Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސްރީލަންކަން އެއަރލައިންސް

ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

އޮސްޓްރޭލިއާގެ ސިޓީތަކަށް ކުރާ ދަތުރުތަކަށް ލަންކާގެ އިތުރުން އިންޑިއާގެ ފަތުރުވެރިންގހެ ތަރުހީބު އަންނަނީ ލިބެމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 00:00
ސްރީލަންކަން އެއަރލައިންސް

ސްރީލަންކަން އެއަރލައިންސް

އަވަށްޓެރި ސްރީލަންކާގެ ޤައުމީ އެއަރލައިން، ސްރީލަންކަން އެއަރލައިންސް މިހާރު މިސްރާބު ޖަހާފައި އެވަނީ މިސަރަހައްދުގެ އެންމެ ބޮޑު އެއަރލައިނަށްވުމަށެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި މިހާރުވެސް އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ އެއް އެއަރލައިނަކީ ސްރީލަންކަން އެއަރލައިންސްއެވެ.

ރާއްޖެއަށް މިހާރުވެސް އެންމެ ގިނަ ފްލައިޓް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިނަކީ ސްރީލަންކަން އެއަރލައިންސްއެވެ. އަދި އިންޑިއާގެ މާކެޓުގައި މިހާރުވެސް ސްރީލަންކަން އެއަރލައިންސް ރަނގަޅަށް ފައި ހަރުކޮށްލާފައިވާއިރު، ބައެއް މަންޒިލްތަކަށް އިންޑިއާގެ ފަތުރުވެރިން ގެންދިޔުމަށް އެއަރ އިންޑިއާއާއި ދަނީ ވާދަކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންގެ ކޮންމެވެސް މިންވަރެއް ލަންކާ މަގުން އުފުލުމަށް މިހާރުވެސް ސްރީލަންކަން އެއަރލައިންސްއަށް ޑިމާންޑް އެބައޮތެވެ. މާލޭގެ އިތުރުން އައްޑޫ ގަމަށްވެސް ޝެޑިއުލް ދަތުރުކުރާ ފުރަތަމަ އެއަރލައިނަށް ސްރީލަންކަން ވަނީ ވެފައެވެ. ގަމާއި ކޮޅުނބާއި ދެމެދު ދަތުރުކުރަން ފެށުމުން އައްޑޫ އާއި ފުވައްމުލަކުން ކޮޅުނބަށް ދަތުރުކުރާ މީހުންގެ ޚަރަދު ވަރަށް ބޮޑުތަނުން ވަނީ ކުޑަވެފައެވެ. އިންޑިއާގެ ވެރިރަށް ދިއްލީއާއި ކޮލޮމްބޯއާއި ދެމެދު ކުރިން ދަތުރުކުރަނީ ދުވާލަކު އެންމެ ފްލައިޓެއްކަމުން މި ސެކްޓަރގެ ކޮންޓްރޯލް ސްރީލަންކަން އެއަރލައިންސްއަށް ނެގޭ ގޮތް ނުވިނަމަވެސް، މިހާރު ދުވާލަކު 2 ފްލައިޓަށް ބަދަލުވުމުން އެކަމުގެ ފައިސާ ސްރީލަންކަން އެއަރލައިންސްއަށް ކުރާނެއެވެ.

Advertisement - businessAdvertisement

މީގެ އިތުރުން އިންޑިއާއާއި ސްރީލަންކާގެ ގިނަ ބަޔަކު ދިރިއުޅެމުންދާ އޮސްޓްރޭލިއާގެ ސިޓީތަކާއި އިންޑިއާ ގުޅުވައިދިނުމަށްވެސް ސްރީލަންކަން އެއަރލައިންސްއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގެ ސިޑްނީ، މެލްބަރން، އަދި ޕަރތް އަށް ކޮޅުނބުގައި ޓްރާންސިޓްކުރާ ގޮތަށް އިންޑިއާގެ މުމްބާއީ އަދި ދިއްލީ ފްލައިޓްތައް އިތުރުކުރުމަށް ސްރީލަންކަންއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ގުޖުރާތާއި ޕަންޖާބަށްވެސް ސްރީލަންކަން އެއަރލައިންސްއިން ދަތުރުކުރަމުންދާއިރު، މި ސިޓީތަކާއިވެސް އޮސްޓްރޭލިއާގެ ސިޓީތައް ގުޅުވާލުމަށް ސްރީލަންކަންއަށް ވަނީ މަގުފަހިވެފައެވެ.

ގުޖުރާތާއި ޕަންޖާބުގެ މާކެޓް އިތުރަށް ހޯދުމަށް ސްރީލަންކަން އެއަރލައިންސްއިން މިހާރު ވަނީ އެސަރަހައްދުގައި ދަތުރުކުރާ ބައެއް ލޯކަލް އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތްކުރަން ފަށާފައެވެ. އެގޮތުން ސްރީލަންކަންއިން ދަތުރު ނުކުރާ އިންޑިއާގެ މަންޒިލްތަކާއި އޮސްޓްރޭލިއާގެ ސިޓީތައް ގުޅުވުމަށް ސްރީލަންކަންއިން އެ އެއަރލައިންތަކާއިއެކު ގުޅިގެން ޚާއްސަ ފެއަރތައް މިހާރުވަނީ ފަށާފައެވެ.

ސްރީލަންކަން އެއަރލައިންސްއިން މީގެ ކުރިން މައިގަނޑު ގޮތެއްގައި ދަތުރުކޮށް އުޅުނީ އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް ކަމަށްވިޔަސް، މިހާރު އިންޑިއާގެ އުތުރުގެ ހިސާބުތަކަށްވެސް ދަނީ ދަތުރުކުރަމުންނެވެ. އަދި އިންޑިއާގެ ޖުމްލަ 14 މަންޒިލަކަށް ކޮޅުނބުން ދަތުރުކުރާއިރު، މި މަންޒިލްތަކަށް ހަފްތާއަކު 125 ފްލައިޓް ބާއްވައެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާގެ އިތުރުން އެހެން މަންޒިލްތަކަށްވެސް އިންޑިއާގެ ފަތުރުވެރިން އުފުލުމަށް އޮތް މާކެޓް އަތުލުމަށް ސްރީލަންކައިން ދަނީ ވާދަކުރަމުންނެވެ. އެގޮތުން އިންޑޮނީޝިއާ އަދި ޗައިނާއަށް އިންޑިއާގެ އެއަރލައިންތަކުން ބާއްވާ ފްލައިޓްތަކާއި ސްރީލަންކަން އިން ދަނީ ވާދަކުރަމުންނެވެ.

ސަރަހައްދުގެ އިތުރު މަންޒިލްތަކަށް ސްރީލަންކަން އެއަރލައިންސްއިން ދަތުރު ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި އެ އެއަރލައިން ވެގެންދާނީ މިސަރަހައްދުގެ އެންމެ ވަރުގަދަ އެއް އެއަރލައިނަށެވެ. އަދި ސަރަހައްދީ ހަބަކަށް ކޮޅުނބުގެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ލަންކާ ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަރާމާތުގެ މަސައްކަތްވަނީ ނިންމާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

07 އެޕްރީލު 2018
ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން

ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން

14 ޖެނުއަރީ 2018
ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި

ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި

09 ޖެނުއަރީ 2018
އެއާއޭޝިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

އެއާއޭޝިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

08 ޖެނުއަރީ 2018
ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

16 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު