Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީ އާއި ސިންގަޕޯރ އެއަރލައިންސް ގުޅިގެން މާކެޓިން ކެމްޕޭނެއް ހިންގުމަށް ސޮއިކޮށްފި

މި އެއްބަސްވުމަކީ 360000 ޑޮލަރުގެ އަގުހުރި އެއްބަސްވުމެއް

އަމަން ހަލީމް
އަމަން ހަލީމް | 5 މެއި 2019 | އާދީއްތަ 14:11
ސިންގަޕޯރ އެއަރލައިންސްއާ އެކު އެމްއެމްޕީއާރްސީން ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިންގަޕޯރ އެއަރލައިންސްއާ އެކު އެމްއެމްޕީއާރްސީން ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް މާކެޓްކުރުމުގެ މަގްސަދުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ސިންގަޕޯރ އެއަރލައިންސް ގުޅިގެން މާކެޓިން ކެމްޕޭނެއް ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބް މުހައްމަދާއި ޑެޕިއުޓީ އެމްޑީ އައިޝަތު ނީޝާ މުހައްމަދެވެ. ސިންގަޕޯރ އެއަރލައިންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޕްރެސިޑެންޓް އޮފް ސޭލްސް އެންޑް މާކެޓިން ކޮލިންސް ކޭމްބެލް އާއި ޖޯން ޒިއާއޮއެވެ.

މި އެމްއޯޔޫގެ ދަށުން ދެ ކުންފުނި ގުޅިގެން މުހިންމު މާކެޓްތަކެއްގެ ގޮތުގައި ދެނެގަނެވިފައިވާ ހަ މާކެޓެއްގައި ރާއްޖެ ޕްރޮމޯޓްކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ. "ކީ މާކެޓް"ތަކުގެ ގޮތުގައި ދެނެގަނެވިފައިވާ ހަ ގައުމަކީ ޗައިނާ، އެމެރިކާ، ސައުތް ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ އަދި ސިންގަޕޯރއެވެ. މި ކެމްޕޭނުގައި ރާއްޖެ އިސްތިހާރު ކުރަން، ބްރޭންޑް އެޑްވަޓައިޒިންއާއި ޓެކްޓިކަލް އެޑްވަޓައިޒިންގެ އިތުރުން ޕްރޮމޯޝަނަލް ކެމްޕޭނުތަކާއި ސޯޝަލް މީޑިއާ ކެމްޕޭނުތައް އަދި ޑިޖިޓަލް މާކެޓިން އާއި ރީޓާގެޓަޑް ކެމްޕޭނުތައް ވެސް ބޭނުންކުރެވިގެން ދާނެއެވެ. މީގެ އިތުރުން ވެސް މީޑިއާތަކުގެ ބޭފުޅުން ގެނެސްގެން ހިންގާ ފެމިލިއަރައިޒޭޝަން (އަހުލުވެރިކުރުމުގެ) ދަތުރުތަކާއި ކޮންސިއުމަރ ރޯޑްޝޯތަކުގައި ބައިވެރިވާނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޓުއަރިޒަމަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ތޮއްޔިބު ވިދާޅުވީ ދިވެހިރާއްޖެ "ޕްރިފަރޑް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ކުރިއެރުވުމަށް އެމްއެމްޕީއާރްސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިންގަޕޯރ އެއަރލައިންސްގެ ސޭލްސް އެންޑް މާކެޓިންގގެ ވައިސް ޕްރެސިޑެންޓް ކޮލިންސް ވިދާޅުވީ މިއީ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މާކެޓެއް އިސްތިހާރުކުރަން އެ އެއަރލައިނުން ސޮއިކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާ ކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ކޮލިންސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީއާ ސިންގަޕޯރ އެއަރލައިންސްއާ ދެމެދު ވެވުނު އެއްބަސްވުމަކީ ދެ ފަރާތުން ވެސް އެއްވަރަކަށް އިންވެސްޓް ކުރާ ގޮތަށް ހަދާފައިވާ 360000 ޑޮލަރުގެ އަގުހުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ކުންފުންޏަކުން ވެސް އިންވެސްޓް ކުރާނީ 180000 ޑޮލަރެވެ. މީގެ އިތުރުން މީޑިއާގެ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އަހުލުވެރިވުމުގެ ދަތުރުތަކަށް 40000 ޑޮލަރު އިންވެސްޓް ކުރާނެއެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އެއް އެއަރލައިން ކަމުގައިވާ ސިންގަޕޯރ އެއަރލައިންސްއަކީ 1984 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެއަށް ދަތުރުކުރަމުން އަންނަ އެއަރލައިނެކެވެ. ސިންގަޕޫރު އެއަރލައިންސްއަކީ ދުނިޔޭގެ 35 ގައުމެއްގެ 140 ޑެސްޓިނޭޝަނަކަށް ދަތުރުކުރަމުން އަންނަ އެއަރލައިނެކެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
25 ފެބުރުއަރީ 2017

އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

25 ފެބުރުއަރީ 2017
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު