Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވިކިލީކްސް

އަސާންޖަށް އިކުއެޑޯރގެ ރަށްވެހިކަން ދީފި

12 ޖެނުއަރީ 2018 | ހުކުރު 11:30

2012ވަނަ އަހަރުން ފެށިގެން އަސާންޖް ހުންނަނީ ލަންޑަނުގައި ހުންނަ އިކުއެޑޯރ އެމްބަސީގައި ބަންދުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ޖެނުއަރީ 2018 | ހުކުރު 11:30
ޖޫލިއަން އަސާންޖް އިކުއެޑޯރގެ ޤައުމީ ފުޓުބޯޅަ ޓީމްގެ ޖަރޒީގައި ނަގާފައިވާ ފޮޓޯ

ޖޫލިއަން އަސާންޖް އިކުއެޑޯރގެ ޤައުމީ ފުޓުބޯޅަ ޓީމްގެ ޖަރޒީގައި ނަގާފައިވާ ފޮޓޯ

ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖަށް ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ އިކުއެޑޯރއިން ރަށްވެހިކަން ދީފިއެވެ.

ވިކިލީކްސްއިން އެމެރިކާގެ އަސްކަރީ ސިއްރުތަކެއް ލީކްކޮށްލިފަހުން، ހައްޔަރުކޮށް، އެކްސްޓްރަޑައިޓް ކޮށްފާނެކަމުގެ ބިރަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ އިކުއެޑޯރގެ އެމްބަސީއަށް މީގެ 5 އަހަރުކުރިން ވަނީއްސުރެ އޭނާ ހުންނަނީ އެޤައުމުގެ ޙިމާޔަތުގައި އެމްބަސީގައެވެ.

އޮސްޓްރޭލިއާއަށް އުފަން އަސާންޖް ހައްޔަރުކޮށް ސްވިޑަންއަށް އެކްސްޓްރަޑައިޓްކުރުމަށް އިނގިރޭސި ފުލުހުން މަސައްކަތްކުރީ ސްވިޑަންގައި އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިގެންނެވެ. އެހެން ނަމަވެސް އެ ތުހުމަތުތަކަށް އަސާންޖް އިންކާރުކުރެއެވެ. އަދި އިނގިރޭސީން އޭނާ ސްވިޑަންއަށް ޙަވާލުކުރުމުން، ސްވިޑަންއިން އޭނާ އެމެރިކާއަށް ހަވާލުކޮށްފާނެ ކަމުގެ ބިރު އެބައޮތްކަމަށް ބުނެ، އަސާންޖް އިކުއެޑޯރ އެމްބަސީއިން ޙިމާޔަތް ހޯދީ 2012 ވަނަ އަހަރެވެ.

އަސާންޖްގެ މައްޗަށް ސްވިޑަންގައި އުފުލި ދައުވާ އަނބުރާ ގެންގޮސްފައި ވީނަމަވެސް، އަދިވެސް އޭނާ ހައްޔަރުކުރަން އިނގިރޭސި ފުލުހުން ބޭނުންވެއެވެ.

އިކުއެޑޯރގެ ޚާރިޖީ ވަޒީރު މާރިއާ ފެނާންޑާ އެސްޕިނޯސާ ވިދާޅުވީ އަސާންޖަށް މިހާރު އިކުއެޑޯރގެ ރަށްވެހިކަން ދީފައިވާކަމަށެވެ. އަދި އޭނާއަށް ރައްކާތެރިކަމާއިއެކު ލަންޑަނުގައި ހުންނަ އެމްބަސީއިން ނިކުމެވޭނެ މަގު ފަހިކުރުމަށްޓަކައި، އޭނާއަށް ޑިޕްލޮމެޓިކް އިމްތިޔާޒު ދިނުމަށް އިނގިރޭސި ޚާރިޖިއްޔާގައި އިކުއެޑޯރ ސަރުކާރުން އެދުނެވެ. ނަމަވެސް އިކުއެޑޯރގެ އެ އެދުމަށް އިނގިރޭސި ސަރުކާރުން އާނ ބަސް ބުނެފައެއް ނުވެއެވެ.

އިނގިރޭސި ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އަސާންޖްގެ މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި ގޮތަކީ އޭނާ އެމްބަސީއިން ނިކުމެ، އިންސާފާއި ކުރިމަތިލުންކަން އިކުއެޑޯރއަށް އެނގެން ޖެހޭނެކަމަށެވެ.

އަސާންޖްވަނީ އިކުއެޑޯރގެ ޤައުމީ ޓީމްގެ ޖަރޒީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ބުދަ ދުވަހު ޓްވިޓަރގައި އާއްމުކޮށްފައެވެ.

އަސާންޖް ގެންދަނީ އެމްބަސީގައި ހުރެގެންވެސް ވިކިލީކްސް މެދުވެރިކޮށް އެކި ޤައުމުތަކުގެ ސިއްރުތައް ހާމަކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
25 މާރިޗު 2017

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

25 މާރިޗު 2017
ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި
10 މާރިޗު 2017

މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި

10 މާރިޗު 2017
މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް