާ މޮރާނޯ މަރުވީ 117 އަހަރުގައި

ދުނިޔޭގައި ހުރި އެންމެ ގިނަދުވަސްވީ މީހާ ކަމުގައިވާ އިޓަލީގެ އެމާ މޮރާނޫ އުމުރުން 117 އަހަރުގައި މަރުވެއްޖެއެވެ.

1899 ވަނަ އަހަރު އުފަންވި އެމާ އަކީ 1800 ވަނަ އަހަރުގެ އުފަންވީ މީހުންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ ފަހު މީހާއެވެ.

އެމާގެ އެންމެ އާދަޔާ ކީލާފު ކަމެއްގެ ގޮތުގައި ފާހަގަވީ ދުވާލެއްގެ މައްޗަށް އޭނާ ކެއުމުގައި 3 ބިސް ބޭނުން ކުރާކަމެވެ. އޭގެ ތެރެއިން 2 ބިސް އޭނާ ބޮނީ ރޮލާއެވެ. މި ކެއުމުގެ އާދަ އޭނާގެ އުމުރުން 90 އަހަރު ވަންދެން ހިފެހެއްޓި ކަމަށްވެއެވެ.

އެމާ މަރުވެފައިވަނީ އިޓަލީގެ އުތުރު ސަރަހައްދެއްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. އުމުރުން 26 އަހަރުގައި އެމާ ކައިވެންޏެވެއްކުރި ނަމަވެސް އެކައިވެނި އެމާ ސިފަ ކުރީ އެއްވެސް އުފަލެއް ނުލިބުނު ކައިވެންޏެއްގެ ގޮތުގައެވެ. އަދި އޭނާގެ ފިރިމީހާއާއި މާބޮޑު ގުޅުމެއްވެސް ނޯވެއެވެ. އެމާގެ ފިރިމީހާ މަރުވީ، ފުރަތަމަ ބޮޑު ހަނގުރާމައިގައެވެ. ލިބިފައިވަނީ އެންމެ ދަރިއެކެވެ. ނަމަވެސް އެމާއަށްވުރެ ކުރިން އެ ދަރިފުޅުވެސް ވަނީ މަރުވެފައެވެ.

އެމާއަށް ވުރެ ކުރިން ދަރިފުޅުގެ އިތުރުން އެމާގެ އެއްބަނޑު އެއްބަފާ އަށް މީހުންވެސް ވަނީ މަރުވެފައެވެ. އެމާ ބުނެފައިވަނީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތާމަވެރި ދުވަހަކީ އޭނާގެ ދަރިފުޅު މަރުވި ދުވަސް ކަމުގައެވެ.

އެމާއަކީ ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމާއިގެ އިތުރުން އިޓަލީގައި އުފެދުނު 90 އަށް ވުރެ ގިނަ ސަރުކާރު ދެކެފައިވާ ފަރާތެކެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
28 މާރިޗު 2017

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު