Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޕީއައިއޭ

އިންތިޚާބުގެ ކުރިން ޕާކިސްތާނުގެ ގައުމީ އެއަރލައިން ވިއްކާލަނީ

2016 ވަނަ އަހަރުގެ ނިޔަލަށް ޕީއައިއޭ ގެ ދަރަނީގެ ގޮތުގައި 1.8 ބިލިއަން ޑޮލަރު ވަނީ ރެކޯޑް ކުރެވިފައި

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2018 | ހޯމަ 16:23
ޕީއައިއޭ ގެ ބޯޓެއް - އެއަރލައިން އަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި

ޕީއައިއޭ ގެ ބޯޓެއް - އެއަރލައިން އަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި

މިއަހަރުގެ އާއްމު އިންތިޚާބުގެ ކުރިން ޕާކިސްތާނުގެ ގައުމީ އެއަރލައިން ވިއްކާލަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ޕްރައިވެޓައިޒޭޝަން މިނިސްޓަރ ދަނިޔާލް އަޒީޒް ވިދާޅުވެއްޖެއެވެ.

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިން (ޕީއައިއޭ) އަށް ވަނީ ފައިސާގެ ތާށިކަން ކުރިމަތި ވުމުގެ އިތުރުން، އިއްތިހާދު އާއި އެމިރޭޓްސް ފަދަ އެއަރލައިން ތަކުގެ ސަބަބުން މާރކެޓްގައި ވާދަ ކުރުމުގައި ގޮންޖެހުން ތަކެއް ކުރިމަތި ވެފައެވެ. އޭގެ އިތުރުން މެނޭޖްމަންޓް މައްސަލަ ތަކާއި 2016 ވަނަ އަހަރު އެ އެއަރލައިންގެ ބޯޓެއް ވެއްޓުމުގެ ސަބަބުން 47 މީހުން މަރުވި ހާދިސާ އާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް އެއަރލައިނަށް ވަނީ ކުރިމަތި ވެފައެވެ.

ގައުމީ އެއަރލައިންގެ އިތުރުން ސަރުކާރުގެ އެތައް ކުންފުންޏަކަށް ފައިސާގެ ތާށިކަން ކުރިމަތިވެފައި ވުމުގެ ސަބަބުން ސަރުކާރުގެ މިފަދަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ސަރުކާރު ހިންގާ ޕާޓީ ކަމުގައިވާ ޕާކިސްތާން މުސްލިމް ލީގް—ނަވާޒް (ޕީއެމްއެލް-އެން) އިން ވަނީ ވައުދު ވެފައެވެ. މި ގޮތުން 68 ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމަށް ލިސްޓް ކުރެވިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ދަރަނީގައި ހިނގަމުންދާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ ޕާކިސްތާން ސަރުކާރަށް ލަފާ ދީފައެވެ.

ޕާކިސްތާނުގެ ގައުމީ އެއަރލައިން ޕްރައިވެޓައިޒް ކުރުމަށް މީގެ ކުރިންވެސް ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް އެފަހަރު އެކަން ކާމިޔާބު ނުވީ އެއަރލައިންގެ މުވައްޒަފުން ހަޅުތާލު ކުރުމުގެ ސަބަބުންނެވެ. އޭގެ ފަހުން ގައުމީ އެއަރލައިން ޕްރައިވެޓައިޒް ކުރުން ހުއްޓުވުމަށް ޕާކިސްތާނުގައި ގާނޫނެއްވެސް ވަނީ ފާސް ކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް އަޒީޒް ރޮއިޓާރސް އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ޕީއައިއޭ ވިއްކާލުމަށް އައު ޕްލޭން ތަކެއް އެކުލަވާލާފައިވާ ކަމަށާއި، ޕްރައިވެޓައިޒޭޝަން އާ ބެހޭ ކެބިނެޓް ކޮމިޓީ އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ތައްޔާރު ވެފައިވާ ކަމަށެވެ. މި ކޮމިޓީ އަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚައްގާން އައްބާސީ ރިޔާސަތު ބަލަހައްޓަވާ ކޮމިޓީއެކެވެ.

އަޒީޒް ވިދާޅުވި ގޮތުގައި އެއަރލައިން ވިއްކާލުމަށް ކެބިނެޓުން ފާސް ކުރި ނަމަވެސް، މިކަން މުޅިން ނިންމާލެވޭނީ، 2016 ވަނަ އަހަރު ޕީއައިއޭ، ލިމިޓެޑް ކޮމްޕެނީ އަކަށް ބަދަލުކޮށް ފާސް ކޮށްފައިވާ ގާނޫނު ބަދަލު ކޮށްގެން ކަމަށެވެ.

އެއަރލައިން ވިއްކާލުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ އިތުރުވަމުންދާ ދަރަނި ކަމަށް ރިޕޯޓްތަކުގައި ވެއެވެ. މި ގޮތުން 2016 ވަނަ އަހަރުގެ ނިޔަލަށް ދަރަނީގެ ގޮތުގައި 1.8 ބިލިއަން ޑޮލަރު ވަނީ ރެކޯޑް ކުރެވިފައެވެ.

އެއަލައިން ވިއްކާލާނީ ކޮން އިރަކުންތޯ ރޮއިޓާސް އިން ސުވާލު ކުރުމުން އަޒީޒް ވިދާޅުވީ "މާދަމާ ހެނދުނުވެސް ފައިސާ ހުރިއްޔާ އައިސް ގަނެގެން ދާންވީ" ކަމަށެވެ.

އެއަރލައިން ވިއްކާލަން ކަނޑައަޅާފައިވާ އަގެއް އަދި ޕާކިސްތާނު ސަރުކާރުން ހާމަ އެއް ނުކުރެއެވެ.

ޕާކިސްތާނުގެ އެކްސްޕްރެސް ޓްރިބިއުން އިން ހާމަ ކޮށްފައިވާ ގޮތުގައި އެމިރޭޓްސް އާއި އިއްތިހާދުން ވެސް ވަނީ އެއަރލައިން ގަތުމަށް ޝައުގުވެރިވާ ކަން ކުރިން ފާޅު ކޮށްފައެވެ.

ގައުމީ އެއަރލައިން އަވަހަށް ވިއްކާލުމަށް ސަރުކާރުން ބޭނުންވި ނަމަވެސް މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓުގައި އޮންނަ ޕާކިސްތާނުގެ އާއްމު އިންތިޚާބާ ދެމެދު އޮތް މުއްދަތު ކުރު ކަމާއެކު އެއަރލައިން އޭގެ ކުރިން ވިއްކާލުމުގެ ކަންކަން ނިންމިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރްސީ އާއި ސިންގަޕޯރ އެއަރލައިންސް ގުޅިގެން މާކެޓިން ކެމްޕޭނެއް ހިންގުމަށް ސޮއިކޮށްފި

އެމްއެމްޕީއާރްސީ އާއި ސިންގަޕޯރ އެއަރލައިންސް ގުޅިގެން މާކެޓިން ކެމްޕޭނެއް ހިންގުމަށް ސޮއިކޮށްފި

05 މެއި 2019
ސްރީލަންކަން އެއަރލައިންސްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލަނީ

ސްރީލަންކަން އެއަރލައިންސްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލަނީ

16 އޮކްޓޯބަރު 2018
އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ބަލާލުމަށް ދިރާގުން ޚާއްސަ ޑޭޓާ ޕެކެއް!

އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ބަލާލުމަށް ދިރާގުން ޚާއްސަ ޑޭޓާ ޕެކެއް!

22 ސެޕްޓެމްބަރު 2018
ރަޔަން އެއަރލައިންގެ މުވައްޒަފުންގެ މުޒާހަރާއަށް އަދިވެސް ހައްލެއް ނުލިބޭ!

ރަޔަން އެއަރލައިންގެ މުވައްޒަފުންގެ މުޒާހަރާއަށް އަދިވެސް ހައްލެއް ނުލިބޭ!

10 އޯގަސްޓު 2018
ރަޔަން އެއަރލައިންގެ ކެބިން ކުރޫންގެ މުޒާހަރާއާ ގުޅިގެން 600 ފްލައިޓް ކެންސަލް ކުރަނީ

ރަޔަން އެއަރލައިންގެ ކެބިން ކުރޫންގެ މުޒާހަރާއާ ގުޅިގެން 600 ފްލައިޓް ކެންސަލް ކުރަނީ

19 ޖުލައި 2018

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު