Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފްލައިޓް ކެންސަލް ކުރުން

ރަޔަން އެއަރލައިންގެ ކެބިން ކުރޫންގެ މުޒާހަރާއާ ގުޅިގެން 600 ފްލައިޓް ކެންސަލް ކުރަނީ

މުޒާހަރާ ކުރަން ނިންމާފައިވަނީ ކެބިން ކުރޫންނަކީ ބެލްޖިއަމް، ޕޯޗުގަލް އަދި ސްޕެއިންގައި ތިބި ކްރޫއިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޖުލައި 2018 | ބުރާސްފަތި 13:25
ރަޔަން އެއަރލައިންގެ މުވައްޒަފުންތަކެއް

ރަޔަން އެއަރލައިންގެ މުވައްޒަފުންތަކެއް

ރަޔަން އެއަރލައިންގެ ކެބިން ކުރޫން މުޒާހަރާ ކުރުމާއި ގުޅިގެން އެ އެއަރލައިންގެ 600 ފްލައިޓް ކެންސަލް ކުރަން ނިންމައިފިއެވެ.

މުޒާހަރާ ކުރަން ނިންމާފައިވަނީ ކެބިން ކުރޫންނަކީ ބެލްޖިއަމް، ޕޯޗުގަލް އަދި ސްޕެއިންގައި ތިބި ކްރޫއިންނެވެ.

ފްލައިޓްތައް ކެންސަލް ކުރަން ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހު އެ ތިން ޤައުމުން ދަތުރު ކުރަން ނުވަތަ އެ ތިން ޤައުމަށް ދަތުރު ކުރަން ބުކިންގ ހައްދާފައިވާ ފަސިންޖަރުންގެއެވެ. މި މުޒާހަރާގެ ސަބަބުން ބުކިންގ ހައްދާފައިވާ 50,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އަސަރު ކުރާނެއެވެ.

ރަޔަން އެއަރލައިން އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ޓިކެޓްގެ ރީފަންޑް ބޭނުންވާ ފަސިންޖަރުންނަށް ރީފަންޑް ވެސް ލިބިގެންދާނެ ކަމަށް ރަޔަން އިން ބުނެއެވެ.

އެ އެއަރލައިންގެ ކެބިން ކުރޫން މުޒާހަރަ ކުރަމުންދަނީ ލިބޭ މުސާރަ ކުޑަވުމުންނާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެއެވެ.

ރަޔަން އެއަރލައިން އިން އެ ކުންފުނީގެ މުވައްޒަފުންގެ އެދުންތަކަށް އިޖާބައެއް ނުދޭއިރު އެ އެއަރލައިންގެ މާކެޓިންގް އޮފިސަރ ކެނީ ޖޭކޮބްސް ވިދާޅުވީ އެ މުޒާހަރާތަކުން ކުރާނެ ފައިދާއެއް ނެތް ކަމަށާއި މިއީ އެއްވެސް ސަބަބެއް އޮވެގެން ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ. އަދި މުޒާހަރާތަކުގެ ސަބަބުން ފަސިންޖަރުންނަށް އަސަރު ކުރާނެ ކަމަށާއި މިކަމުން ފައިދާ ވާނީ ވާދަވެރި އެއަރލައިންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނީ ޖޭކޮބްސް އިތުރަށް ވިދާޅުވީ މިހާރު ވެސް މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ލިބޭ ކަމަށާއި ކޮންމެ މަހަކު 14 ދުވަސް އޮފް ޑޭގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ކަމަށެވެ.

ޑަބްލިންގައި މަސައްކަތް ކުރާ ރަޔަން އެއަރލައިންގެ ޕައިލެޓުން ވެސް ދަނީ މުސާރަ އާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ މުޒާހަރާ ކުރުމަށް ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ބިއޯންޑް އެއަރލައިންގެގެ ލަގްޒަރީ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް

02 ނޮވެމްބަރު 2023
ބިއޯންޑް އެއަރލައިންގެގެ ލަގްޒަރީ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް
27 އެޕްރީލު 2023

ބިއޯންޑް އެއަރލައިންގެ ދަތުރުތައް މިއަހަރު މެދުތެރޭގައި ފަށާނެ

27 އެޕްރީލު 2023
ބިއޯންޑް އެއަރލައިންގެ ދަތުރުތައް މިއަހަރު މެދުތެރޭގައި ފަށާނެ
25 އެޕްރީލު 2023

ބިއޯންޑް އެއަރލައިނަށް ކެބިން ކްރޫއިން ނެގުމަށް މާދަމާ އޯޕަން ޑޭއެއް ބާއްވަނީ

25 އެޕްރީލު 2023
ބިއޯންޑް އެއަރލައިނަށް ކެބިން ކްރޫއިން ނެގުމަށް މާދަމާ އޯޕަން ޑޭއެއް ބާއްވަނީ
04 މާރިޗު 2021

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

04 މާރިޗު 2021
އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
02 ސެޕްޓެމްބަރު 2019

ސިންގަޕޯރް އެއަރލައިންގެ ބީސެވަންއެއިޓްސެވަން ފްލައިޓް ޖައްސައިފި

02 ސެޕްޓެމްބަރު 2019
ސިންގަޕޯރް އެއަރލައިންގެ ބީސެވަންއެއިޓްސެވަން ފްލައިޓް ޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު