Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަޔަން އެއަރލައިން

ރަޔަން އެއަރލައިންގެ މުވައްޒަފުންގެ މުޒާހަރާއަށް އަދިވެސް ހައްލެއް ނުލިބޭ!

މުޒާހަރަ ކުރަނޯ ލިބޭ މުސާރަ ކުޑަވުމުންނާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 އޯގަސްޓު 2018 | ހުކުރު 12:14
ރިޔަން އެއަރލައިންގެ ފްލައިޓްތަކެއް

ރިޔަން އެއަރލައިންގެ ފްލައިޓްތަކެއް

ރަޔަން އެއަރލައިންގެ މުވައްޒަފުންގެ މުޒާހަރާއަށް އަދިވެސް ހައްލެއް ނުލިބެ އެވެ.

ރަޔަން އެއަރލައިންގެ މުވައްޒަފުން މުޒާހަރާ ކުރަމުން ދަނީ އެ އެއަރލައިނުންދޭ މުސާރަ ކުޑަވުމުންނާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެއެވެ.

މީގެ ކުރިން ރަޔަން އެއަރލައިންގެ ކެބިން ކުރޫން މުޒާހަރާ ކުރުމާއި ގުޅިގެން އެ އެއަރލައިންގެ 600 ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ. އޭރު މުޒާހަރާ ކުރި ކެބިން ކުރޫންނަކީ ބެލްޖިއަމް، ޕޯޗުގަލް އަދި ސްޕެއިންގައި ތިބި ކްރޫއިންނެވެ.

މިފަހަރު ރަޔަން އެއަރލައިންގެ ޕައިލެޓުންތަކެއް ޔޫރަޕްގެ ފަސް ޤައުމެއްގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ. 24 ގަޑިއިރަށް ކުރަން ނިންމާފައިވާ މުޒާހަރާގައި ޖަރުމަންވިލާތާއި ސުވެޑެންއާ ނެދަލެންޑްސްއާ ބެލްޖިއަންގެ އިތުރުން އަޔަލެންޑްގެ މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން 50,000 ކަސްޓަމަރުންނަށް ވަނީ ރަޔަން އެއަރލައިންގެ 400 ފްލައިޓް އެކަމާއި ގުޅިގެން ކެންސަލްވާނެކަން އަންގާފައެވެ.

ރަޔަން އެއަރލައިން އިން ބުނަމުން ގެންދަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި އެ އެއަރލައިން އިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

ޑަޓްޗް ކޯޓުން ވަނީ ރަޔަން އެއަރލައިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ބުރާސްފަތި ދުވަހު ބަލައިނުގެންފައެވެ. އެ ކޯޓަށް ހުށަހަޅަން އުޅުނު މައްސަލައިގައި ރަޔަން އެއަރލައިންގެ ފަރާތުން އެދެފައިވަނީ ނެދަލޭންޑްސްގައި މަސައްކަތް ކުރާ ޕައިލެޓުން މުޒާހަރާގައި ބައިވެރިވުން ހުއްޓުވުމަށް އެދިފައެވެ.

ރަޔަން އެއަރލައިންގެ ފަރާތުން އިތުރަށް ބުނީ މިހާރު ވެސް މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ލިބޭ ކަމަށާއި ކޮންމެ މަހަކު 14 ދުވަސް އޮފް ޑޭގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ކަމަށެވެ.

އެ އެއަރލައިންގެ މުވައްޒަފުން މުޒާހަރާ ކުރާތާ ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އިތުރަށް ކިޔާލަން

08 މެއި 2019

މާރުކޭޓުގައި ލެޓިއުސްގެ އަގު އަދިވެސް ބޮޑު!

08 މެއި 2019
މާރުކޭޓުގައި ލެޓިއުސްގެ އަގު އަދިވެސް ބޮޑު!
13 ޑިސެމްބަރު 2018

އެމްއޭސީއެލްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑްދީފި

13 ޑިސެމްބަރު 2018
އެމްއޭސީއެލްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑްދީފި
09 ނޮވެމްބަރު 2018

ބޮމްބާޑިއާގެ މުވައްޒަފުންގެ އަދަދު މަދުކުރަނީ

09 ނޮވެމްބަރު 2018
ބޮމްބާޑިއާގެ މުވައްޒަފުންގެ އަދަދު މަދުކުރަނީ
11 އޮކްޓޯބަރު 2018

ދިގު މުއްދަތަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ބީއެމްއެލް އިން އެވޯޑް ދީފި

11 އޮކްޓޯބަރު 2018
ދިގު މުއްދަތަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ބީއެމްއެލް އިން އެވޯޑް ދީފި
04 އޮކްޓޯބަރު 2018

އެމޭޒަންގެ ދެ ލައްކަ އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

04 އޮކްޓޯބަރު 2018
އެމޭޒަންގެ ދެ ލައްކަ އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު